Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްއާރްސީއެމް

އަދީބާއި ޒިޔަތުގެ އަދަބު ލުއިކޮށްދެއްވުމާ ގުޅިގެން، އެޗްއާރްސީއެމްއިން އެދުނީ ގާނޫނު ބަދަލުކުރަން

އަދީބާއި ޒިޔަތަށްވެސް މައާފުދީފައިވަނީ އެ ދެ ބޭފުޅުންވެސް ގޭބަންދަށް ބަދަލުކޮށްފައި ވަނިކޮށް

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 15 ނޮވެމްބަރު 2023 | ބުދަ 17:24
އެޗްއާރްސީއެމް

އެޗްއާރްސީއެމް

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި ދައުވާ ލިބި، ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް މައާފުދެއްވި މައްސަލާގައި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޗްއާރްސީއެމްއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ކުށުގެ ބާވަތަށް ރިއާޔަތްކުރުމުއްނެތި، ކުށުގެ އަދަބަށް ކަނޑައަޅާފައިވާ މުއްދަތުގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުވެ ނިމިފައިވާ ފަރާތްތަކުގެ އަދަބު ލުއިކޮށްދިނުމުގެ ބާރު ލިބިދީފައިވަނީ ޖިނާއީ ބޮޑެތި ކުށްތަކަށް އަދަބު ކަނޑައަޅާފައިވާ މަގުސަދު ހާސިލްކުުރުމަށް ހުރަސްއެޅޭ ގޮތަށް ކަމަށެވެ.

އަދި އެ ބަޔާނުގައި ބުނީ، ބޮޑެތި ކުށްކުރާ ފަރާތްތަކާއި ކުދި ކުށްތަކުގައި ކުށް ސާބިތުވާ ފަރާތްތަކަށް މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން، އެ ފުރުސަތު އެއް ހަމައަކުން ލިބިދީފައިވުމަކީ ކްލެމެންސީ ދިނުމުގައި އެންމެ އިންސާފުވެރި ގޮތް ނޫންކަމަށެވެ.

އެހެންކަމުން، އެ މަގުސަދު ހާސިލްކުރުމަށްޓަކައި، މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު ވީ އެންމެ އަވަހަކަށް އިސްލާހުކުރުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އަދީބާއި ޒިޔަތަށްވެސް މައާފު ދެއްވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ޕެރޯލް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އެ ދެ މީހުންނަށް މައާފު ދެއްވާފައިވާއިރު، އެ ދެ ބޭފުޅުންނަށް މައާފު ދެއްވާފައިވަނީވެސް، ގޭބަންދަށް ބަދަލުކޮށްފައި ވަނިކޮށެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން މައްސަލާގައި އަދީބަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ 2020 ވަނަ އަހަރުއެވެ. އެކަމަކު ދައުލަތާއެކު އަދީބު ހެއްދެވި އިއުތިރާފު އެއްބަސްވުމާއެކު، އެ ހުކުމަށްފަހު އަދީބު ޖަލު ބަންދުން ގޭބަންދަށް ބަދަލުކުރީ ސިއްހީ ހާލުކޮޅު ހުރިގޮތުން ކަމަށް ބުނެއެވެ.

އަދި ޒިޔަތުގެ މައްޗަށްވެސް، ދައުލަތަށް ލިބެންޖެހޭ ބޮޑެތި ފައިސާގެ އަދަދުތަކަށް ޒިޔަތު ޚިޔާނާތްތެރިވެވަޑައިގަތް ކަމަށް ސާބިތުވެފައިވާއިރު، އޭރު އިއްވާފައިވާ ހުކުމްތަކަށް ބޮޑު ލުޔެއް ދީފައިވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ތަހުގީގުކުރުމަށް އޭނާގެ ފަރާތުން އެއްބާރުލުން ދެއްވުމާއި ކުށަށް އިއުތިރާފް ވެވަޑައިގަތުމުގެ އެއްބަސްވުމުގެ ދަށުންނެވެ.

އަދަބު ލުއިކޮށްދިންއިރު، އެމްއެމްޕީއާރްސީ ޚިޔާނާތާ ގުޅިގެން އިއްވާފައިވާ ގިނަ ދައުވާތަކެއް ސާބިތުވެ، ޒިޔަތު ގެންދެވީ ޖުމްލަ 21 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
23 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް އަދަބު ކަނޑައަޅައި، ހުކުމް ކުރުން މާދަމާ!
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު