Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވ އާރަށު ހިޔާނާތް

ވެރިކަމުގެ މުއްދަތުގައި ޔާމީންގެ އެކައުންޓުތަކަށް ގޮތް ނޭނގޭ 80 މިލިއަން ރުފިޔާ އިތުރުވި: ދައުލަތުގެ ވަކީލު

މަހު މުސާރަ އެއްކޮށް ރައްކާ ކުރާކަމަށް ބެއްޔަސް 6 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް އިތުރުވެގެން ނުވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2023 | ބުރާސްފަތި 08:24
ވ އާރަށު ހިޔާނާތުގެ އިސްތިއުނާފު މައްސަލަ

ވ އާރަށު ހިޔާނާތުގެ އިސްތިއުނާފު މައްސަލަ

ވެރިކަމުގެ މުއްދަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓުތަކަށް ގޮތް ނޭނގޭ 80 މިލިއަން ރުފިޔާ އިތުރުވިކަމަށް ދައުލަތުގެ ވަކީލު، ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ވަކީލު އެހެން ވިދާޅުވެފައިވަނީ ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ޚަސްމުންނަށް ފަހުބަސް ވިދާޅުވުމަށް ފުރުސަތު ދެއްވުމަށް ބޭއްވި އަޑުއެހުމުގައެވެ.

Advertisement - newsAdvertisement

އެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވަނީ ޔާމީނުގެ މާލީ ބަޔާންތަކުން ފާހަގަކުރެވޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން 2013 ވަނަ އަހަރު ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު ފުރަތަމަ ހުށަހެޅުއްވި މާލީ ބަޔާނަށް ބަލާއިރު، ބޭންކުގައި ހުރި ފައިސާކަމުގައި ރިޕޯޓުކޮށްފައިވަނީ އެމެރިކާ ޑޮލަރުން 5 ލައްކަ 60 ހާސް އެމެރިކާ ޑޮލަރު، އަދި ދިވެހި ރުފިޔާއިން 15 މިލިއަން ދިވެހި ރުފިޔާއެވެ.

އަދި 2014 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ޤާނޫނުއަސާސީގެ 120 ވަނަ މާއްދާގެ ދަށުން މުދަލާ ފައިސާގެ ބަޔާން ހާމަކުރުމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާ އަދާކުރައްވާފައިނުވާކަން ޝަފީއު ފާހަގަ ކުރެއްވިއެވެ.

ޝަފީއު ވިދާޅުވީ، ވެރިކަމުގެ ފަހު އަހަރު މާލީ ބަޔާން ހުށަހެޅުއްވިއިރު، ޔާމީންގެ އެކައުންޓުތަކުގައި 47 މިލިއަން ދިވެހި ރުފިޔާ އަދި 3.9 މިލިއަން އެމެރިކާ ޑޮލަރު (60 މިލިއަން ދިވެހި ރުފިޔާ) ހުރިކަމަށް މާލީ ބަޔާނުގައި ލިޔުއްވާފައިވާކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވަނިކޮށް، މާލިއްޔަތަށް 80 މިލިއަނެއްހާ ރުފިޔާ ދިވެހި ރުފިޔާއިން ނަމަ އިތުރުވެފައިވާކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަކީ ޢާމްދަނީ ހޯދުމަށް އިތުރު މަސައްކަތެއް ކުރެއްވޭ ބޭފުޅެއްނޫންކަން ފާހަގަ ކުރައްވައި ޝަފީއު އިތުރަށް ވިދާޅުވީ، ޔާމީނަކީ މުސާރައިގެ ގޮތުގައި މަހަކު 1 ލައްކަ ރުފިޔާ ލިބިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ.

އެހެންކަމަށްވާނަމަ، މަހު މުސާރަ އެއްކޮށް ރައްކާ ކުރާކަމަށް ބެއްޔަސް 6 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް އިތުރުވެގެން ނުވާނެކަން ވަކީލު ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު، އެ ފައިސާ ލިބުނު ގޮތެއް ޝަރީޢަތުގެ އެއްވެސް މަރުޙަލާއެއްގައި ޔާމީން ހާމަކުރައްވާފައި ނުވާކަމަށާއި، އިސްތިއުނާފު ފުރަތަމަ މަރުޙަލާ ނިމުމާއި ހަމައަށްވެސް ވިދާޅުވެދެއްވާފައި ނުވާކަމަށް ވަކީލު ވިދާޅުވިއެވެ.

އަދި މި ފައިސާ ލިބުނު ގޮތެއް ޝަރީޢަތުގައި ހާމަކުރައްވަންޖެހޭކަމަކަށްވެސް ޔާމީނު ދެކިވަޑައިނުގަންނަވާކަން މައްސަލަ ހިނގައި ދިޔަ ގޮތަށް އަލިއަޅުވާލައްވައި ޝަފީއު ފާހަގަކުރެއްވިއެވެ.

ޝަފީއު ވިދާޅުވީ، މާލީ ކުށްތަކުގެ މައްސަލަތަކުގައި މިފަދަ ގޮތް ނޭނގޭ ފައިސާ ދަޢުވާލިބޭ މީހާގެ އެކައުންޓުތަކުގައި ހުންނަ ހުރުމަކީވެސް ކުށާއި ދަޢުވާލިބޭ މީހާއާ ގުޅުވައިދޭ ކަމެއްކަމަށެވެ.

އަދި އެއީ ފަނޑިޔާރުގެ ހިތްޕުޅުގައި ދަޢުވާލިބޭ މީހާގެ މައުސޫމު ކަމާމެދު އިދިކީލިކަމެއް ނުވަތަ ޝައްކެއް އުފެދޭނެކަމެއްކަން ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، މިއީ ފަނޑިޔާރުގެ ހިތްޕުޅުގައި އުފެދުން ޖާއިޒު ޝައްކެއްކަމަށެވެ.

މި މައްސަލައިގެ ޚަސްމުންވެސް ފަހުބަސް އިއްވާފައިވާއިރު، ޝަރީއަތުން އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.

ކްރިމިނަލް ކޯޓްޕްރޮސެކިއުޓަރ ޖެނެރަލްއެމްއެމްޕީއާރްސީކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު