Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޯހިޔާވަހިކަމުގެ ސިޔާސަތު

ކުރިއަށް އޮތް 30 ދުވަސްތެރޭ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފެށޭނެ، އަމާޒަކީ ގެދޮރުވެރިކަމަށް ބޭނުންޖެހި އެކަން ހައްލު ނުވާ މީހަކު ނެތުން - މުއިއްޒު

19 ނޮވެމްބަރު 2023 | އާދީއްތަ 00:26

ގެދޮރުވެރިކަމުގެ ބޮޑު ބިޔަ މަޝްރޫޢު ހަފްތާ 14 ގައި އިޢުލާންކުރި ގޮތަށް ކުރިއަށް ދާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 ނޮވެމްބަރު 2023 | އާދީއްތަ 00:26
ރައީސް ޑރ.މުހައްމަދު މުއިއްޒު

ރައީސް ޑރ.މުހައްމަދު މުއިއްޒު

ކުރިއަށް އޮތް 30 ދުވަސް ހަމަވުމުގެ ކުރިން، ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޒަމާނީ އާ ގަޑިބުރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމުގެ ބޮޑު ބިޔަ މަޝްރޫޢު ހަފްތާ 14 ގައި އިޢުލާންކުރި ގޮތަށް ކުރިއަށް ދާނެ ކަމަށެވެ. ރައީސް ވިދާޅުވީ އަމާޒަކީ އިންތިޚާބުގެ ކުރިން ވައުދުވީ ގޮތަށް މި ދައުރުގެ ތެރޭގައި ރާއްޖޭގައި އެއްވެސް ކަންކޮޅެއްގައި ގެދޮރުވެރިކަމަށް ބޭނުންޖެހިފައި ހުރި، އެކަން ޙައްލުނުވާ ރައްޔިތަކު ނުހުންނަ މިންވަރަށް އިރާދަކުރެއްވިއްޔާއެ މައްސަލަ ޙައްލުކޮށްދިނުން. ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭގެ މާނައަކީ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެ މަސައްކަތް ފެއްޓެވުން ކަމަށާއި އަޒުމަކީ އެއީ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާގޮތަށް ގާތްގަނޑަކަށް 8 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިމޭނެ ކަަމަށް ލަފާކުރެވޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެ ތަނަކީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާވަރުގެ ޖާގައިގެ ތިންގުނަ ބޮޑު ޖާގައިގެ ތަނަކަަށް ވުމާއި އެކު އެތަން ޖާގައިގެ ގޮތުން ބިޔަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް އިތުރަށް ވިދާޅުވީ އެތަނުގައި ގާތްގަނޑަކަށް 1200 ހެކްޓަރު ހުންނާނެ ކަމަށެވެ. އެވަރު ބޮޑު ފަޅެއް މި ހިއްކަނީ، ދިވެހި ރައްޔިތުންނަށް ގެދޮރުވެރިކަން ޙައްލުކޮށްދިނުމަށްޓަކައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުގައި އެންމެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި، ނުވަތަ ޙައްލުކުރަން ބޭނުންވާ އެންމެބޮޑު ކަމެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރަނީ ގެދޮރުވެރިކަމުގެ މައްސަލައެވެ. މާލެ ސަރަހައްދަކީ އެންމެ ގިނަ ރައްޔިތުން އުޅޭ ސަރަހައްދުކަމަށް ވުމާއި އެކު އެންމެބޮޑު މަޝްރޫޢު ކަނޑައެޅިފައި ވަނީ މި ސަރަހައްދަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ގްރޭޓަރ މާލެ، ނޫނީ މާލެ ސަރަޙައްދުގައި މި ގެދޮރުގެ މައްސަލަ ޙައްލުކުރުމަށްޓަކައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢާއި، މިހާރު ހިނގަމުންދާ ގުޅިފަޅާއި ގިރާވަރު ފަޅުގެ މަޝްރޫޢު އިތުރަށް ފުޅާކޮށް، އޭގެ ތަނަވަސްކަން އިތުރުކުރަން ޖެހޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އިތުރަށް ރައީސް ވިދާޅުވީ ގިރާވަރު ފަޅާ ހަމަޔަށް ބްރިޖުގެ މަސައްކަތްވެސް، މިހާރު އެ މަޑުޖެހިފައި އޮތް އޮތުން، ނޫނީވިއްޔާ ދާ ސްޕީޑް، ތަންކޮޅެއް ލަސްކޮށްދާ ދިޔުން ރަނގަޅުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް