Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރު ހިއްސާވާ ކުންފުނިތައް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުގެ އެގްޒެކްޓިވް މެންބަރަކު ނެތް ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތް ޕީސީބީން ބަޔާންކޮށްފި

ކުންފުނި ހިންގުން ހަވާލުކުރަން ޖެހޭނީ ބޯޑުގައި ހިމެނޭ އެގްޒެކެޓިވް މެންބަރުންނަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ނޮވެމްބަރު 2023 | ހުކުރު 02:47
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުގެ އެގްޒެކެޓިވް މެންބަރަކު ނެތް ހާލަތެއްގައި އަމަލުކުރަންޖެހޭ ގޮތް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ބަޔާންކޮށްފިއެވެ.

ޕީސީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކުގައި ހިމެނޭ އެގްޒެކެޓިވް ބޯޑު މެންބަރެއް ނެތް ހާލަތެއްގައި އަމަލުކުރަންވީ ގޮތް ސާފުކުރުމަށް ބައެއް ކުންފުނިތަކުން ބޯޑަށް ގުޅަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ޕީސީބީން ބުނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ނުވަތަ ޗީފް އެގްޒެކްޓިވް އޮފިސަރު މަޤާމުން ވަކިވާ ހާލަތުގައި ކުންފުނި ހިންގުން ހަވާލުކުރަން ޖެހޭނީ ބޯޑުގައި ހިމެނޭ އެގްޒެކެޓިވް މެންބަރުންނަށް ކަމަށެވެ. ނަމަވެސް ބޯޑުގައި އެގްޒެކެޓިވް މެންބަރެއް ނެތް ހާލަތެއް މެދުވެރިވެއްޖެނަމަ ޑިރެކްޓަރުންގެ ބޯޑުގައި ނުހިމެނޭ ކުންފުނީގެ މެނޭޖްމެންޓުގެ އެންމެ އިސް ފަރާތަކާ ހިންގުން ހަވާލުކުރަންވާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުންފުނީގެ ބޯޑަށް އެގްޒެކެޓިވް މެންބަރަކު އައްޔަންކުރުމާ ދެމެދު، ދުވަހުން ދުވަހަށް ހިންގަން ޖެހޭ މުއާމަލާތްތައް ފިޔަވައި ބޮޑެތި މާލީ ނުވަތަ ވިޔަފާރީގެ މުއާމަލާތްތައް ނުހިންގުމާއި ކުންފުނި ހިންގުން ވަގުތީ ގޮތުން ހަވާލުކުރާ ފަރާތުގެ މަގާމާއި އީމެއިލް އަދި ގުޅޭނެ ނަންބަރު ޕީސީބީއާ ހަވާލުކުރުމަށް ވެސް ވަނީ އެދިފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު