Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނީޝިޔާގެ އެންޓި ކޮރަޕްޝަން ޗީފް

އިންޑޮނީޝިޔާގެ އެންޓި ކޮރަޕްޝަން ޗީފްގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ތަކެއް

24 ނޮވެމްބަރު 2023 | ހުކުރު 11:55

އޭނާގެ މައްޗަށް ވަނީ 7.4 ބިލިއަން އިންޑޮނީޝިޔާ ރުޕިއާ އަށްވާ ފޮރިން އެކްސްޗޭންޖް ޓްރާންސެކްޝަން ސިއްރުން ހެއްދެވި ކަމަށް ތުހުމަތު ކުރެވިފަ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 24 ނޮވެމްބަރު 2023 | ހުކުރު 11:55
އިންޑޮނީޝިޔާ ގެ އެންޓިކޮރަޕްޝަން ޗީފް ފިރުލީ ބަހޫރީ

އިންޑޮނީޝިޔާ ގެ އެންޓިކޮރަޕްޝަން ޗީފް ފިރުލީ ބަހޫރީ

އިންޑޮނީޝިޔާގެ އެންޓި ކޮރަޕްޝަން އޭޖެންސީގެ ވެރިޔާގެ މައްޗަށް "އެކްސްޓޯޝަން" ނުވަތަ ބިރު ދެއްކުމާއި ގަދަބާރުން ފައިސާއާއި މުދާ ފޭރުމުގެ ތުހުމަތު ތަކެއް ކުރެވިއްޖެ އެވެ. އެގައުމުގެ ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރގެ ތެރޭން ހިންގި ކޮރަޕްޝަންގެ މައްސަލަ ތަކެއްގައި އެންޓިކޮރަޕްޝަން އިދާރާގެ ޗީފް ފިރުލީ ބަހޫރީ ބައިވެރިވާކަމުގެ ހެކި ފުދޭވަރަށް ލިބިފައި އެބަހުއްޓެވެ.

ކުރީގެ އެގްރިކަލްޗަރ މިނިސްޓަރ ސަޔަހްރުލް ޔާސީން ލިމްޕޯ ވެސް ވަނީ ކޮރަޕްޝަންގެ މައްސަލަ ތަކެއްގައި މިދިޔަމަހު ހައްޔަރު ކޮށްފައެވެ.

ޕޮލިސްޗީފް ގެ މަގާމުވެސް ކުރިން ފުރުއްވާފައިވާ ފިރުލީ ބަހޫރީ އަދި ހައްޔަރު ނުކުރެއެވެ. އަދި ގެންދަވަނީ އޭނާ ކޮރަޕްޝަންގެ އަމަލެއް ހިންގަވާފައި ނުވާނެ ކަމަށް ވިދާޅުވަމުންނެވެ.

ނަމަވެސް އޭނާގެ މައްޗަށް ކުރެވުނު ތުހުމަތު ތަކާގުޅިގެން ކުރި ތަހުގީގު ތަކުން 7.4 ބިލިއަން އިންޑޮނީޝިޔާ ރުޕިއާ އަށްވާ ފޮރިން އެކްސްޗޭންޖް ޓްރާންސެކްޝަން ސިއްރުން ހަދާފައިވާ ކަމުގެ ޑޮކިއުމަންޓް ވަނީ ފެނިފައެވެ. ޖަކާޓާގެ ފުލުހުންގެ އޮފިޝަލަކުވަނީ ބަހޫރީ އާދެކޮޅަށް ކޮރަޕްޝަންގެ ދައުވާ  އުފުލޭވަރަށް ހެކިއެބަހުރި ކަމަށް ވިދާޅުވެފައެވެ. އަދި 2020ން 2023ށް އެގްރިކަލްޗަރ މިނިސްޓްރީގެ އިސް އޮފިޝަލަކު ނުހައްގުން ފައިސާ ހޯދަމުން ގޮސްފައި ވާކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

މިމައްސަލައިގެ ތަހުގީގުތައް އޮކްޓޯބަރުމަހު ފެށިފަހުން 91 ހެކިންނާ ސުވާލު ކުރެވިފައިވާ ކަމަށް ރޮއިޓާސް ރިޕޯޓް ކޮށްފައި ވެއެވެ.

އެންޓިކޮރަޕްޝަން ޗީފް ބަހޫރީގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭކަން ހާމަ ކުރުމުގެ ކުރިން އޭނާވަނީ އެއްވެސް މީހެއްގެ އަތުން ނުހައްގުން ފައިސާހޯދާފައިނުވާނެ ކަމަށާ އެއްވެސް މީހަކާއެކު ރިޝްވަތުގެ މައްސަލަ އެއްގައި ބައިވެރިވެފަ ނުވާނެ ކަމަށް ވިދާޅުވެފައެވެ.

މިކަމާގުޅިގެން ރައީސް ޖޯކޯ ވިޑޯޑޯ ވަނީ ގާނޫނީ ނިޒާމަށް އިހްތިރާމް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އިންޑޮނީޝިޔާގެ ގާނޫނު ބުނާގޮތުން އެންޓިކޮރަޕްޝަން ޗީފް އަކު މިފަދަ ޖަރީމާއެއްހިންގި ކަމަށް ޝައްކު ކުރެވުނު ނަމަވެސް ވަގުތީ ގޮތުން އެމީހަކު ސަސްޕެންޑް ކުރަން ޖެހެއެވެ. އަދި ދައުލަތުގެ އިސް އޮފިޝަލެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ސާބިތު ވެއްޖެ ނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް ގާނޫނު ބުނެއެވެ.  

އިތުރަށް ކިޔާލަން

16 މާރިޗު 2017

ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި

16 މާރިޗު 2017
ޔާހޫ ހެކް ކުރި މައްސަލައިގައި 4 މީހެއްގެ މައްޗަށް ދަޢުވާ ކޮށްފި
12 މާރިޗު 2017

ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ

12 މާރިޗު 2017
ޕާކްގެ މައްޗަށް ދައުވާކޮށްދިނުމަށް ގޮވާލާ ދެކުނުކޮރެާގައި މުޒާހަރާ ކުރަނީ
06 މާރިޗު 2017

އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި

06 މާރިޗު 2017
އުރުދުންގައި 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
12 ފެބުރުއަރީ 2017

ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

12 ފެބުރުއަރީ 2017
ޑެންމާކުގައި ކުޑަ އަންހެން ކުއްޖެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް