Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް ހިސޯރުކުރުން

އެެންމެންގެ ލޯ ކުރިމަތީގައި މަޖިލިސް ހިސޯރުކުރުމަށްފަހު، ސަރުކާރުން އެކަމަށް އިންކާރުކޮށްފި

ސިފައިންނާއި ފުލުހުން އެއްކޮށް މަޖިލިސް ކުރާ އިދާރާއަށް ވަން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 25 ޖުލައި 2017 | އަންގާރަ 04:02
މަޖިލިސް މެންބަރުން، މަޖިލީހަށް ވަދެވަޑައިގަތުމަށް ހުރަސް އެޅުމަށް ފުލުހުން ސަފު ހަދާފަ

މަޖިލިސް މެންބަރުން، މަޖިލީހަށް ވަދެވަޑައިގަތުމަށް ހުރަސް އެޅުމަށް ފުލުހުން ސަފު ހަދާފަ

އެންމެންގެ ލޯ ކުރިމަތީގައި، އަސްކަރިއްޔާއިން ރައްޔިތުންގެ މަޖިލިސް ހިސޯރުކުރުމަށްފަހު، ސަރުކާރުން އެކަމަށް އިންކާރު ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ހޯމަ ދުވަހު މަޖިލީހަށް ވަޑައިގަތުމުން ސިފައިން ވަނީ މަޖިލިސް ގޭޓްތަކުގައި ތަޅު އަޅުވާފަ އެވެ. އަދި މެންބަރުންނަށް މަޖިލިސް އިދާރާއަށް ވަންނަން ފުރުސަތު ނުދިނުމުން ބައެއް މެންބަރުން އިދާރާއަށް ވަދެވަޑައިގަތީ ފާރުމަތިންނެވެ. ބާރުގެ ބޭނުންކޮށްގެން ފުލުހުންނާއި ސިފައިން ވަނީ މަޖިލިސް ކުރާ ގެއަށް ވަން މެންބަރުން އެތަނުން ނެރެފަ އެވެ.

Advertisement - newsAdvertisement

މިއީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި، މަޖިލިސް ކުރާ އިދާރާ މިގޮތަށް ހިސޯރުކޮށް، ފުލުހުން ވައްދައިގެން މެންބަރުން ނެރުނު ފުރަތަމަ ފަހަރެވެ. ރާއްޖޭގެ މީޑިއާތަކުގެ އިތުރުން، ބޭރުގެ ގިނަ އަދަދެއްގެ މީޑިއާތަކުން ވަނީ ހޯމަ ދުވަހު ހިނގި ކަންތައްތަކުގެ ޚަބަރުތައް ރިޕޯޓްކޮށްފަ އެވެ.

އެ ޚަބަރުތައް ދޮގުކޮށް، ރައީސް އޮފީހުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގެ އަސްކަރިއްޔާއިން ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައިވާކަމަށް ބައެއް މީޑިޔާތަކުން ފަތުރަމުންދާ ޚަބަރުތަކަށް ދިވެހި ސަރުކާރުން އިންކާރު ކުރާ ކަމަށެވެ.

ހޯމަ ދުވަހު ހިނގި ކަންތައްތަކާ ގުޅޭ ގޮތުން މަޖިލިސް އިދާރާއިން ނެރުނު ބަޔާނުގައި ހުރި ކަންކަން ފާހަގަކުރުމަށް ފަހު، ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޚަބަރު ފެތުރުމުގައި ޒިންމާދާރު ކަމާއެކު ހަގީގަތާ އެއްގޮތަށް ޚަބަރު ފެތުރުމަށާއި، އާންމުންނަށް ހަގީގަތް އޮޅޭ ފަދަ ގޮތަކަށް ޚަބަރު ނުފެތުރުމަށް، ހުރިހާ މީޑިޔާއަކަށް ސަރުކާރުން އިލްތިމާސް ކުރާ ކަމަށެވެ.

ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގައި އެމްއެންޑީއެފް އިން މިއަދު އެޅުއްވި ޚާއްސަ ފިޔަވަޅުތަކަކީ، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޖަލްސާއެއް އެޖެންޑާކޮށްފައި ނުވާއިރު، ހޯމަ ދުވަހު މަޖިލިސްކުރާ ގޭގެ ސަރަހައްދަށް އާންމުން އެއްވުމަށާއި ހަމަނުޖެހުން ހިންގުމަށް މަގުފަހިވާނެ ފަދަ ކަންކަން ކުރުމަށް ބައެއް ފަރާތްތަކުން ގޮވާލާފައިވާތީ، ޤާނޫނު އަސާސީގެ 105 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލިސްކުރާ ގެ އާއި ގޯތި ތެރޭގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ކަށަވަރު ކުރެއްވުމަށްޓަކައި އެމްއެންޑީއެފް އިން އެޅި ޚާއްސަ ފިޔަވަޅުތަކެއް ކަމަށެވެ.

މަޖިލިސް ކުރާ ގެއަށް ސިފައިންނާއި ފުލުހުން ވަދެ ހިންގި އަމަލުތައް އިންޓަ ޕާލިމެންޓްރީ ޔޫނިއަން(އައިޕީޔޫ) އާއި، ބައެއް ގައުމުތަކުގެ އިސްވެރިންތަކެއް ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އެކަންކަމާ ގުޅިގެން އާއްމުންގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު