Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ސާނޭއާ ގުޅުވައިގެން ދައްކަމުން އަންނަ ވާހަކަތައް ބަޔާނުން ދޮގު ކޮށްފި

ފްރެއުންޑް ދެކިލައްވާ ގޮތުގައި މުސްތަޤުބަލަށް ވަރުގަދަ ޓީމެއް އެކުލަވާލުމަށް ބަޔާނުން ކުރަމުން އަންނަ މަސައްކަތުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ ވެސް ސާނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ނޮވެމްބަރު 2023 | ބުރާސްފަތި 00:41
ބަޔާނަށް ކުޅެމުން އަންނަ ލެރޯއީ ސާނޭ

ބަޔާނަށް ކުޅެމުން އަންނަ ލެރޯއީ ސާނޭ

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ލެރޯއީ ސާނޭއާ ގުޅުވައިގެން މީޑިއާ ތަކުގައި ދެކެވެމުން އަންނަ ވާހަކަތައް އެކުލަބުން ދޮގު ކޮށްފި އެވެ.

ބަޔާނާއެކު ސާނޭ މިހާރު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް ބަޔާނުން ބޭނުންވަނީ ދިގު މުއްދަތަކަށް އެއްބަސްވުން އައުކޮށް، ސާނޭ ކުލަބުގައި ބެހެއްޓުމަށެވެ. މިވަގުތު ބަޔާނުން އެންމެ އިސްކަމެއް ދެމުން އަންނަނީ ވެސް، ސާނޭގެ އެއްބަސްވުން އައު ކުރުމަށް ކަމަށް އެ ކުލަބުން ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ.

ޖަރުމަނުގެ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އައު އެއްބަސްވުމުގެ މަޝްވަރާތަކެއް ބަޔާނާއި، ސާނޭއާ ދެމެދު ކުރިއަކަށް ނުދެ އެވެ. ސަބަބަކީ ސާނޭ އެ ކުލަބުގެ އެއްބަސްވުން އައު ކުރަން ބޭނުން ނުވުން ކަމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް، އެ ވާހަކަތައް ބަޔާންގެ ޑައިރެކްޓަރު ފްރެއުންޑް ވަނީ ދޮގު ކޮށްފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުން، އައު އެއްބަސްވުމުގެ މަޝްވަރާތައް ސާނޭ އާއެކު ކުރުމަށް ބަޔާނަން އެއްވެސް ހުރަހެއް ނެތެވެ. މީގެ އިތުރުން، މިހާރު ސާނޭ ދައްކަމުން އަންނަނީ މިހާތަނަށް ބަޔާންގައި އޭނާގެ ފަރާތުން ފެންނަ އެންމެ މޮޅު ކުޅުން ކަމަށް ވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. ފްރެއުންޑް ދެކިލައްވާ ގޮތުގައި މުސްތަޤުބަލަށް ވަރުގަދަ ޓީމެއް އެކުލަވާލުމަށް ބަޔާނުން ކުރަމުން އަންނަ މަސައްކަތުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ ވެސް ސާނޭ އެވެ.

މެންޗެސްޓަރ ސިޓީގައި ހުރުމަށްފަހު ސާނޭ ބަޔާނަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން، 151 މެޗުގައި 47 ލަނޑު ޖަހާފަ އެވެ. ބަޔާނާއެކު އޭނާ ވަނީ ހަތް ތައްޓެއް ކާމިޔާބުކޮށްފަ އެވެ. ސާނޭ އަކީ ބަޔާންގެ ފުރަތަމަ 11 ގައި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ޚާއްސަކޮށް އައު ކޯޗު، ތޯމަސް ޓުޗެލް އެންމެ އިސްކަން ދޭ ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނެ އެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް

11 ފެބުރުއަރީ 2017
ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަންނަ ހަފްތާ ތެރޭގައި ހަމަޖެހޭނެ: ބައްސާމް
09 ފެބުރުއަރީ 2017

ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ

09 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
23 ޖެނުއަރީ 2017

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު