Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ސިޔާދަތު

އިންޑިއާ ސިފައިން ފޮނުވާލެވޭނެ ތާރީހަކާއި އުތުރުތިލަފަޅުގެ އެއްބަސްވުމުގެ ތަފްސީލް ހާމަކުރެވޭނީ ދިރާސާތަކަށް ފަހު: ފިރުޒުލް

19 ނޮވެމްބަރު 2023 | އާދީއްތަ 13:27

އިންޑިއާ ސިފައިންގެ އެތައް ހާސް ބަޔަކު ރާއްޖޭގައި ތިބި ކަމަށް ޕީޕީއެމް އަދި ޕީއެންސީ އިން އައީ ނިމިދިޔަ ސަރުކާރު ވެރިކަމުގައި އޮތް އިރު ބުނަމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 ނޮވެމްބަރު 2023 | އާދީއްތަ 13:27
ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް

އިންޑިއާ ސިފައިން އަނބުރާ ފޮނުވާލެވޭނެ ތާރީހެއް އެނގޭނީ އެއްބަސްވުންތައް ދިރާސާކޮށް ނިމުމުންކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވާލުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަަމަށެވެ. އެގޮތުން މި ސަރުކާރުން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ޢަދަދާއި ހާލަތު ދެނެގަތުމުގެ މަސައްކަތް ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ބޭނުންވި ނަމަވެސް އެ މަސައްކަތްކުރަން ބޭނުންވަނީ ޑިޕްލޮމެޓިކް އުސޫލެއްގެ ތެރެއިން ކަަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ. މިހާރު މަސައްކަތް ކުރަމުން ދަނީ އިންޑިއާ އާއި އެކު ވެފައިވާ އެއްބަސްވުންތަކުގެ ތަފްސީލް ދިރާސާތަކެއް ހެދުމަށް ކަމަށް ފިރިޒުލް ވިދާޅުވިއެވެ. އެ މަސައްކަތް ކުރައްވާނީ މަޝްވަރާ އާއި ހިމޭންކަމުގެ އުސޫލުގެ ތެރެއިން ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފައެވެ. އަދި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާ އިން އެއްބާރުލުން ލިބޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އުތުރު ތިލަފަޅުގެ އެއްބަސްވުން ވެސް ހާމަކުރެވޭނީ ދިރާސާކޮށް ނިމުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އިންޑިއާ ސަރުކާރާއި އެކު ނިމިދިޔަ ސަރުކާރުން 100އެއްހާ އެއްބަސްވުން އެކުލަވާލާފައިވާ ކަމަށާއި އެ އެއްބަސްވުންތައް ދިރާސާކުރުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން އިސްތިޤްލާލާށް ބުރު އަރާ ކަމެއް ހިމެނޭ ނަމަ އެކަންކަން އާއްމުންނަށް ހާމަކުރައްވާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް އެފަދައިން ވިދާޅުވެފައި ވާއިރު އިންޑިއާ ސިފައިންގެ އެތައް ހާސް ބަޔަކު ރާއްޖޭގައި ތިބި ކަމަށް ޕީޕީއެމް އަދި ޕީއެންސީ އިން އައީ ނިމިދިޔަ ސަރުކާރު ވެރިކަމުގައި އޮތް އިރު ބުނަމުންނެވެ. އަދި އުތުރު ތިލަފަޅު އެއްބަސްވުން ވަގުތުން ވަގުތަށް ހިއްސާކުރަން ގޮވާލާމުން ދިޔައެވެ. ސަރުކާރާއި ދެކޮޅަށް އެންމެ ބޮޑަށް ދެއްކި އެއް ވާހަކަ އައީ ވެސް އެއީއެވެ. ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާ ސަރުކާރުގެ ކިބައިން ރަސްމީކޮށް އެދިފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް