Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޣައްޒާގެ ޙާލަތު

ހަމަލާތައް މެދުކަނޑާލުމަކުން ނުފުދޭ، އެންމެ ރަނގަޅު ގޮތަކީ ގަތުލު އާންމު މިހާރުން މިހާރަށް ހުއްޓާލުން

މިހާތަނަށް 5300 މުސްލިމު ކުޑަކުދިން ޝަހީދުކޮށްލާފައިވާއިރު، އެއީ ހަނގުރާމައިގައި މިހާތަނަށް މަރުވި މީހުންގެ 40 އިންސައްތަ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 24 ނޮވެމްބަރު 2023 | ހުކުރު 11:32
ޔުނިސެފްގެ އެކްޒެކްޓިވް ޑިރެކްޓަރު ކެތްރީން ރަސުލް

ޔުނިސެފްގެ އެކްޒެކްޓިވް ޑިރެކްޓަރު ކެތްރީން ރަސުލް

ހަމަލާތައް މެދުކަނޑާލުމަކުން ނުފުދޭނެ ކަމަށާއި، އެންމެ ރަނގަޅު ގޮތަކީ ގަތުލު އާންމު މިހާރުން މިހާރަށް ހުއްޓާލައި ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ އަވަހަށް ފޯރުކޮށްދިނުން ކަމުގައި އދ ގެ ކުޑަކުދިންނާ ބެހޭ އޭޖެންސީ (ޔުނިސެފް)ގެ އެކްޒެކްޓިވް ޑިރެކްޓަރު ކެތްރީން ރަސުލް ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ ހަތްވަނަ ދުވަހު ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އަމާޒުކޮށް ދޭންފެށި ހަމަލާތަކުގައި މިހާތަނަށް 5300 މުސްލިމު ކުޑަކުދިން ޝަހީދުކޮށްލާފައިވާއިރު، އެއީ ހަނގުރާމައިގައި މިހާތަނަށް މަރުވި މީހުންގެ 40 އިންސައްތަ ކަމަށް ރަސުލް ވިދާޅުވިއެވެ. އަދި، މިއީ މީގެކުރިން ދުވަހަކުވެސް އެއްވެސް ހިސާބަކުން ނުފެންނަ ކަމެއް ކަމަށް ވެސް ރަސުލް ވަނީ ވިދާޅުވެފައެވެ.

ދެ ފަރާތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުންނާއި ގައިދީން މިނިވަންކޮށް، ހަމަލާތައް ހަތަރު ދުވަހަށް މެދުކަނޑައިލަން ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތްކުރާ ހަމާސް ޖަމާއަތާ، އިސްރާއީލާއި ދެމެދު ބުދަ ދުވަހު ވެފައިވާ އެއްބަސްވުމަށް ރަސުލް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

ހަނގުރާމައިގެ ޝަހިދުކޮށްލި ކުދިންގެ އިތުރުން ހަމަލާތައް ދިނުމުން ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ނުވަތަ އެ ނޫން ވެސް ގޮތްގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ 1،200 ކުދިން އެބަތިބި ކަމަށް ރަސުލް ވިދާޅުވިއެވެ.

ޔުނިސެފުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ރަނގަޅު ކާނާ ނުލިބި، ޣައްޒާގައި މެލްނިޔުޓްރިޝަން ވެފައިވާ ކުދިންގެ ނިސްބަތް 30 އިންސައްތަ އިތުރުވާނެއެވެ.

ރަސުލްގެ އިތުރުން ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އދގެ ޕޮޕިއުލޭޝަން ފަންޑުގެ ވެރިޔާ ނަތާލިއާ ކަނޭމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ޣައްޒާގެ 5500 މާބަނޑު އަންހެނުން އެއްވެސް ކަހަލަ ރައްކާތެރި ކަމެއް ނެތް ހަނގުރާމައިގެ މައިދާނަކަށް ވިހާނެއެވެ.

އަންހެނުނާ ބެހޭ އދ ގެ އޭޖެންސީގެ ވެރިޔާ ސިމާ ބަހޫސް ވިދާޅުވި ގޮތުގައި ޣައްޒާގައި މިހާތަނަށް މަރުވި މީހުންގެ 67 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިންނެވެ. އެއީ، ކޮންމެ ގަޑިއިރަކުން ދެ މައިން އަދި ދެ ގަޑިއިރަކުން ހަތް އަންހެނަކު މަރާލުން ކަމުގައި ސިމާ ވިދާޅުވިއެވެ.

"ފާއިތުވި 15 އަހަރު ތެރޭގައި ޣައްޒާގައި ހަ ބުރުގެ އަނިޔާވެރިކަން އަޅުގަނޑުމެންނަށް ވަނީ ފެނިފައި. ނަމަވެސް އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ޣައްޒާގެ ރައްޔިތުންނަށް މިހާރު ތަހައްމަލު ކުރަން މަޖުބޫރު ކުރަމުންދާ އަނިޔާ ވެރި ކަމަކީ މީގެ ކުރިން ފެނިފައިވާ ހާލަތެއް ނޫން،" ސިމާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

03 މެއި 2018

ހިދުމަތުގެ ފެންވަރު ރަނގަޅު ނުވާކަމުގައިވާނަމަ ކޮންކްރީޓް އިމާރާތަކުން ކުރާނެ ފައިދާއެއް އެބައޮތްތަ؟

03 މެއި 2018
ހިދުމަތުގެ ފެންވަރު ރަނގަޅު ނުވާކަމުގައިވާނަމަ ކޮންކްރީޓް އިމާރާތަކުން ކުރާނެ ފައިދާއެއް އެބައޮތްތަ؟
22 އެޕްރީލު 2018

ފިނި ކޮޓަރިން ކުޅިވަރުގެ މައިދާނަށް، ކުރިމަގަށް އެޅުނު ރަނގަޅު ބިންގަލެއް

22 އެޕްރީލު 2018
ފިނި ކޮޓަރިން ކުޅިވަރުގެ މައިދާނަށް، ކުރިމަގަށް އެޅުނު ރަނގަޅު ބިންގަލެއް
22 މާރިޗު 2018

ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން

22 މާރިޗު 2018
ހާކިމު މަނިކުފާނަށް އޮތް ހަމައެކަނި ގޮތަކީ ގަދަބާރުން ވެރިކަން ދެމެހެއްޓުން
12 ނޮވެމްބަރު 2017

އުކުޅަހު ރައްޔިތުން ޑޮކްޓަރުންގެ އިންތިޒާރުގައި، މަރުކަޒުގެ ފެންވަރު ރަނގަޅުކުރަންޖެހޭ

12 ނޮވެމްބަރު 2017
 އުކުޅަހު ރައްޔިތުން ޑޮކްޓަރުންގެ އިންތިޒާރުގައި، މަރުކަޒުގެ ފެންވަރު ރަނގަޅުކުރަންޖެހޭ
26 އޮކްޓޯބަރު 2017

ރައީސް ޔާމީން ކުރުމުން ރަނގަޅު، އިދިކޮޅު މީހުން ކުރުމުން ކުށަކަށް!

26 އޮކްޓޯބަރު 2017
ރައީސް ޔާމީން ކުރުމުން ރަނގަޅު، އިދިކޮޅު މީހުން ކުރުމުން ކުށަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު