ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވައިޓް އެލާޓް ނެރެފި
18 ނޮވެމްބަރު 2023 | ހޮނިހިރު 06:42ވައިޓް އެލާޓް ނެރެފައިވަނީ ހަވީރު 15:15އާ ހަަމައަށް

ސިމާހާ ނަސީމް | 18 ނޮވެމްބަރު 2023 | ހޮނިހިރު 06:42

މޫސުން ގޯސް ދުވަހެއްގައި ކަނޑުމަތި | ރާއްޖެއެމްވީ
ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ކ އަތޮޅުން ފެށިގެން ވ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހޮނިހިރު ދުވަހުގެ 11:00ން ފެށިގެން ހަވީރު 15:15އާ ހަަމައަށް އެސަރަހައްދަށް ވައިޓް އެލާޓް ނެރޭކަމުގައެވެ.
ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.







