Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްއެމްޕީއާރްސީ މައްސަލަ

ވައްކަމުގެ ވާހަކަ ދައްކާއިރު މިލިއަނުން "ވައްކަންކުރުމުން" ވެސް، ވަކި ބޭފުޅަކު މިނިވަން ކުރަން ގޮވަން އޯކޭ؟

ވައްކަން ކޮށްގެން އެ ދެބޭފުޅުންނަށް އަދަބު ހައްގުވާނަމަ، ރައީސް ޔާމީނަށް ވެސް އަދަބު ހައްގުވާނެ ނޫން ހެއްޔެވެ؟

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2023 | ބުދަ 14:39
ރައީސް ޔާމީން

ރައީސް ޔާމީން

ރާއްޖޭގެ ޢަދުލުގެ ނިޒާމަކީ ޖޯކެކޭ މީހުން ބުނެ އުޅެ އެވެ. މިލިއަނުން ވައްކަން ކުރީމާ ވެސް މާދަމާ އެ މީހާ އާއި އޭނާއަށް ވާގިވެރިވިހާ ބަޔަކު މިނިވަންވާނެ ފަދަ ވާހަކަތަކަކީ ޒަމާނުއްސުރެ މި ކުޑަ ރާއްޖޭގައި ވެސް ދެކެވެމުން އަންނަ ވާހަކަތަކެކެވެ. ސަބަބެއް ވެސް ނެތިއެއް ނޫނެވެ. މާޒީގެ ސަފުހާތަކުން ފެންނަނީ އެ ހިތި ކަމެވެ. އަނެއްކާ ވެސް އެފަދަ ރާޅެއް ވެސް މި ވަނީ ބިންދާލާފަ އެވެ.

މި ފަހުން އަނެއްކާ ވެސް ދިވެހިންނަށް އެފަދަ ވާހަކަތަކެއް ދައްކަން މަޖުބޫރު ކުރުވި އެއް ކަމަކީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ކުށް ސާބިތުވެ، ދިގު ޖަލު ޙުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބަށް ލުއިދީ ކުށް މައާފުކޮށްދިނުމުގެ ވާހަކަ ފެންމަތިވުމެވެ.

އެއާ އެކު، ރާއްޖޭގެ އަދުލުގެ ނިޒާމަކީ މިލިއަނުން ވައްކަން ކުރާ މީހުންނަށް ލުއިދީ، އެ މީހުންނަށް ބޮޑެތި އަދަބުތަކެއް ނުދެވޭ ބައެއް ކަމަށް ބުނެ މީހުންގެ ނުރުހުން ސަރުކާރަށް އަމާޒުވާން ފެށި އެވެ. "ލާރި ހޯދަން ވަޒީފާއަށް ދިޔުމަށް ވުރެ، މިލިއަނުން ވައްކަން ކުރުން އޯކޭ ވާނެ" ކަމަށް ބުނެ ގިނަ މީހުން މީސް މީޑިޔާ އަދި އެ ނޫން ވެސް ތަންތަނުގައި އެ މީހުންގެ ނުރުހުން ސަރުކާރަށާއި ސަރުކާރުގެ އިދާރާތަކަށް އަމާޒުވާން ފެށި އެވެ.

އާންމުންގެ މި ކަންބޮޑުވުންތަކާ އެކު ވެސް، އަދީބާއި ޒިޔަތުގެ މައްސަލައިގައި އަސްލު ކަންހިނގި ގޮތަށް، ގާނޫނުން ބަލާލަމާ ހިންގަވާށެވެ. އެކަމަށް އިޝާރަތްކުރައްވަމުން މިހާރުގެ ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމު ވަނީ، އެފަދަ ޖަލު ހުކުމެއްގައި ހުރި މީހަކަށް އިލްތިމާސް ނުވަތަ މައާފަށް އަށް އެދެވޭނެ އުސޫލު ވިދާޅުވެދެއްވާފަ އެވެ. އެގޮތުން ޝަމީމު ވިދާޅުވާ ގޮތުން ނަމަ، މަޢާފުދިނުމުގެ ޚާއްޞަ އުސޫލުގެ ދަށުން އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސެއް ހުށަހެޅޭނީ އެމީހެއްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބަށް ކަނޑައަޅާފައިވާ މުއްދަތުގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުވެ ދިޔުމަށް ފަހުގަ އެވެ.

އެހެންކަމަށް ވާނަމަ، އަދީބާއި ޒިޔަތުގެ މައްޗަށް އިއްވާފައިވާ 20 އަހަރުގެ ޖަލު ހުކުމުގެ ތެރެއިން 5 އަހަރު ތަންފީޒުކުރުމުން، އިލްތިމާސްއަށް ހުށަހަޅަން އެ ދެ މީހުންނަށް ވެސް ފުރުސަތު ލިބުނެވެ. އެކަން އެ ދެ މީހުން ވެސް އެ އޮތީ ކޮށްފަ އެވެ. އެ އުސޫލުގެ ދަށުން ރައީސް އެ ދެމީހުންނަށް މައާފު ވެސް ދެއްވައިފި އެވެ.

މި ހާލަތަށް ވިސްނައި އާންމު ވިސްނުމުން ވިސްނާއިރު، ރައްޔިތުން އިތުބާރުކޮށް، ރައްޔިތުންގެ ޙާދިމުންގެ ގޮތުގައި ގައުމު ހިންގުމުގައި ހަވާލު ކުރާ އެފަދަ ބޭފުޅުން، ރައްޔިތުންގެ ފައިސާއަށް ޙިޔާނަތްތެރި ވުމަކީ ކޮންމެ ރައްޔިތަކު ވެސް ނުރުހުން ވާނެ ކަމެކެވެ. ރުޅި އަންނާނެ ކަމެކެވެ. އެފަދަ ބޭފުޅުންނަށް ދައުލަތުގެ އެންމެ މަތީ ފަރާތްކަމަށްވާ، ރައީސުލްޖުމްހޫރިއްޔާ މައާފުދެއްވުމަކީ ހައިރާންކަން ގެނުވާނެ ކަމެކެވެ. އެހާ ހިސާބުން ވައްކަން ކުރުން "އޯކޭ" ކަމަށް ނިންމުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

އެހެން ނޫނަސް، މި މައްސަލައިގައި ރައްޔިތުން އެހާ ކަންބޮޑުވާއިރު، ހަމަ އެމްއެމްޕީއާރްސީގެ ގިނަ މައްސަލަތަކެއްގެ ދައުވާ އުފުލައި، ޖަލަށް ލުމާއެކު ޖޫރިމަނާ ވެސް ކުރެއްވި ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ވުމުން އެ "ނެރޭޓިވް" އެހާ ފަސޭހައިން ބަދަލުވަނީ ކީއްވެގެންތޯ ސުވާލު އުފައްދަން ޖެހެ އެވެ. ރައީސް ޞާލިހުގެ ވެރިކަމުގައި، އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ވަކާލާތު ކުރި އެއްކަމަކީ ހަމަ އެމްއެމްޕީއާރްސީގެ މައްސަލައިގައި ޝާމިލުވެވަޑައިގަންނަވާ، އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ވެއްދެވި ކަމުގެ ދައުވާ އުފުލައި، ސާބިތުވެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ކުރީގެ ރައީސް ޔާމީން މިނިވަންކޮށްދިނުމަށެވެ. އެކަމަކު އެ ރައީސް މިނިވަން ކުރަން ގޮވާލާ މުޅި ރާއްޖޭގައި ޙިޔާލުފާޅު ކުރައްވަމުން އެ ބޭފުޅާގެ ސަޕޯޓަރުން ގެންދެވީ ވައްކަމުގެ ކޮން އުސޫލަކަށް ތަބައު ވެގެންތޯ ސުވާލު އުފެދެ އެވެ.

އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ވެސް ވެރިކަމަށް ވަޑައިގެންނެވި މައިގަނޑު ޝަރުތަކީ އެއީ ކަމަށްވީއިރު، އަދީބާއި ޒިޔަތު މިނިވަން ކުރުން ގޯސް ވާން ޖެހޭ ސަބަބެއް ނުވިސްނެ އެވެ. ވައްކަން ކޮށްގެން އެ ދެބޭފުޅުންނަށް އަދަބު ހައްގުވާނަމަ، ރައީސް ޔާމީނަށް ވެސް އަދަބު ހައްގުވާނެއް ނޫން ހެއްޔެވެ؟ ހަމަ އެކަނި ރައީސަކަށް ވީތީ މިލިއަނުން އަމިއްލަ އެކުންޓުތަކަށް ޖަމާކޮށް، އެކަމަކު ވެސް ގޭގައި ހުންނަވަން ޖެހިވަޑައިގަންނަވަނީތޯ އެވެ.

އެ އުސޫލުން ބަލާނަމަ، އަދީބާ ޒިޔަތު ދޫކޮށްލުމުން، ސަރުކާރު ގޯސްވެ ވައްކަން އޯކޭ ވާ ބީދާއިން، ރައީސް ޔާމީން މިނިވަން ކުރުމުން ވެސް ކަން ވާނީ ހަމަ އެހެންނެއް ނޫން ހެއްޔެވެ. ގައިމު އެ ތިން ބޭފުޅުންނަކީ ވެސް އެ މައްސަލައިގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ، އެންމެ ގިނަ ދައުވާތަކެއް އުފުލި އަދި އެ ދައުވާތައް ވެސް ސާބިތުވެ ޖަލުގައި ތިއްބެވި ބޭފުޅުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

އަންހެނުންގެ ދުވަހު ފިރިހެނުންނަށް ނުލިބޭ ހައްގުތަކުގެ ވާހަކަދައްކަން ޖެހޭ!

08 މާރިޗު 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު