Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޭހުގެ ފެންވަރު ރަނގަޅުކުރުން

ރާއްޖޭން ލިބޭ އެންޓިބަޔޮޓިކްސްއަކީ ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތް ދަނީ ކުރަމުން: ހެލްތު މިނިސްޓްރީ

ނޭޝަނަލް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގިނަ ޕްރޮގްރާމްތައް ހިންގާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2023 | ހޯމަ 06:51
ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީ

ރާއްޖޭން ލިބެން ހުންނަ އެންޓިބަޔޮޓިކްސްއަކީ ރައްކާތެރި، ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ދުނިޔޭގެ އެންޓިމައިކްރޯބިއަލް ރެސިސްޓަންސް (އޭ.އެމް.އާރް) އަށް ހޭލުންތެރިކުރުމުގެ ހަފްތާއާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ މުސްތަގްބަލުގައި ދުނިޔެއަށް ދިމާވާނެ އެންމެ ނުރައްކާތެރި ސިއްހީ ހާލަތަކީ ޖަރާސީމު ބޭހަށް ނުގުޑުން ނުވަތަ އޭ.އެމް.އާރް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އަދި މިފަދަ ސިއްޚީ އެހެން ޖަމިއްޔާތަކުން ކޮށްފައިވާ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ކަމަށެވެ. މިހާރު އަންދާޒާ ކޮށްފައިވާ ގޮތުން މުޅި ދުނިޔޭގައި 2050 ވަނަ އަހަރުގެ ނިޔަލަށް މިކަމުގެ ސަބަބުން 10 މިލިއަން މީހުން މަރުވެ އަދި އިގްތިސާދީގޮތުން 100 ޓްރިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެކަމަށް އަންދާޒާ ކުރެވޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

ހެލްތު މިނިސްޓްރީން ބުނީ ދުނިޔޭގެ ފެންވަރުގައި ކުރެވިފައިވާ ދިރާސާތަކަށް ބަލާއިރު ޖަރާސީމު ބޭހަށް ނުގުޑުމުން މިހާރު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަން ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށް ހެލްތު މިނިސްޓްރީން ބުނީ ގައުމީ ފެންވަރުގައި މި މަސައްކަތް ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން 2017 އިން 2022 އަށް ކަނޑައަޅާފައިވާ ނޭޝަނަލް އެކްޝަން ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭން ލިބެން ހުންނަ އެންޓިބަޔޮޓިކްސްއަކީ ރައްކާތެރި، ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރުކުރުމަށް ބޭސް ޓެސްޓުކުރުން ތަރައްގީކޮށް ކުރިއެރުވުން ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިކަމުގެ ނުރައްކާތެރިކަން އާންމުންނަށް އޮޅުން ފިލުވާދިނުމަށް ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަމުންދާ ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ ފަރުދީ އަދި ގައުމީ ފެންވަރުގައި މަސައްކަތްކޮށް މިނުރައްކާތެރި ހާލަތުން މިންޖުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ސިއްހީ ރަނގަޅު އާދަތަކުގައި ހިފެހެއްޓުމާއިއެކު ކަމާގުޅޭ ފުރިހަމަ މައުލޫމާތު ހޯދަންޖެހޭ ކަމަށާއި، އަންނަން އޮތް ޖީލުތައް ރައްކާތެރި ކޮށްދިނުމަށްޓަކައި މިހާރު ލިބެންހުރި ބޭސްތައް ރައްކާތެރިކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ.

އޭ.އެމް.އާރް އަކީ ޖަރާސީމާއި ދެކޮޅަށްދޭ ބޭސްތަކަށް ޖަރާސީމު ހޭނުން ނުވަތަ ނުގުޑުމެވެ. މިގޮތަށް ޖަރާސީމު ހޭނުމަށް މެދުވެރިވަނީ ޖަރާސީމާ ދެކޮޅަށްދޭ ބޭސްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުންނެވެ. މިކަމުގެ ސަބަބުން ފަރުވާ ހޯދިފައިވާ ބަލިތަކަށް ދެވޭ ބޭހުގެ އަސަރުނުކޮށް ބަލީގައި ގިނަދުވަސްވެ، ނުވަތަ ފުރާނައަށް ގެއްލުންވުމުގެ ސަބަބުން ބަލިތަކުން މަރުވާ މީހުންގެ އަދަދު އިތުރުވެއެވެ. އަދި ސިއްޚީ ދާއިރާގައި ކުރިއެރުން ލިބިފައިވާ ދާއިރާތައް ކަމަށްވާ ގުނަވަން ބަދަލުކުރުން، އެކި ބާވަތްތަކުގެ އޮޕަރޭޝަން އަދި ކެންސަރުގެ ފަރުވާ އަށް ހީނަރުކަން ލިބެއެވެ.

ހެލްތު މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

28 މެއި
މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު
20251 އަހަރު ކުރިން
ރާއްޖެ

މީހުން ގުޅުމުން ފޯނު ނުނަގަނީ ރޮވިދާނެތީ - މިނިސްޓަރ މުއްތަލިބު

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް
20242 އަހަރު ކުރިން
ރާއްޖެ

މުލިއާގެއިން ރައީސާއި ނައިބުރައީސްގެ ކަންކަން ނުނިންމި ނަމަ މަޖިލީހުގެ ރައީސްއަކަށް އަބްދުއްރަހީމް ނީންނަވާނެ - ނާޒިލް

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ބަންޑާރަ ނާއިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފެއިލްކޮށްލަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފި

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި
20224 އަހަރު ކުރިން
ދުނިޔެ

ޕަންޖާބުގެ މަޝްހޫރު ލަވާކިޔުންތެރިޔާ އަދި ކޮންގްރެސް މެމްބަރ ސިދޫ މޫސޭ ވާލާ ބަޑިޖަހާ މަރާލައިފި

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

ގަވަރުނަރުންގެ އައު އުސޫލުތަކާއެކު މަލިކު މީހުން ރަތަށް!

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!

ނާރުއްފަލުދާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ނާރުއްފަލުދާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު