Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕާމަނަންޓް ސެކްރެޓަރީން

ހަތަރު ވުޒާރާއަކަށް ވަގުތީ ޕާމަނަންޓް ސެކްރެޓަރީން އައްޔަންކޮށް، ދާއިމީ ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ

19 ނޮވެމްބަރު 2023 | އާދީއްތަ 08:04

ޕީއެސްގެ މަގާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 30 ގެ ނިޔަލަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 ނޮވެމްބަރު 2023 | އާދީއްތަ 08:04
ވެލާނާގެ

ވެލާނާގެ

އަލަށް އުފެއްދި 4 ވުޒާރާއަކަށް ވަގުތީ ޕާމަނަންޓް ސެކްރެޓަރީން އައްޔަންކޮށް، ދާއިމީ ޕާމަނަންޓް ސެކްރެޓަރީން ހޯދަން އިއުލާންކޮށްފިއެވެ.

ސަރުކާރުން ވަގުތީ ޕާމަނަންޓު ސެކްރެޓަރީން އައްޔަންކޮށްފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާއިބެހޭ ވުޒާރާ އާއި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އާއި އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާގެ އިތުރުން ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށެވެ.

Advertisement - newsAdvertisement

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާއިބެހޭ ވުޒާރާ އިލްޔާސް އަހުމަދު އައްޔަން ކުރައްވާފައިވާއިރު ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއަށް އައްޔަން ކުރައްވާފައިވަނީ ފާތިމަތު އަހުމަދެވެ. އަދި އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއަށް އަހުމަދު ތޮލްހަތު އައްޔަންކުރައްވާފައިވާއިރު ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއަށް އައްޔަން ކުރައްވާފައިވަނީ އިސްމާއީލް ރަޝީދެވެ.

ވަގުތީ ޕީއެސްއިން އައްޔަން ކުރި މިނިސްޓްރީތަކުގެ އެ މަގާމަށް ދާއިމީ މުވައްޒަފުން ހޯދަން ވެސް ވަނީ އިއުލާނު ކޮށްފައެވެ. ޕީއެސްގެ މަގާމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 30 ގެ ނިޔަލަށެވެ.

ސަރުކާރުގެ އިދާރާތަކުގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލުތަކާ ގުޅިގެން އިދާރާތަކުގެ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ޕަރމަނަންޓް ސެކްރެޓަރީންނާއި، ޕަރމަނަންޓް ސެކްރެޓަރީންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލުކުރެވޭ މުވައްޒަފުންނާ ސިވިލް ސަރވިސް ކޮމިޝަނުން ހޮނިހިރު ދުވަހު ބައްދަލުކޮށްފައެވެ.

ޕާމަނަންޓް ސެކްރެޓަރީންނަކީ އެ ވުޒާރާއެއްގެ ސިވިލް ސާރވިސްގެ މުވައްޒަފުންގެ އެންމެ އިސް ވެރިޔާއެވެ.

އެންމެ ހިނގާ

1

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

2

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

5

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

13 ފެބުރުއަރީ 2017
ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި
12 ފެބުރުއަރީ 2017

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

12 ފެބުރުއަރީ 2017
ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
03 ފެބުރުއަރީ 2017

ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ

03 ފެބުރުއަރީ 2017
ފިނޭންސާއި ފޮރިންގ މިނިސްޓްރީއަށް ޕާމަނަންޓް ސެކްރެޓަރީން ހޯދަނީ
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް