Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަސްތީނަށް އެހީވުން

ފަލަސްތީނަށް އެހީވުމަށް އެމްޑަބްލިއުއެސްސީ އާއި ކަސްޓަމްސް އިން ހަތް ލައްކަ ރުފިޔާ ހަދިޔާކޮށްފި

އެމްޑަބްލިއުއެސްސީން ހަދިޔާ ކުރީ 500،000 ރުފިޔާ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2023 | ހުކުރު 03:18
އެމްޑަބްލިއުއެސްސީ އާއި ކަސްޓަމްސް އިން ފަލަސްތީނަށް ފައިސާ ހަދިޔާ ކުރަނީ

އެމްޑަބްލިއުއެސްސީ އާއި ކަސްޓަމްސް އިން ފަލަސްތީނަށް ފައިސާ ހަދިޔާ ކުރަނީ

ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑަށް އެމްޑަބްލިއުއެސްސީ އާއި ކަސްޓަމްސް އިން ހަތް ލައްކަ ރުފިޔާ ހަދިޔާ ކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ހުޅުވާލި ފަންޑަށް ހަދިޔާ ކުރީ ފަސް ލައްކަ ރުފިޔާއެވެ. މި ފައިސާ ދިވެހި ރެޑް ކްރެސެންޓާ ހަވާލުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހެވެ.

މި ފައިސާ ހަވާލު ކުރުމަށްފަހު އެމްޑަބްލިއުއެސްސީ އިން ބުނީ ދަތި އުދަނގޫ މިދަނޑިވަޅުގައި ވެސް ފަލަސްތީން ރައްޔިތުންނަށް އެހީވުމަށް ފައިސާ ހަދިޔާކުރުމަކީ ލިބޭ ޝަރަފެެއް ކަމަށެވެ. މިއެހީ އަކީ ފަލަސްތީންގެ ރައްޔިތުންނާ އެކު ދިވެހިން އެއްބައިވަންތަކަމާ އެކު ތިބިކަން އަންގައިދޭ ރަމްޒެއް ކަމަށެވެ.

އެމްޑަބްލިއުއެސްސީން ވަނީ އެ ކުންފުނީގެ މައި އޮފީސް ހުންނަ ފެން ބިލްޑިންގެ ބޭރުގައި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި ޕޯސްޓަރެއް ވެސް ހަރުކޮށްފައެވެ.

މީގެއިތުރުން ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ހަދިޔާ ކޮށްފައިވަނީ ދެ ލައްކަ ރުފިޔާއެވެ. މި ފައިސާ ކަސްޓަމްސްގެ ފަރާތުން ދިވެހި ރެޑް ކްރެސެންޓާ ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ މަހުމޫދު ރިޔާޒެވެ.

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުގެ ގޮވާލުމަށް އިޖާބަދީ ދިވެހި ރެޑް ކްރެސެންޓުން ހުޅުވި ފަންޑު ވަނީ މި މަހުގެ 12 ވަނަ ދުވަހު ބަންދު ކޮށްފައެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ސަރުކާރުގެ ބައެއް އޮފީސްތަކާއި ކުންފުނިތަކާއި އަދި އެ ނޫން ވެސް ބައެއް ފަރާތްތަކުން އެހީ ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވާތީ އެ ފައިސާ ހަވާލުކުރުމުގެ ފުރުސަތު އެ ޖަމިއްޔާއިން ވަނީ ދީފައެވެ.

ދިވެހި ރެޑްކްރެސެންޓުން ހުޅުވާލި ފަންޑަށް ލިބުނު ޖުމްލަ ފައިސާގެ އަދަދު މި މަހުގެ 19 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި މިހާރު ލިބިފައިވާ ފަންޑު ވީހާވެސް އަވަހަށް ފަލަސްތީނުގެ ރެޑް ކްރެސެންޓާ ހަވާލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހަމާސްއާ ދެކޮޅަށް ކަމަށް ބުނެ އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 12000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި އެތައްބައެއްގެ ގެދޮރު ގެއްލި ވަނީ ހާލުގައި ޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު