Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަލް ނަސްރު

މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުމެއް ފެބްރުއަރީ މަހު

އަލް ނަސްރާއި، އިންޓަ މިއާމީ ކުޅޭ މެޗަށް ދީފައިވާ ޚާއްސަ ނަމަކީ، "ދަ ލާސްޓް ޑާންސް"

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ނޮވެމްބަރު 2023 | ބުދަ 03:00
އަލް ނަސްރާއި ޕީއެސްޖީ ކުޅުނު މެޗުގައި، މެސީ އަދި ރޮނާލްޑޯ

އަލް ނަސްރާއި ޕީއެސްޖީ ކުޅުނު މެޗުގައި، މެސީ އަދި ރޮނާލްޑޯ

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލް ނަސްރާއި، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މިއާމީން މެޗެއް ކުޅުމަށް ތާވަލުކޮށްފި އެވެ.

ދުނިޔޭގައި މިހާތަނަަަށް އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިން ކަަމަށްވާ، މެސީ އާއި ރޮނާލްޑޯ ކުރިމަތިލުމެއް އެންމެ ފަހުން ފެނިފައި ވަނީ މެސީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގައި ހުރިއިރު އެވެ. އެ މެޗު 5-4 އިން ކާމިޔާބު ކުރީ ޕީއެސްޖީ އެވެ. އެ މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖެހިއިރު، މެސީ ވަނީ އެއް ލަނޑު ޖަހައިފަ އެވެ.

އަލް ނަސްރާއި، އިންޓަ މިއާމީ ބައްދަލު ކުރާ މެޗު އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު، ސައުދީގެ ރިޔާދުގަ އެވެ. އެއީ ރިޔާދު ސީޒަން ކަޕްގެ މެޗުތަކެކެވެ. ލީގު އުސޫލުން ތިން ޓީމުގެ މެދުގައި ކުޅެވޭ އެ މެޗުތަކުގައި ބައިވެރިވާނީ، އަލް ނަސްރާއި، އަލް ޙިލާލް އަދި އިންޓަ މިއާމީ އެވެ. މީގެ ތެރެއިން އަލް ނަސްރާއި، އިންޓަ މިއާމީ ކުޅޭ މެޗަށް ދީފައިވާ ޚާއްސަ ނަމަކީ، "ދަ ލާސްޓް ޑާންސް" އެވެ. އެއީ އެ މެޗަކީ މެސީ އާއި ރޮނާލްޑޯ، އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާ ދެކޮޅަށް ކުޅޭނެ ފަހު މެޗުކަމަށްވާތީ އެވެ. ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި އެ މެޗުތައް ކުޅުމަށް ތައްޔާރުވަމުން އަންނައިރު، ފައިނަލް ތާރީޚެއް ފައިން އިއުލާން ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

މެސީ އާއި ރޮނާލްޑޯ އަކީ އަބަދު ވެސް ވާދަވެރިކަން އޮންނަ ދެ ކުޅުންތެރިންނެވެ. ޚާއްސަކޮށް މި ދެ ކުޅުންތެރިން ސްޕެއިންގައި ކުޅުނު ދުވަސްވަރު، ވާދަވެރިކަން ވަނީ ފެނިފަ އެވެ.

އިންޓަ މިއާމީއައްނަސްރުކްރިސްޓިއާނޯ ރޮނާލްޑޯލިއޮނެލް މެސީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
14 ނޮވެމްބަރު 2025

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ
29 އޮކްޓޯބަރު 2025

އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި

29 އޮކްޓޯބަރު 2025
އަލް އިއްތިހާދު އަތުން ބަލިވެ، ކިންގްސް ކަޕް އިން އަލް ނަޞްރު ކަޓައިފި
18 އޮކްޓޯބަރު 2025

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ
12 އޮކްޓޯބަރު 2025

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު