Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖުޑީޝަރީގެ އިތުބާރު ދެމެހެއްޓުން

ޖުޑީޝަރީގެ އިތުބާރު ދެމެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ކޯޓުތަކާއި ފަނޑިޔާރުންގެ އަތްމަތީގައި - ހިސާން

ޖުޑީޝަރީގެ އިތުބާރު ގާއިމްކުރުމަކީ ވަކި މީހެއް، ނުވަތަ ވަކި މުއައްސަސާއެއްގެ އެކަނި ޒިންމާއެއް ނޫން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 ނޮވެމްބަރު 2023 | ބުރާސްފަތި 13:32
ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު، ހިސާން ހުސައިން

ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު، ހިސާން ހުސައިން

ޖުޑީޝަރީގެ އިތުބާރު ގާއިމްކުރުމަކީ ވަކި މީހެއް، ނުވަތަ ވަކި މުއައްސަސާއެއްގެ އެކަނި ޒިންމާއެއް ކަމަށް ދެކިގެން ނުވާނެކަމަށާއި، ޖުޑީޝަރީގެ އިތުބާރު ދެމެހެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ކޯޓުތަކާއި ފަނޑިޔާރުންގެ އަތްމަތީގައި ކަމަށް، ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ކޯޓުތަކަށް އައްޔަންކުރާ ފަނޑިޔާރުން ހުވާކުރުމާއި ފަތްކޮޅު ދެއްވުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ހުވާކުރެއްވި ފަނޑިޔާރުންނަށް މަރުހަބާ ވިދާޅުވެ ހިސާން ވަނީ، އެ ބޭފުޅުންނަކީ ނަމޫނާ ބަޔަކަށް ވުމަށް އިލްތިމާސްކުރައްވާފައެވެ. އެ ފަނޑިޔާރުން އެ ދާއިރާއާ ގުޅުމަކީ ޖުޑީޝަރީއަށް ލިބުނު އިތުރު ތަރައްގީއާއި ކުރިއެރުމެއް ކަމަށް ހިސާން ވަނީ ވިދާޅުވެފައެވެ. ފަނޑިޔާރުން ދައްކަވާ ރީތި ނަމޫނާއަކީ ޝަރުއީ ދާއިރާގެ ކުރިމަގާމެދު ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އެޅޭ ފާލަމެއް ކަަމަށް އޭނާ ވިދާޅުވިއެވެ. ފަނޑިޔާރުން ނަމޫނާ ބަޔަކަށް ވުމަކީ މުސްތަގުބަލުގެ ޖުޑީޝަރީ ކުރަހައިލުމަށް އެޅޭ ބިންގަލެއްކަން ހިސާން ވަނީ ސިފަކުރައްވާފައެވެ.

ހިސާން ވިދާޅުވީ، މަސައްކަތުގެ އަޚުލާގަކީ ކޮންމެ ދާއިރާއެއްގެވެސް މައިގަނޑު އަސާސްކަަމަށެވެ. ރިވެތި އަޚުލާގާއި ނަމޫނާއާނުލައި އެއްވެސް ތަނެއް ކުރިއަރައި ނުދާނެކަަމަށް ހިސާން ވަނީ ވިދާޅުވެފައެވެ. މަސައްކަތުގެ ރިވެތި އަޚުލާގު ފަނޑިޔާރުންގެ ކިބައިން ފެންނަނަމަ، މުވައްޒަފުންގެ ފަރާތުންވެސް އެ ނަމޫނާ ފެނިގެންދާނެކަން ހިސާން ވަނީ ފާހަގަކުރައްވާފައެވެ. މަސައްކަތުގެ އަޚުލާގާނުލައި ފަނޑިޔާރުންގެ ކިބައިން ބޭނުންވާ ނަތީޖާ ހާސިލްނުކުރެވޭނެ ކަަމަށާއި، ފަނޑިޔާރުންނަކީ ވަގުތަށް ކަމޭނުހިތާ، ކޯޓުގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކުރާ މީހަކަށް ވާނަމަ، މުވައްޒަފުންނަކީ ވަގުތަށް ކަމޭހިތާ ބަޔަކަށް ހެދުން ވާނީ އުނދަނގޫ ކަމަކަށް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޯޓުތަކުގެ ރަސްމީ ގަޑިއަކީ ވަރަށް މުހިންމު ގަޑިއެއް ކަަމަށާއި، އެ ވަގުތުތައް ކޯޓުތަކުން ހުސްކުރަންވާނީ އާއްމުންނަށް ޚިދުމަތް ދިނުމަށް ކަމަށް ހިސާން ވަނީ ވިދާޅުވެފައެވެ. ޒަރޫރިއްޔަތެއް ނެތި އަމިއްލަ ކަންކަމުން ދުރުވެފައިވާ ވަގުތަކަށް އެ ވަގުތު ހަދަންޖެހޭ ކަމަށާއި، ކޯޓުތަކުން ދޭ ޚިދުމަތަކީ އަދާހަަމަ ޚިދުމަތްތަަކަކަށް ވާންޖެހޭ ކަމަށް ހިސާން ވަނީ ވިދާޅުވެފައެވެ. އެ ދާއިރާގެ ފަންނާއި ވަސީލަތްތައް ރަނގަޅަށް ބޭނުންކޮށް، ކޯޓުތަކުން ނިންމާ ނިންމުންތައް އަވަހަށް ނިންމައި، އިންސާފުގެ ދަތުރު އަވަސްކޮށްދިނުމަށް ހިސާން އެދިވަޑައިގަތެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު