Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

މަޖިލިސް ހިސޯރު ނުކުރާކަމަށް ބުނެފައި ވަނިކޮށް، މިއަދުވެސް މެމްބަރުންނަށް މަޖިލީހަށް ނުވަދެވުނު!

25 ޖުލައި 2017 | އަންގާރަ 08:21

މިއަދުވެސް އެއްވެސް މެމްބަރަކަށް މަޖިލީހުގެ އިދާރާއަށް ނުވަދެވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 25 ޖުލައި 2017 | އަންގާރަ 08:21
މެމްބަރު މަހްލޫފާއި އީވާ މަޖިލީހުގެ އިދާރާގެ ތެރޭގައި

މެމްބަރު މަހްލޫފާއި އީވާ މަޖިލީހުގެ އިދާރާގެ ތެރޭގައި

ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިސޯރުކޮށްފައި ނުވާ ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށް، އަންގާރަ ދުވަހު ވެސް މަޖިލީހުގެ މެމްބަރުނަށް މަޖިލީހަށް ނުވަދެވުނެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަންގާރަ ދުވަހުގެ ހެނދުނު ވަނީ މަޖިލީހުގެ އިދާރާއަށް ވަޑައިގަންނަވާފަ އެވެ. މަހްލޫފާއި އީވާ މަޖިލީހުގެ އިދާރާއަށް ވެއްނެވުމާއެކު ސިފައިން ވަނީ އެ ދެ މެމްބަރުން ނެރެލާފަ އެވެ.

Advertisement - newsAdvertisement

މަހްލޫފާއި އީވާ މަޖިލީހުގެ އިދާރާއަށް ވަޑައިގެންނެވީ ސިފައިން ބޭނުންކުރާ ވައްތަރަކަށްދާ ކެމަފްލާޖް ޔުނީފޯމެއްގަ އެވެ.

މަޖިލީހުގެ އިދާރާއިން އެ ދެ މެމްބަރުން ނެރުމާ ގުޅިގެން މަހްލޫފާއި އީވާ "ރާއްޖެއެމްވީ"އަށް ވިދާޅުވީ ސިފައިންލާ ވައްތަރަކަށްދާ ގަމީހެއްގައި މަޖިލީހަށް ވަޑައިގެންނެވީ ސިފައިންގެ ބެލުމުގެ ދަށުގައި މަޖިލިސް އޮތުމުން އެގޮތަށް ވަޑައިގެންނެވުމުން މަޖިލީހަށް ވެންނެވުމުގެ ފުރުސަތު ދޭނެ ކަމަށް ބެލެވޭތީ ކަމަށެވެ.

މެމްބަރު މަހްލޫފާއި މެމްބަރު އީވާ މަޖިލީހުގެ އިދާރާގެ ބޭރުގައި އިންޓަރވިއު ދެއްވަނީ

މަހްލޫފާއި އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިހާރު އޮތީ ސިފައިން ހިސޯރުކޮށްފައި ކަމަށާއި މަޖިލީހުގެ އިދާރާގައި ވެސް މަޖިލީހުގެ މެމްބަރުންނަށް ޖަވާބުދާރީވާނެ ބޭފުޅެއް ނެތް ކަމަށެވެ.

މަހްލޫފާއި އީވާ ވެސް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް މަޖިލީހަށް ވަދެވަޑައިގެންނެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށާއި އެ ބޭފުޅުންނަކީ ރައްޔިތުންނަށް ހިދްމަތް ކުރުމަށް ރައްޔިތުން އިންތިހާބު ކޮށްފައިވާ ރައްޔިތުންގެ މަންދޫބުން ކަމަށެވެ.

މަޖިލީހަށް ވަދެ ވަޑައި ނުގެންނެވުމުން މަހްލޫފާއި އީވާ އެތަން ދޫކުރައްވައި ވަޑައިގެންނެވިތާ ކުޑައިރުކޮށްޅެއްގެ ތެރޭގައި ނިޅިވަރަމްފަރު ދާއިރާގެ މެމްބަރު ހުސައިން އަރީފް ވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ. އަރީފް ވަޑައިގެންނެވީ މަޖިލީހުގެ އިދާރާގައި ބޭއްވިފައިވާ އޭނާގެ އަވި އައިނު ނެންގެވުމަށް ކަމަށް އަރީފް ވިދާޅުވިއެވެ. ނަމަވެސް އަރީފަށް ވެސް މަޖިލީހަށް ވަދެވަޑައިގެންނެވޭ ގޮތް ނުވި އެވެ. ފަހުން މަޖިލީހުގެ އިދާރީ މުވައްޒަފެއް މެދުވެރިކޮށް އަރީފާ ވަނީ އޭނާގެ އައިނު ހަވާލުކޮށްފައެވެ.

މެމްބަރު ހުސައިން އަރީފް

ސިފައިން ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައިވާ ކަން ފާހަގަކުރައްވައި އަރީފް ވިދާޅުވީ މިއީ މަޖިލީހުގެ ތާރީހުގައި ވެސް ހިނގާދިޔަ އެންމެ ހުދުމުތާރު، އަނިޔާވެރި ދުވަސްތައް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގެ ތެރެއިން މަޖިލިސް މެމްބަރަކު ނެރެވޭނީ، މަޖިލީހުގެ ނިޒާމު ގެއްލޭ ފަދަ ކަމެއް މެމްބަރަކު ކުރުމުން، އެ މެމްބަރަށް ރިޔާސަތުން ނަސޭހަތް ދިނުމަށް ފަހު، އެކަމެއް ތަކުރާރު ކުރައްވައިފި ނަމަ އެ މެމްބަރެއްގެ ނަން އިއްވާ، މަޖިލީހުގެ ޗެމްބަރުން ބޭރު ކުރުމެވެ. އެ މެމްބަރު ޗެމްބަރުން ނުނިކުމެއްޖެ ނަމަ މަޖިލީހުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތުން އެ މެމްބަރަކު ޗެމްބަރުގެ ތެރެއިން ނެރުމަށް އައިސް އެމެމްބަރަށް "އިއްޒަތްތެރި މެމްބަރު" ނަމުން މުހާތަބު ކުރައްވައި މަޖިލީހުގެ ޗެމްބަރުގެ ތެރެއިން ނިކުމެވަޑައިގަތުމަށް އެންގުމުން، އެ އެންގެވުމަށް ތަބާނުވެއްޖެ ނަމަ ގަދަކަމުން އެ މެމްބަރު ޗެމްބަރުގެ ތެރެއިން ނެރެވިދާނެ އެވެ.

އެގޮތުން ޗެމްބަރުގެ ތެރެއިން މަޖިލިސް މެމްބަރު ނެރުމުގެ އިތުރުން މަޖިލީހުގެ އިދާރާއިން އެ މެމްބަރުން ނެރުމުގެ ބާރެއް ލިބިގެން ނުވެއެވެ.

ނަމަވެސް ހޯމަ ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހުރިހާ ދޮރެއްގައި ތަޅު އެޅުވުމަށް ފަހު، މަޖިލިސް މެމްބަރުންނަށް ނުވަދެވޭ ގޮތަށް ބަންދު ކޮށްފަ އެވެ. ނަމަވެސް މަޖިލީހުގެ ފާރުމަތިންނާއި ފަހުން ދޮރާށި ހުޅުވައިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން މަޖިލީހުގެ އިދާރާއަށް ވަދެ ވަޑައިގެންނެވުމުން، ފުލުހުން ވަނީ މަޖިލީހުގެ އިދާރާއަށް ވަދެ ވަރަށް އަނިޔާވެރިކޮށް މަޖިލިސް މެމްބަރުންނާ މެދު އަމަލު ކުރުމަށް ފަހު، މަޖިލީހުގެ އިދާރާއިން މެމްބަރުން ނެރެފަ އެވެ.

ހޯމަ ދުވަހު މަޖިލީހުގެ އިދާރާގައި ރައިޓް ގިޔަރުގައި ތިބި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ހަރަކާތްތެރިވެފައެއެވެ.

މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އައި އެންމެ ކަޅު ދުވަސްގެ ގޮތުގައި ސިޔާސީ ލީޑަރުންގެ ގެންދަވަނީ ވިދާޅުވަމުންނެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

07 މާރިޗު 2017

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!
02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
01 މާރިޗު 2017

!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

01 މާރިޗު 2017
!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް
28 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!

28 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ ދޮންދަރިންނަށް ހެލްތު އިންޝުއަރެންސް ލިބޭ ގޮތަށް ހަމަޖައްސަނީ!
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
05 ފެބުރުއަރީ 2017

ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި

05 ފެބުރުއަރީ 2017
ރައްޔިތުންގެ މަޖިލިސް: ރިޔާސީ ބަޔާން އިއްވުން މާދަމާ ދަރުބާރު ގޭގައި
26 ޖެނުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް