Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޤާސިމްގެ ޝަރީޢަތް

ޤާސިމްގެ ޝަރީޢަތް ފެށުމަށް ފަހު ސިއްހީ ހާލަތާ ގުޅިގެން ފަސްކޮށްފި

ޤާސިމްގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 25 ޖުލައި 2017 | އަންގާރަ 17:00
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު، ޤާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު، ޤާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު، ޤާސިމް އިބްރާހިމްގެ ސިއްހީ ހާލަތު ދަށްވުމުގެ ސަބަބުން، އަންގާރަ ދުވަހުގެރޭ ކުރިއަށްގެންދިޔަ އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ ޝަރީޢަތް ފެށުމަށް ފަހު، ޝަރީއަތުގެ މަޖިލިސް ނިންމާލައިފިއެވެ.

މި އަޑުއެހުން ކުރުކޮށް، ނިންމާލުމާ ގުޅިގެން، އެ މަޖިލިސް ފަހުގެ ތާރީހެއްގައި ބޭއްވުމަށް ވަނީ ނިންމާފައެވެ.

Advertisement - newsAdvertisement

ޤާސިމްގެ ވަކީލް އަލްއުސްތާޛާ ހިސާން ޙުސައިން ވިދާޅުވީ، ޝަރީޢަތް ކެންސަލް ކުރީ ޤާސިމްގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ.

މިއަދުގެ ޝަރީޢަތް ކެންސަލް ކޮށްދެއްވުމަށް އެދިވަޑައިގަތުމުން، ގާޒީވެސް އެކަން ފާހަގަކުރައްވާ މިއަދުގެ ޝަރީޢަތް ކެންސަލް ކުރެއްވީ

ގާސިމްގެ މައްޗަށް ދައުލަތުން ފުރަތަމަ ދައުވާ އުފުލީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ދަނިކޮށް، މިމަހުގެ 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ދައުލަތުގެ ވަކީލުން ގަސްތުގައި ހާޒިރުނުވުމުން އެ މައްސަލަ ބާތިލްކޮށް، އަނބުރާ ވަނީ ފޮނުވާލާފައެވެ. އެއިރު މައްސަލަ ބެއްލެވީ، ކްރިމިނަލް ކޯޓުގެ އެއިރުގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފާއި، ގާޒީ އަހުމަދު ޝަކީލުގެ އިތުރުން މިހާރު ކްރިމިނަލް ކޯޓް ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.

ގާސިމްގެ މައްސަލަ ބާތިލްކޮށް، އަނބުރާ ފޮނުވާލިތާ މާގިނަ އިރުތަކެއް ނުވަނީސް، ގާޒީ ބާރީ ޖުވެނައިލް ކޯޓަށް، އަދި ގާޒީ ޝަކީލް ފެމިލީ ކޯޓަށް ބަދަލުކުރުމަށް ކުރުމަށް ޖުޑިޝަލް ސާރވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމި އެވެ.

ކްރިމިނަލް ކޯޓުން މައްސަލަ ބާތިލްކުރުމުން، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވަނީ އަލުން އަނބުރާ އެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. ފަހުން ހުށަހެޅި މައްސަލައިގެ ގަޒިއްޔާ ނަމްބަރަކީ 627 އެވެ. ކުރިން ތިން ދައުވާއެއް ކުރިއިރު، އެ މައްސަލަތަކުގެ ގަޒިއްޔާ ނަމްބަރުތަކަކީ 478، 479، އަދި 480 އެވެ.

ގާސިމްގެ މައްޗަށް ދައުލަތުން ކުރިން ކުރީ ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއެވެ. ނަމަވެސް ފަހުން ގާސިމްގެ މައްޗަށް ކޮށްފައިވަނީ ހަމައެކަނި ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާއެވެ.

އެ މައްސަލައިގައި މިއަދުގެ (އަންގާރަ ދުވަހު) ހެނދުނު 11:00 ގައި ބޭއްވި އަޑުއެހުމުގައި، މައްސަލަ ބައްލަވަން އިންނެވީ ގާޒީ އާދަމް އާރިފެވެ.

ގާޒީ އާދަމް އާރިފް ވިދާޅުވީ ކުރިން ކުރި ދައުވާގެ މައްސަލަ ބާތިލްކުރީ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުގެ ވަކީލުން ގަސްތުގައި ކޯޓަށް ހާޒިރުނުވުމުން ކަމަށާއި، ފަހުން އުފުލި ދައުވާގެ ސީޣާގައި ވެސް ވަނީ ހަމަ އެއްވާހަކަތަކެއް ކަމަށެވެ. އެހެންކަމުން، ބާތިލްކުރި ގަޒިއްޔާ، ބާތިލްކުރުމާ ހަމައަށް ކުރިއަށް ގޮސްފައިވާ ހިސާބުން މި ގަޒިއްޔާ ފެށުމަށް ނިންމަވާފައިވާ ކަމަށް ގާޒީ އާރިފް ވިދާޅުވިއެވެ.

އަޑުއެހުމަށް ގާސިމް ވަޑައިގެންނެވީ ވަކީލަކާ ނުލައެވެ. އާލާސްކަންފުޅާ އެޑްމިޓް ކުރުމަށް ފަހު ހޮސްޕިޓަލުން ގާސިމް ދޫކޮށްލިތާ 24 ގަޑިއިރު ވެސް ނުވާއިރު، ވަކީލަކު ހަމަޖެއްސުމަށް 10 ދުވަސް ދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. ނަމަވެސް، ގާޒީ އާރިފް ވިދާޅުވީ ގާސިމްގެ ބަލިހާލަތުގެ ކަންކަމުގައި ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދައަކަށް އެދި ވަކީލުން ކޯޓަށް ވަޑައިގެންނެވި ކަމަށާއި، އަދި ގާސިމްގެ ހާލުކޮޅާ ގުޅިގެން މީޑިއާގައި ވެސް ވަކީލުން ވާހަކަދައްކަވާފައިވާތީ އެ މުއްދަތު ދެވެން ނެތް ކަމަށެވެ.

އަންގާރަ ދުވަހުގެ މެންދުރުވެސް، އަދި އަންގާރަ ދުވެހުގެރޭވެސް ގާސިމް ކޯޓަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ބޮޑީގާޑުގެ އަތުގައި ހިއްޕަވައިގެން ކޮރުޖައްސަވަމުންނެވެ. މެންދުރުގެ އަޑުއެހުމުގައި ގާސިމް ވަނީ އާލާސްކަންފުޅާ އުޅުއްވާ ކަމާއި، ގިނަ ބޭސްތަކެއް ބޭނުންކުރައްވަން ޖެހިވަޑައިގެންފައިވާތީ ހަށިގަނޑު ވަރަށް ބޮޑަށް ވަރުބަލިވާ ކަމަށް ވިދާޅުވެފައެވެ.

މިމަހުގެ 16 ވަނަ ދުވަހު ގާސިމް ހޮސްޕިޓަލުގައި އެޑްމިޓް ކުރިގޮތަށް ދޫކޮށްލާފައިވަނީ ހޯމަ ދުވަހުއެވެ. ގާސިމްގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފައިވާތީ، ރާއްޖެއިން ބޭރަށް ފަރުވާއަށް ވަޑައިގެންނެވޭ ގޮތެއް ނުވިއެވެ.

އިތުރު ތަފްޞީލް އަންނަނީ....

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު