Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައިދަރަށް މީކާއީލްގެ ފާޑުކިޔުން

ހައުސިންގ މިނިސްޓަރު ޑރ. ހައިދަރަށް މާލޭގެ ރުހުމެއް ނެތް، އޭނާ އަށް ރުހުން ނުދޭން ގޮވާލަން - މީކާއީލް

21 ނޮވެމްބަރު 2023 | އަންގާރަ 05:44

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ފަހުން ނިންމާފައިވާ ކަންކަމަށް އިޚުތިރާމްނުކުރައްވާނެ ކަަމަށް ހައިދަރު ވިދާޅުވެފައިވާތީ މީކާއީލް ވަރަށް ބޮޑަށް ފާޑު ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 ނޮވެމްބަރު 2023 | އަންގާރަ 05:44
މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް

އައު ސަރުކާރުގެ ހައުސިންގ މިނިސްޓަރު ޑރ. ޢަލީ ހައިދަރަށް ރުހުން ދޭން ވޯޓު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު 2024 ވަނަ އަހަރުގެ ބަޖެޓަށް ވާހަކަފުޅު ދައްކަވަމުން މެންބަރު މީކާއީލް ވަނީ މިނިސްޓަރު ހައިދަރަށް އެއްވެސް މެންބަރަކު ރުހުން ނުދެއްވުމަށް ގޮވާލައްވާފައެވެ. އަދި އެ މިނިސްޓަރަށް ގަލޮޅު ދެކުނު ދާއިރާ އާއި މާލޭގެ ރުހުން ނެތް ކަމަށާއި އެހެންކަމުން އޭނާ އަށް ވޯޓުދޭން ނިންމާ ތްރީލައިން ވިޕެއް ނުނެރުމަށް ވެސް މީކާއީލް ގޮވާލެއްވިއެވެ.

Advertisement - newsAdvertisement

މެންބަރު މީކާއީލް ވަނީ ބަޖެޓާއި ހިސާބު އަކުރުތަކުން އެކަނި ވާހަކަފުޅު ދެއްކެވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ. ބަޖެޓުން ފެނިގެން ދަނީ މާލޭ ރަށްވެހިންގެ ބޯހިޔާވަހިކަން މި ސަރުކާރުން ފޭރިގަންނަ މަންޒަރުކަމަށް ވެސް މެންބަރު މީކާއީލް ވިދާޅުވިއެވެ. އެގޮތުން ފުށިދިއްގަރުފަޅު ހިއްކަން ބަޖެޓުގައި ޖަހާފައިވާ 400 މިލިއަން ރުފިޔާ އިން ފެންނަނީ، މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ފޭރިގަންނަން ސަރުކާރުން މަސައްކަތްކުރާކަން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހޯމަ ދުވަހުގެ ރޭ މި ސަރުކާރުގެ ހައުސިންގ މިނިސްޓަރު ޑރ.ހައިދަރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުން ވެސް ފެނިވަޑައިގަތީ އެކަން ކަަމަށް މީކާއީލް ވިދާޅުވިއެވެ. މިއީ ވަކި ބަޔަކަށް ފްލެޓާއި ގޯތި ދިނުމަށް ކުރާ ކަމެއް ކަމަށް ވެސް މެންބަރު މީކާއީލް ވަނީ ތުހުމަތުކުރައްވާފައެވެ.

މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިތީ ދޮގު ވިއްކަވައިގެން ކަމަށް ސިފަކުރައްވާ މީކާއީލް ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ ހައުސިން މިނިސްޓަރު އަމިއްލަފުޅަށް ވެސް އެކަމަށް އިޢުތިރާފްވެވަޑައިގަންނަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މާލޭގެ ރައްޔިތުންނަށް ގޯތި ލިބުނު ތަނަކުން، އެ ލިބުނު މިންވަރަށް ބަދަލެއް ނެތި ދެއްވާނެކަމަށް ރައީސް ޑރ.މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވިދާޅުވެފައިވާކަމަށާއި އެކަން އެގޮތަށް އޮއްވާ މިހާރު ޢަމަލުކުރަމުންދާ ގޮތުން މި ސަރުކާރު ފެނިގެންދަނީ ފޭރޭ ބައެއްގެ ގޮތުގައި ކަމަށް މީކާއީލް ވަނީ ވިދާޅުވެފައެވެ. ވެރިކަން ލިބުމާ އެކު ރާގު ބަދަލުވެފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅަކީ މިހާތަނަށް ވަޒީރަކު ދައްކަވާފައި ނުވާވަރުގެ ‘ހޮޅި’ ވާހަކަފުޅު ތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ކުރެއްވި ކަންކަމުގެ ތެރެއިން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ފަހުން ނިންމާފައިވާ ކަންކަމަށް އިޚުތިރާމްނުކުރައްވާނެ ކަަމަށް ހައިދަރު ވިދާޅުވެފައިވާތީ އެކަމަށް މީކާއީލް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

މި ސަރުކާރަށް ވެރިކަން ލިބުމުން ފްލެޓްތަކާއި ގޯތި އަތުލާނެ ކަމުގެ ބިރު އޮތްކަމުގެ ވާހަކަ ކުރިން ވެސް އެމްޑީޕީން އައީ ފާހަގަކުރަމުންކަން މީކާއިލް ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގައި ގޯތިދޭނެ ކަމަށް ބުނެ ފުށިދިއްގަރުފަޅަށް މީހުން ޖަމާކުރަން ފުރުސަތު ނުދިނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
11 ޑިސެމްބަރު 2024

ޤާނޫނުއަސާސީގެ ދިފާޢުގައި ނުނިކުމެ ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެއް ނުބާއްވާނެ - މީކާއީލް

11 ޑިސެމްބަރު 2024
ޤާނޫނުއަސާސީގެ ދިފާޢުގައި ނުނިކުމެ ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެއް ނުބާއްވާނެ - މީކާއީލް
17 ނޮވެމްބަރު 2024

"ރައީސް މުއިއްޒުގެ އަރިހުގައި ގިނައީ ވަގުން، އެއީ ބައި އަޅައިގެން ވައްކަންކުރި މީހުން"

17 ނޮވެމްބަރު 2024
"ރައީސް މުއިއްޒުގެ އަރިހުގައި ގިނައީ ވަގުން، އެއީ ބައި އަޅައިގެން ވައްކަންކުރި މީހުން"
30 އޮކްޓޯބަރު 2024

ގުޅީފަޅު ގޯތިތަކުގެ ގުރުއަތު ސަރުކާރު އޮފިޝަލުން ނަގާތީއާއި ގޯއްޗާއި ފުލެޓް ހަވާލުކުރުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ ސަރުކާރު މެންބަރުން ބޭރުކޮށްލައިފި

30 އޮކްޓޯބަރު 2024
ގުޅީފަޅު ގޯތިތަކުގެ ގުރުއަތު ސަރުކާރު އޮފިޝަލުން ނަގާތީއާއި ގޯއްޗާއި ފުލެޓް ހަވާލުކުރުން ލަސްވާތީ ހުށަހެޅި ކުއްލި މައްސަލަ ސަރުކާރު މެންބަރުން ބޭރުކޮށްލައިފި
29 އޮކްޓޯބަރު 2024

"އޭސީސީ އާއި އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ނެގުމަކީ ތިންބާރު ވަކިވެފަވާ ނިޒާމެއް ހަލާކުކޮށްލުން"

29 އޮކްޓޯބަރު 2024
"އޭސީސީ އާއި އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ނެގުމަކީ ތިންބާރު ވަކިވެފަވާ ނިޒާމެއް ހަލާކުކޮށްލުން"
24 އޮކްޓޯބަރު 2024

"ރައްޔިތުންގެ ފައިސާ އިން ޚަރަދު ކުރާގޮތް ނޭންގުމުގެ ސަޤާފަތެއް ޤާއިމްކޮށް، އެއީ ރާއްޖޭގެ ހަގީގަތް ކަމަށް ހަދައިފި"

24 އޮކްޓޯބަރު 2024
"ރައްޔިތުންގެ ފައިސާ އިން ޚަރަދު ކުރާގޮތް ނޭންގުމުގެ ސަޤާފަތެއް ޤާއިމްކޮށް، އެއީ ރާއްޖޭގެ ހަގީގަތް ކަމަށް ހަދައިފި"
24 އޮކްޓޯބަރު 2024

ޕީއެންސީގެ އަގުލަބިއްޔަތުން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރާނެކަމަށް ބުނެފި

24 އޮކްޓޯބަރު 2024
ޕީއެންސީގެ އަގުލަބިއްޔަތުން ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރާނެކަމަށް ބުނެފި
03 ޖުލައި 2024

މާލީ ހާލަތާއި ގުޅުވައި އެންމެ އާދައިގެ ރައްޔިތު މީހާ ހަމައިން ފިޔަވަޅު އަޅާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

03 ޖުލައި 2024
މާލީ ހާލަތާއި ގުޅުވައި އެންމެ އާދައިގެ ރައްޔިތު މީހާ ހަމައިން ފިޔަވަޅު އަޅާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި
03 ޖުލައި 2024

އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްލީ ސިޔާސީ މަގާމުތައް އިތުރުވެ، ހަރަދު ނުތަކާ ވަރަށް ދިއުމުން އެކަން ފޮރުވުމަށް: ފައްޔާޒު

03 ޖުލައި 2024
އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްލީ ސިޔާސީ މަގާމުތައް އިތުރުވެ، ހަރަދު ނުތަކާ ވަރަށް ދިއުމުން އެކަން ފޮރުވުމަށް: ފައްޔާޒު
03 ޖުލައި 2024

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި މުސާރަ ހާމަކުރަން އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

03 ޖުލައި 2024
ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި މުސާރަ ހާމަކުރަން އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް