Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިފައިންނާއި ފުލުހުންގެ މުސާރަ

މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑެއް ނުކުރާނެ

މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި މުސާރަ ބޮޑުކުރަން ހިމަނާފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2023 | އަންގާރަ 06:44
ރައީސުލްޖުމްހޫރިއްޔާ ދިވެހި ސިފައިންނާ ބައްދަލު ކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ދިވެހި ސިފައިންނާ ބައްދަލު ކުރެއްވުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކެމްޕޭންގެ ތެރޭގައި ވައުދުވެވަޑައިގެންނެވި ގޮތަށް، އަންނަ އަހަރު ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑެއް ނުކުރައްވާނެކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގެ ތެރެއިން އާޓިފިޝަލް ބީޗުގައި ސެޕްޓެމްބަރު 15 ވަނަ ދުވަހުގެރޭ ބޭއްވި "މަވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ "އަޅުގަނޑުމެންނަށް ލިބޭ ސަރުކާރުގައި ދިވެހި ސިފައިންނާ ފުލުހުންގެ މުސާރަ، މިހާރު ހުރި މުސާރައަށްވުރެ ދެގުނަ ބޮޑުކޮށްދޭނަން" މިހެންނެވެ. މީގެ އިތުރުން ވިދާޅުވެފައިވަނީ "އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ސިފައިންނާއި ފުލުހުންގެ ފުލެޓުތައް އެއީ ފޭސްވަންގައި ހުރި ފުލެޓުތަކުގެ ވާހަކަ، މި ފުލެޓުތަކަށް ދައްކަންޖެހޭ އަގު، އެ ދެ މުއައްސަސާގެ ފުލެޓުތައް ލިބުނު ސިފައިންނާއި ފުލުހުންނަށް ލުއި ދިނުމުގެ ގޮތުން އަޅުގަނޑުމެންގެ ސަރުކާރެއްގައި އެއް އަހަރު ދުވަހަށް އެ އަގު ދެއްކުން ލަސްކޮށްލަދޭނެ ކަމަށް. އެ ދައްކަންޖެހޭ އަދަދެއްވެސް ދެއްކުމުގެ ބަހާލައިގެން ދެއްކޭނެ ފަދަ ލުއި ގޮތެއް އިރާދަކުރެއްވިއްޔާ ހަދައިވެސް ދޭނަން،" ކަމަށެވެ.

Advertisement - newsAdvertisement

ނަމަވެސް އިންތިގާލީ މަރުހަލާގައި ބަޖެޓް އެކުލަވާލަން އައު ސަރުކާރަށް ފުރުސަތުދީ އައު ސަރުކާރުން ބޭނުންވާ ކަންކަން ހިމަނާ މަޖިލީހަށް ފޮނުވާފައިވާ ދައުލަތުގެ ބަޖެޓުގައި 2024 ވަނަ އަހަރު ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ހިމަނާފައި ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި މެންބަރު ޔައުގޫބް ވިދާޅުވީ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު، ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑުކޮށްދެއްވާނެކަމަށް ކެމްޕޭންގެ ތެރޭގައި ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް ބަޖެޓް ދިރާސާކުރަމުންދާ އިރު ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނަ ކުރަން ބަޖެޓުގައި ހިމަނާފައިވާތަން ފެނިވަޑައިނުގަންނަވާ ކަމަށާއި، ރައީސް ޞާލިހު ވައުދުވެވަޑައިގެންނެވި ގޮތަށް ސިފައިންނާއި ފުލުހުންގެ މުސާރަ ވަކި މިންގަނޑަކަށް ބޮޑުކުރަން ބަޖެޓުގައި އެ މިންގަނޑުގައި ހިމަނާފައިވާ ކަމަށެވެ.

ނަމަވެސް އައު ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުފުޅުވީ ގޮތަށް ސިފައިންނާއި ފުލުހުންގެ މުސާރަ ދެގުނަ ބޮޑުކުރަން ބަޖެޓުގައި ހިމަނާފައިނުވަނީ ކީއްވެތޯ މެންބަރު ޔައުގޫބް ސުވާލުކުރެއްވިއެވެ.

މެންބަރުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ 2024 ވަނަ އަހަރުގެ ބަޖެޓަށް އިންޕުޓްދެއްވަން ލިބިވަޑައިގެންނެވި ވަގުތު ކުޑަކަމަށާއި، ވަގުތާއި ހާލަތަށް ރިއާޔަތްކުރައްވާ ރައީސް މުއިއްޒުގެ ވައުދުފުޅުތައް ފުއްދުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށެވެ. ނަމަވެސް އެ ކަންކަން ކުރައްވާއިރު، ކަންކަން ކުރައްވަން ބޭނުންފުޅުވަނީ ރޭވުންތެރިކަމާއެކު އިހްލާސްތެރިކަމާއެކު ގައުމަށް އެންމެ ފައިދާވާ ގޮތަށް ކަމަށެވެ. މިނިސްޓަރު ވަނީ ހަރަދު ކުޑަކުރެވޭނެ ގޮތެއްތައް ހޯދާ ބައެއް ކަންކަން މަޑުޖައްސާލުމަށް ވެސް ނިންމާފައިވާ ކަން ކޮމިޓީގައި ހާމަކުރައްވާފައެވެ.

އެގޮތުން ޕޭ ހާމަނައިޒޭޝަން ނުވަތަ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުގެ މަސައްކަތް މަޑުޖައްސާލުމަކީ ހަރަދު ކުޑަކުރުމުގެ ގޮތުން އައު ސަރުކާރުން ނިންމާފައިވާ އެއް ކަންތައް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ފަދައިން އަންނަ އަހަރު ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ކޮމިޓީގައި މިނިސްޓަރު ވިދާޅެއް ނުވިއެވެ. އަދި އެކަން ފަހުން ކުރައްވާނެ ގޮތެއްވެސް އަދި ސަރުކާރުގެ ސްޓޭންޑްވެސް ހާމަ ނުކުރައްވާ ދެއްކެވީ ދައުލަތަށް އެންމެ ފައިދާހުރި ގޮތަކަށް މަސައްކަތް ކުރައްވާނެ ވާހަކަފުޅެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރައްޔިތުންގެ މަޖިލިސް2024 ވަނަ އަހަރުގެ ބަޖެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު