Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބެލޮންޑިއޯ އެވޯޑު

ބެލޮންޑިއޯ ހައްޤީ މެސީ އަށް: އެމްބާޕޭ

އޭނާ އަދި ހާލަންޑު ވެސް ކާމިޔާބު ސީޒަނެއް ނިންމާލި ނަމަވެސް، ވޯލްޑް ކަޕާ އެއްވަރެއް ނުކުރެވޭނެ ކަމަށް އެމްބާޕޭ ބުނި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ނޮވެމްބަރު 2023 | ހޮނިހިރު 05:23
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަދި ފްރާންސްގެ ކީލިއަން އެމްބާޕޭ

އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަދި ފްރާންސްގެ ކީލިއަން އެމްބާޕޭ

ފްރާންސް ފުޓުބޯޅަ އިން ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލޮންޑިއޯ، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ހައްގު ކަމަށް، ފްރާންސްގެ ކީލިއަން އެމްބާޕޭ ބުނެފި އެވެ.

އެމްބާޕޭ މިހެން ބުނީ، މެންޗެސްޓަރ ސިޓީ އަށް ކުޅެމުން އަންނަ ނޯވޭގެ އާލިން ހާލަންޑަށް ބެލޮންޑިއޯ ލިބެން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަނިކޮށެވެ. ނަމަވެސް ހާލަންޑް އަދި އެމްބާޕޭއާ ވާދަކޮށް، މިދިޔަ އޮކްޓޫބަރު މަހު މެސީ ވަނީ އަށް ވަނަ ބެލޮންޑިއޯ ކާމިޔާބުކޮށްފަ އެވެ.

އެކަމާ ގުޅިގެން ވާހަކަ ދައްކަމުން އެމްބާޕޭ ބުނީ، ބެލޮންޑިއޯ ލިބެން ޖެހޭނީ މެސީ އަށް ކަމަށެވެ. ސަބަބަކީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް، އާޖެންޓީނާ އާއެކު މެސީ ކާމިޔާބު ކޮށްފައިވާތީ ކަމަށް އޭނާ ބުންޏެވެ. އަދި މެސީ އަކީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން އެމްބާޕޭ ބުނީ، އޭނާ އަދި ހާލަންޑް ވެސް ކާމިޔާބު ސީޒަނެއް ނިންމާލި ކަމަށެވެ. ނަމަވެސް، ވޯލްޑް ކަޕް ކާމިޔާބު ކުރުމާ، އެކަންކަމާ އެއްވަރު ނުވާނެ ކަމަށް އޭނާ ދެކެ އެވެ. އެހެންކަމުން، މެސީ އަށް ބެލޮންޑިއޯ އެވޯޑު ހައްގު ކަމަށް އެމްބާޕޭ ވަނީ ބުނެފަ އެވެ.

މިއަހަރުގެ ބެލޮންޑިއޯ އެވޯޑު މެސީ ހާސިލްކުރީ އެމްބާޕޭ އަދި ހާލަންޑުގެ އިތުރުން ސްޕެއިންގެ ރޮޑްރީ އަދި ބެލްޖިއަމްގެ ކެވިން ޑި ބްރޭނާއާ ވާދަކޮށެވެ. މެސީ ވަނީ އޭނާގެ ކެރިއަރުގައި އަށް ފަހަރު ބެލޮންޑިއޯ އެވޯޑު ކާމިޔާބު ކޮށްފަ އެވެ. އެއީ 2009، 2010، 2011، 2012، 2015، 2019، 2021 އަދި 2023 ގައެވެ. އޭނާ އަކީ އެންމެ ގިނަ ފަހަރު ބެލޮންޑިއޯ ހާސިލްކުރި ކުޅުންތެރިޔާ އެވެ. މެސީ އަށް ފަހު ދެން އެންމެ ގިނައިން މި އެވޯޑު ހާސިލްކޮށްފައި ވަނީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާާލްޑޯ އެވެ. އެއީ ފަސް ފަހަރު އެވެ.

އިތުރަށް ކިޔާލަން

10 ޖޫން 2017

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

10 ޖޫން 2017
ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ
04 ޖޫން 2017

އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ

04 ޖޫން 2017
އެންރީކޭ އާއި އެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް: މެސީ
27 މެއި 2017

ބުފޮން އަށް "ބެލަންޑިއޯ" އެވޯޑް ހައްގު: އެމްބާޕޭ

27 މެއި 2017
 ބުފޮން އަށް "ބެލަންޑިއޯ" އެވޯޑް ހައްގު: އެމްބާޕޭ
24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
17 މެއި 2017

ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ

17 މެއި 2017
 ޕުޔޯލްގެ ނަޒަރުގައި ރޮނާލްޑޯއަށްވުރެ މޮޅީ މެސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު