Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު

ރާއްޖޭގައި އިންޑިއާގެ 77 ސިފައިން ގާއިމުވެ އެބަތިބި، ބައިލެޓްރަލް 100ށްވުރެ ގިނަ އެއްބަސްވުން ހަދާފައިވޭ: ސަރުކާރު

19 ނޮވެމްބަރު 2023 | އާދީއްތަ 12:07

ދެ ހެލިކޮޕްޓަރު އަދި ޑޯނިއާގެ މަތިންދާބޯޓުން ކޮށްފައިވާ މަސައްކަތްތަކުން ރައްޔިތުންނަށް ފައިދާވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 19 ނޮވެމްބަރު 2023 | އާދީއްތަ 12:07
ރާއްޖެއާއި އިންޑިއާއިން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕްރޭޝަނެއްގައި އިންޑިއާގެ ޑޯނިއާއެއް ބޭނުންކުރަނީ

ރާއްޖެއާއި އިންޑިއާއިން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕްރޭޝަނެއްގައި އިންޑިއާގެ ޑޯނިއާއެއް ބޭނުންކުރަނީ

ރާއްޖޭގައި އިންޑިއާގެ 77 ސިފައިން ގާއިމްވެ އެބަތިބި ކަމަށާއި، ބައިލެޓްރަލް 100ށްވުރެ ގިނަ އެއްބަސްވުން ހަދާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖޭގައި (މިހާތަނަށް އެއްކުރެވުނު މައުލޫމާތުން) 77 ސިފައިން ގާއިމްވެ ތިބިކަން ޔަގީންކުރެވިފައި ވާކަމަށެވެ.

Advertisement - newsAdvertisement

ދެ ހެލިކޮޕްޓަރު އަދި ޑޯނިއާގެ މަތިންދާބޯޓުން ކޮށްފައިވާ މަސައްކަތްތަކަށް އިޝާރާތްކުރައްވައި ފިރުޒުލް ވިދާޅުވީ، 661 މެޑިކަލް އިވެކުއޭޝަން، ސަވައިލަންސް 220 މަސައްކަތް، އަދި ސަރޗް މިޝަންގެ 100 އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވާކަމަށެވެ.

މީގެ އިތުރުން ވީއައިޕީ އެކިއެކި މަސައްކަތްތަކާއި ޑިފެންސާ ގުޅުންހުރި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ މި މަސައްކަތްތަކުން ދިވެހިންނަށް ފައިދާތަކެއް ވާކަމަށެވެ. ނަމަވެސް ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫންކަމަށާއި، އެ ނިންމުމާ އެއްގޮތަށް ރައީސް މަސައްކަތްފުޅުތައް ބައްޓަންކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ރާއްޖެއާއި އިންޑިއާ ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން ފިރުޒުލް ވިދާޅުވީ، އިންޑިއާއާއެކު އެކަނި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 100ށްވުރެ ގިނަ ބައިލެޓްރަލް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ޕްރޮޖެކްޓްތައް ހިންގުމަށް ވެފައިވާ އެއްބަސްވުންތައް ނުހިމެނޭ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ މިއީ ވަރަށް ގިނަ އެއްބަސްވުންތަކެއް ކަމަށާއި އެއްބަސްވުންތައް ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރާއްޖޭގައި އިންޑިއާގެ 77 ސިފައިން ގާއިމްވެ އެބަތިބި ކަމަށާއި، ބައިލެޓްރަލް 100ށްވުރެ ގިނަ އެއްބަސްވުން ހަދާފައިވާކަމަށް ސަރުކާރުން ބުނެފައިވާއިރު، 13 ނޮވެންބަރު 2021ގައި ބޭއްވި ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި އޭރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވަނީ ހެލިކޮޕްޓަރު އަދި ޑޯނިއާ ބެލެހެއްޓުމަށް 75 ސިފައިން އެބަތިބިކަމަށެވެ.

އެދުވަސްވަރު އިދިކޮޅުގައި ތިއްބަވައި ޕީޕީއެމް/ޕީއެންސީ ބުނަމުންދިޔައީ، ހަތިޔާރުއެޅި ވަރަށް ގިނަ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބިކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް