ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް ޙަލީމް
21 ނޮވެމްބަރު 2023 | އަންގާރަ 16:11އޭނާ މި މަގާމަށް އައްޔަނުކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައި

އާއިޝަތު ޝިއުރާ | 21 ނޮވެމްބަރު 2023 | އަންގާރަ 16:11

އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމަށް، މ. ރަނިކަ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް އައްޔަނުކުރައްވައިފިއެވެ.
އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް މި މަގާމަށް އައްޔަނުކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގައެވެ. އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް މީގެ ކުރިން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައެވެ. އޭގެތެރޭގައި އެމްޓީސީސީއާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ހިމެނެއެވެ.
އައިޖީއެމްއެޗްގެ ސީއީއޯއަކަށް އޭނާ ހަމަޖައްސާފައިވާއިރު، އެ މަގާމުގައި ކުރިން ހުންނެވީ އިބްރާހީމް ސަލީމެވެ.









