Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެމްބަރުންގެ ގޮނޑި ގެއްލުން

ޕާޓީން މެންބަރަކު ވަކިކުރިއަސް ގޮނޑި ގެއްލުނު ކަމަކަށް އިލެކްޝަނަކަށް ނުނިންމޭނެ: މެންބަރު ނަޝީދު

24 ޖުލައި 2017 | ހޯމަ 19:16

ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަކަށް ނުދެކެން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 24 ޖުލައި 2017 | ހޯމަ 19:16
މެންބަރު ނަޝީދު: ގޮނޑި ގެއްލުނު ކަމަކަށް އިލެކްޝަނަކަށް ނުނިންމޭނެ

މެންބަރު ނަޝީދު: ގޮނޑި ގެއްލުނު ކަމަކަށް އިލެކްޝަނަކަށް ނުނިންމޭނެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެމެންބަރެއްގެ ޕާޓީން އެމެންބަރަކު ވަކި ކުރިޔަސް، އެ މެމްބަރެއްގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނަށް ނުނިންމޭނެ ކަމަށް ޕީޕީއެމަށް ނިސްބަތްވާ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މެންބަރު ނަޝީދު މިހެން ވިދާޅުވެފައި މިވަނީ މަޖިލީހަށް މެމްބަރަކު އިންތިޚާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކި ކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވުމުން، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ޕީޕީއެމުން ވަކިވި އަދި ވަކިކުރި ހަ މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފައި ވަނިކޮށެވެ.

ނަޝީދު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުގައި ޕާޓީން ކަނޑާލާ ކޮންމެ މީހެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ނިންމާ ނަމަ އެއީ ސުޕްރީމް ކޯޓުގެ ހުކުމަށް ތަބާ ނުވީ ކަމަށް ބެލެވިދާނެ ކަމެކެވެ. އަދި އޭރުން މެމްބަރުންގެ ހައްގަށް އަރައިގަތީ ކަމަށް ވެސް ބެލެވިދާނެ ކަމަށް ނަޝީދު ލިޔުއްވާފައިވެ އެވެ.

Advertisement - newsAdvertisement

ނަޝީދު ލިޔުއްވާފައިވާ ގޮތުން އެ ހުކުމުގެ ދަށުން މެމްބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމަށް ކޮމިޝަނުން ނިންމަން ޖެހޭނީ ވަރަށް ރަނގަޅަށް އެ ކަންކަން ބެލުމަށް ފަހު އެވެ. އެެއީ ވަރަށް ޒިންމާދާރު ކަމާ އެކު ކޮމިޝަނުން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތެއް ކަން ފާހަގަ ކުރައްވައި، ނަޝީދު ވިދާޅުވެފައިވަނީ އެއާ ކޮމިޝަނުން ޚިލާފްވާ ނަމަ އޭގެ ނަތީޖާއަކަށް ވެގެންދާނީ އެ ގޮނޑި ހުސްވިތޯ ކަށަވަރު ކުރަން ސުޕްރީމް ކޯޓަށް ދާން ޖެހުން ކަމަށެވެ.

ނަޝީދު ވިދާޅުވީ ބައި އިލެކްޝަނެއް އިއުލާން ކުރަންޖެހޭ ފަދަ ވަކި ކުރުމެއްކަން ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުގެ ހުކުމަށް ވަރަށް ބޮޑަށް ބަލައިގެން އެ ކޯޓު އަމުރު ވެސް ކުރިމަތީގައި ބާއްވައިގެން ވަކިވި ކޮންމެ މެމްބަރެއްގެ މައްސަލަ ވަކިވަކިން ދިރާސާ ކޮށްގެން ކަމަށެވެ. އަދި ޕާޓީން ކަނޑާލާ ކޮންމެ މެމްބަރެއްގެ ގޮނޑިއަކީ މަޖިލިސް ގޮނޑި ހުސްވާން ޖެހޭ ފަދަ ވަކި ކުރުމަކަށް ފަހަރުގައި ނުވެދާނެކަމަށް ނަޝީދު ލިޔުއްވާފައިވެ އެވެ.

ނަޝީދު ވިދާޅުވީ އަމިއްލަ ހައިސިއްޔަތުން މަޖިލީހަށް ހޮވޭ އެއްވެސް މެމްބަރަކަށް ހުކުމުގެ އުސޫލު ނުހިނގާނެ ކަމަށާއި ހުކުމުގެ ކުރިން ނިމުނު އަދި ހިނގަން ފެށުނު ކަންކަމަށް ހުކުމުގެ އުސޫލު ނުހިނގާނެ ކަމަށެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ނިންމަން ޖެހޭނީ ނަޝީދު ވިދާޅުވި ގޮތުގައި ވަރަށް ރަނގަޅަށް ބެލުމަށް ފަހު ކަމަށާއި ހަ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ނިންމީ ބަލަންވާ ވަރަށް ނުބަލާ ކަމަށެވެ.

އެގޮތުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ޕީޕީއެމުން ވަކިވުމުން އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ނިންމިއިރު އޭނާއަކީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުން މަޖިލީހަށް އިންތިޚާބްވި މެމްބަރަކަށް ވާތީ އޭނާގެ ގޮނޑި ގެއްލެން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް ނަޝީދުގެ ފާހަގަ ކުރައްވާފައިވެއެވެ.

އަދި ބާކީ ތިބި މެމްބަރުން ޕާޓީން ވަކި ކުރުމަކީ ނުވަތަ ވަކިވުމުގެ މަރުހަލާއަކީ ކޯޓުގެ ހުކުމުގެ ކުރިން ފެށިފައިވާ މަރުހަލާއެއްގެ ދަށުން ވަކިވި ނުވަތަ ވަކިކުރި މެމްބަރުން ކަމަށްވާތީ އެ ހުކުމުގެ ތެރެ އަށް އެ މެމްބަރުން ނުވަންނާނެ ކަމަށް ބެލެވޭނެ ކަމަށް އެ ލިޔުއްވުމުގައިވެ އެވެ.

ނަޝީދުގެ ލިޔުއްވުމުގައިވާ ގޮތުން މެމްބަރުންގެ ގޮނޑި ގެއްލޭނީ އެ މެމްބަރަކު މަޖިލިސް އިންތިޚާބުގައި ވާދަކުރި ޕާޓީން ވަކިވުމުން ނުވަތަ ވަކި ކުރުމުން ކަމަށާއި އަމިއްލަ ހައިސިއްޔަތުން މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރާ މެމްބަރުންނަށް އެ ހުކުމުގެ އުސޫލެއް ނުހިނގާނެ ކަމަށެވެ.

ޕީޕީއެމުން ކޮންޓްރޯލް ކުރާކަމަށް ތުހުމަތު ކުރެވޭ އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ބުނެފައިވާ ހަތަރު މެންބަރަކު ވަނީ ސުޕްރީމް ކޯޓަށް ވަޑައިގަންނަވާފައެވެ. އަދި އެކޯޓުން ވަނީ އެމައްސަލަ ބަލައިގެންފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

27 މާރިޗު 2017

އަޅުގަނޑަކީ ޕީޕީއެމްގެ މެމްބަރެއް، ޕާޓީން ވައްކެތް ނުކުރެވޭނެ: ރައީސް މައުމޫން

27 މާރިޗު 2017
އަޅުގަނޑަކީ ޕީޕީއެމްގެ މެމްބަރެއް، ޕާޓީން ވައްކެތް ނުކުރެވޭނެ: ރައީސް މައުމޫން
26 މާރިޗު 2017

ރައީސް މައުމޫން އުފެއްދެވި ޕާޓީން އެމަނިކުފާނު ވަކިކުރަން ފާސްކޮށްފި

26 މާރިޗު 2017
ރައީސް މައުމޫން އުފެއްދެވި ޕާޓީން އެމަނިކުފާނު ވަކިކުރަން ފާސްކޮށްފި
12 މާރިޗު 2017

ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި

12 މާރިޗު 2017
ފުވައްމުލަކު ކައިރިން ގެއްލުނު ފަތުރުވެރިޔާ ހޯދަން ހެލިކޮޕްޓަރ ބޭނުން ކުރަން ފަށައިފި
09 މާރިޗު 2017

އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

09 މާރިޗު 2017
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ
27 ފެބުރުއަރީ 2017

އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގެންފި

27 ފެބުރުއަރީ 2017
އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގެންފި
26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
10 ޖެނުއަރީ 2017

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް