Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޝިފާހޮސްޕިޓަލްގައި ތިބި ކުދިން ހުސްކުރުން

އައްޝިފާ ހޮސްޕިޓަލުގައި ތިބި ތުއްތު ކުދިން ޣައްޒާގެ ދެކުނުގެ ސަރަހައްދަށް ބަދަލުކޮށްފި

31 ކުއްޖަކު ވަނީ ރެޑް ކްރެސެންޓް އެމްބިއުލާންސްގައި ޣައްޒާގެ ދެކުނުގެ އެހެން ހޮސްޕިޓަލްތަކަށް ގެންގޮސްފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2023 | އާދީއްތަ 15:19
ޝިފާ ހޮސްޕިޓަލްގައި ތިބި ތުއްތުކުދިން ޣައްޒާގެ ދެކުނު އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްފި

ޝިފާ ހޮސްޕިޓަލްގައި ތިބި ތުއްތުކުދިން ޣައްޒާގެ ދެކުނު އެހެން ހޮސްޕިޓަލަކަށް ބަދަލުކޮށްފި

އައްޝިފާ ހޮސްޕިޓަލު ވަގުތުން ހުސްކުރަން އިސްރާއިލްގެ ސިފައިން އެންގުމާއި ގުޅިގެން އެ ހޮސްޕިޓަލްގައި ތިބި ތުއްތު ކުދިން ނެރެ ޣައްޒާގެ ދެކުނުގެ ސަރަހައްދަށް ބަދަލުކޮށްފިއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އައްޝިފާގެ ނިއޯނޭޓަލް އައިސީޔޫގައި އިންކިޔުބޭޓަރުގައި ތިބި 39 ތުއްތު ކުދިންގެ ތެރެއިން  31 ކުއްޖަކު ވަނީ ރެޑް ކްރެސެންޓް އެމްބިއުލާންސްގައި ޣައްޒާގެ ދެކުނުގެ އެހެން ހޮސްޕިޓަލްތަކަށް ގެންގޮސްފައެވެ. އިސްރާއީލުން އައްޝިފާއަށް ދިން ހަމަލާގައި އިތުރު ހަ ކުއްޖަކު ވަނީ ނިޔާވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އެހީދޭ ޖަމާއަތްތަކާ ގުޅިގެން ކުއްލި ގޮތަކަށް ތުއްތުކުދިން އެހެން ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އިސްރާއީލުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ދިއުމުން އިންކިއުބޭޓަރުތައް މަސައްކަތް ނުކޮށް ތުއްތު ކުދިން މަރުވާން ދޫކޮށް ނުލުމަށް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެ ހުރިހާ ތުއްތު ކުދިންނަށްވެސް އެކަށީގެންވާ އަޅާލުމެއް ނެތި ވަނީ ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފަ އެވެ.

ފަލަސްތީނުގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނި ގޮތުގައި އިސްރާއީލު ސިފައިން ވަނީ އެ ރެއިޑްގައި ހަތިޔާރު ދައްކައިގެން އައްޝިފާގެ ބައެއް ސަރަހައްދުތައް ހުސްކުރަން މުވައްޒަފުންނާއި ބަލި މީހުންނަށް  މަޖުބޫރުކޮށް، އެތައް ބަޔަކު ބިރުން ގޮސްފަ އެވެ. މިސްރުގެ ހޮސްޕިޓަލްތަކަށް ބަދަލުކުރަން ރޭވުމުގެ ކުރިން އެ ކުދިން އެންމެ ފުރަތަމަ ގެންދިޔައީ ޣައްޒާގެ ދެކުނުގައި ހުންނަ ނާސިރު ހޮސްޕިޓަލަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނަނީ އައްޝިފާ ހިފުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ. އަދި އެ ތުއްތު ކުދިން ނެރުމަށް ވަގުތުން އެންގުމުން، މި ހަލަބޮލިކަމުގެ ތެރޭގައި ޣައްޒާގެ އެންމެ ނިކަމެތި ރައްޔިތުންނަށް ކުރިމަތިވެފައިވާ ނުރައްކާތައް ހާމަވެގެން ދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި

ބޯކޯ ހަރާމުން ގެންދިޔަ ކުދިންގެ މަތިން ހަނދާން ނައްތާނުލުމަށް ގޮވާލައިފި

19 މާރިޗު 2017
ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް

ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް

14 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު