Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައިވެނި

ކައިވެންޏާ ގުޅުންހުރި ފޯމްތައް މެޖިސްޓްރޭޓް ކޯޓުތަކަށް އޮންލައިންކޮށް ހުށަހެޅޭނެ ގޮތް ހަމަޖައްސައިފި

ޕޯޓަލްގެ ތެރެއިން ކުރިއަށް އޮތްތަނުގައި ފެމެލީ ކޯޓަށްވެސް މި ޚިދުމަތްތަކަށް ފޯމު ހުށަހެޅޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ނޮވެމްބަރު 2023 | ބުރާސްފަތި 07:30
ކައިވެނި ޕޯޓަލް ލޯންޗުކުރުމުގެ ރަސްމިއްޔާތު

ކައިވެނި ޕޯޓަލް ލޯންޗުކުރުމުގެ ރަސްމިއްޔާތު

ކައިވެންޏާ ގުޅުންހުރި ފޯމްތައް އޮންލައިންކޮށް ހުށަހެޅުމަށްޓަކައި އުފައްދާފައިވާ "ކާވެނި ޕޯޓަލް" އިފްތިތާޙުކޮށްފިއެވެ.

މި ޕޯޓަލް އިފްތިތާޙު ކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުއެވެ.

Advertisement - newsAdvertisement

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި ކާވެނި ޕޯޓަލް އަކީ ކައިވެންޏާ ގުޅުންހުރި ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ޢާންމުންނަށް ފަސޭހަކުރުމުގެ މަޤްސަދުގައި ޤާއިމުކޮށްފައިވާ ޕޯޓަލްއެކެވެ.

މި ޕޯޓަލްގެ ފޭސް 1 ލޯންޗް ކުރެވުމާއެކު މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅާ ކައިވެންޏާ ގުޅުންހުރި ފޯމްތައް މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ހުޅުވާލެވިގެންދާނެއެވެ.

އަދި ޕޯޓަލްގެ ތެރެއިން ކުރިއަށް އޮތްތަނުގައި ފެމެލީ ކޯޓަށްވެސް މި ޚިދުމަތްތަކަށް ފޯމު ހުށަހެޅޭނެކަމަށް ޑީޖޭއޭއިން މައުލޫމާތުދެއެވެ.

މި ޕޯޓަލް އިފްތިތާޙު ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައ،ި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ދެއްކެވި ވާހަކަފުޅުގައ،ި ކޯޓުތަކަށް ހުށަހެޅޭ ކާވެނި ފޯމުތަކުގެ ތެރެއިން 60% އަކީ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަ ހެޅޭ ފޯމުތައް ކަމަށާއި، ކޮންމެ ރަށެއްގައި ހުރި ނަމަވެސް ކައިވެނިކުރަން ބޭނުން ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށް މި ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހަޅޭނެކަން ފާހަގަކުރެއްވިއެވެ.

އަދި މި ޕޯޓަލްގެ ޒަރިއްޔާއިން ކޯޓުތަކުން ދޭ ޚިދުމަތްތަކާއި އެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

ކާވެނި ޕޯޓަލްއަކ،ީ ޔ.ޫއެނ.ްޑ.ީޕީ މޯލްޑިވްސްއާއި ގުޅިގެން ބްރިޓިޝް ހައިކޮމިޝަންގެ އެހީތެރިކަމާއެކު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޑިވެލޮޕްކޮށްފައިވާ ޕޯޓަލްއެކެވެ.

އިތުރަށް ކިޔާލަން

19 ޖުލައި 2018

ގާސިމަކީ ކޯޓުތަކަށް ނުފޫޒު ފޯރުވާ ބޭފުޅެއް: ރައީސް ޔާމީން

19 ޖުލައި 2018
ގާސިމަކީ ކޯޓުތަކަށް ނުފޫޒު ފޯރުވާ ބޭފުޅެއް: ރައީސް ޔާމީން
07 ޖޫން 2018

ސަރުކާރާ ގުޅުންހުރި މީހަކަށް އިންޑިއާއަކަށް ދެން ނޭރޭނެ، އެމެރިކާ އިން ވެސް އަދި ފިޔަވަޅު އަޅާނެ: ނަޝީދު

07 ޖޫން 2018
ސަރުކާރާ ގުޅުންހުރި މީހަކަށް އިންޑިއާއަކަށް ދެން ނޭރޭނެ، އެމެރިކާ އިން ވެސް އަދި ފިޔަވަޅު އަޅާނެ: ނަޝީދު
22 ޖެނުއަރީ 2018

މިދިޔަ އަހަރު ކޯޓުތަކަށް އެންމެ ގިނައިން ހުށަހެޅުނީ އާއިލީ މައްސަލަތައް!

22 ޖެނުއަރީ 2018
މިދިޔަ އަހަރު ކޯޓުތަކަށް އެންމެ ގިނައިން ހުށަހެޅުނީ އާއިލީ މައްސަލަތައް!
01 ޖެނުއަރީ 2018

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ އަތުގައި ހިފައިގެން ކޯޓުތަކަށް ވަންނާނަން: އަމީތު

01 ޖެނުއަރީ 2018
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ އަތުގައި ހިފައިގެން ކޯޓުތަކަށް ވަންނާނަން: އަމީތު
19 އޮކްޓޯބަރު 2017

ފުލުހުންތަކަކާ ބައްދަލުނުކުރެއްވި ކަމަށް ބުނެ ޅ. އަތޮޅުގެ އިސް މެޖިސްޓްރޭޓްގެ މައްސަލަ ބަލަނީ

19 އޮކްޓޯބަރު 2017
ފުލުހުންތަކަކާ ބައްދަލުނުކުރެއްވި ކަމަށް ބުނެ ޅ. އަތޮޅުގެ އިސް މެޖިސްޓްރޭޓްގެ މައްސަލަ ބަލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު