Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔޫކްރެއިން ޤައުމީ ފުޓުބޯޅަ ޓީމު

އުނދަގޫ ގްރޫޕެއްގައި އޮތަސް، ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރިން: ޝެރްހީ ރެބްރޯ

ޔޫކްރެއިންގައި މިހާރު ތިބި ކުޅުންތެރިންނާއެކު، އެކުލެވިގެން މަސައްކަތް ކުރެވުނީ ގާތް ގަނޑަކަށް ހަ މަސް ދުވަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2023 | ބުދަ 03:02
ޔޫކްރެއިންގެ ކޯޗު ޝެރްހީ ރެބްރޯ

ޔޫކްރެއިންގެ ކޯޗު ޝެރްހީ ރެބްރޯ

އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކޮލިފިކޭޝަންގައި ޔޫކްރެއިން ހިމެނިފައި އޮތީ އުނދަގު ގުރޫޕެއްގައި ކަމަށާއި، އެހެން ނަމަވެސް އެންމެ ފަހު ވަގުތާ ޖެހެންދެން އެ ޓީމުގެ ކުޅުންތެރިން މަސައްކަތް ކުރި ކަމަށް، އެ ޓީމުގެ ކޯޗު ޝެރްހީ ރެބްރޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ، ކޮލިފިކޭޝަންގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗުން މޮޅުވެ، އަންނަ އަހަރުގެ ޔުރޯ އަށް ކޮލިފައިވުމުގެ ފުރުސަތު ޔޫކްރެއިން އަށް އޮތެވެ. ނަމަވެސް، މެޗު އެއްވަރުވެ، ދެ ޓީމު ޕޮއިންޓުގެ ގޮތުން އެއްވަރުވީއިރު، ލަނޑުގެ ތަފާތުން ކުރި ހޯދައިގެން ދެ ވަނަ ލިބުނީ އިޓަލީ އަށެވެ. އަންނަ އަހަރުގެ މުބާރާތުން ޔޫކްރެއިން އަށް ދެން ފުރުސަތު ލިބެން އޮތީ، އަންނަ މާޗު މަހުގައި ކުޅޭ ޕްލޭ އޮފް މެޗުން މޮޅުވެގެންނެވެ.

ޔޫކްރެއިންގެ ކޯޗު ޝެރްހީ ބުނީ، ޔޫކްރެއިން ހިމެނިފައި އޮތް ގުރޫޕަށް ބަލާއިރު، އެއްވެސް ބަޔަކު އެ ޓީމާ މެދު އުންމީދު ނުކުރާ ކަމަށެވެ. ނަމަވެސް، އެންމެ ފަހު މެޗާ ހަމައަށް ވެސް ޔޫކްރެއިންގެ ކުޅުންތެރިން މަސައްކަތް ކުރިކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ޔޫކްރެއިންގައި މިހާރު ތިބި ކުޅުންތެރިންނާއެކު، އެކުލެވިގެން މަސައްކަތް ކުރެވުނީ ގާތް ގަނޑަކަށް ހަ މަސް ދުވަހު ކަމަށް އޭނާ ބުންޏެވެ. އެ މުއްދަތުގައި ކުރެވުނު މަސައްކަތާއި، ކުޅުންތެރިން ކުރި މަސައްކަތާމެދު ޝެރްހީ ހިތްހަމަ ޖެހެ އެވެ. އޭނާ ދެކޭ ގޮތުގައި އުނދަގޫ ޙާލަތެއްގައި ޔޫކްރެއިން އޮތް ނަމަވެސް، ކުޅުންތެރިން ވަނީ އެމީހުންގެ ޤައުމީ ޖޯޝު ދައްކައިދީ، ޤައުމަށްޓަކައި ބޮޑު ޤުރުބާނީއެއް ވެފަ އެވެ.

މީގެ އިތުރުން ޝެރްހީ ބުނީ، ކޮލިފިކޭޝަންގެ މެޗުތަކުން ގިނަ ކަންތައްތަކެއް އޭނާ އަށް ވެސް އަދި ކުޅުންތެރިންނަށް ވެސް ދަސްވެއްޖެ ކަމަށާއި، ކުރިއަށް ދިޔުމުގައި ދެން ކަންތައް ކުރަން ޖެހޭ ގޮތް ވެސް ސާފުވާ ކަމަށެވެ. އެހެންކަމުން، އޭނާ އާއި ޔޫކްރެއިންގެ ކުޅުންތެރިން ތިބީ އެއްވެސް ޙާލަތެއްގައި ހިތްވަރު ދޫކުރާ ގޮތަށް ނޫން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ޝެރްހީ ހުރީ ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް އިތުރަށް ވަރުގަދަކޮށް، ކުރިއަށް އޮތް ޕްލޭ އޮފް މެޗު ކާމިޔާބު ކުރުމުގެ އުންމީދުގަ އެވެ.

ޔޫކްރެއިން ފުޓުބޯޅަ ޓީމުޝެރްހީ ރެބްރޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ޔޫކްރެއިނާ އެއްވަރުވިނަމަވެސް، ޗެމްޕިއަން އިޓަލީ ޔޫރޯއަށް

ޔޫކްރެއިނާ އެއްވަރުވިނަމަވެސް، ޗެމްޕިއަން އިޓަލީ ޔޫރޯއަށް

21 ނޮވެމްބަރު 2023
އިޓަލީ ކޮލިފައިވާން ޖެހޭ ކަމަށް ޗެފެރިން ވިދާޅުވުމުން، ޔޫކްރެއިންގެ ކޯޗާއި ކުޅުންތެރިން ރަތަށް!

އިޓަލީ ކޮލިފައިވާން ޖެހޭ ކަމަށް ޗެފެރިން ވިދާޅުވުމުން، ޔޫކްރެއިންގެ ކޯޗާއި ކުޅުންތެރިން ރަތަށް!

20 ނޮވެމްބަރު 2023
ޔޫކްރެއިން ބަލިކޮށް، އިޓަލީ ދެ ވަނަ އަށް ޖެހިލައިފި

ޔޫކްރެއިން ބަލިކޮށް، އިޓަލީ ދެ ވަނަ އަށް ޖެހިލައިފި

13 ސެޕްޓެމްބަރު 2023
ޔޫކްރެއިން ބަލިކޮށް އިންގްލެންޑް ގްރޫޕްގެ އެއް ވަނަ އަށް

ޔޫކްރެއިން ބަލިކޮށް އިންގްލެންޑް ގްރޫޕްގެ އެއް ވަނަ އަށް

27 މާރިޗު 2023
އިންގްލެންޑުން ޔޫކްރެއިނަށް ހަމްދަރުދީވޭ، ނަމަވެސް ބޭނުންވަނީ ބަލިކުރަން

އިންގްލެންޑުން ޔޫކްރެއިނަށް ހަމްދަރުދީވޭ، ނަމަވެސް ބޭނުންވަނީ ބަލިކުރަން

26 މާރިޗު 2023

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު