Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާޖެންޓީނާ ޤައުމީ ޓީމު

މެސީ އާއެކު އާޖެންޓީނާއިން އުރުގުއޭ މެޗަށް ތައްޔާރުވަނީ

އުރުގުއޭއާ ދެކޮލަށް ނިކުންނަ މެޗަށް، އެ ޓީމުގެ މުހިންމު ކުޅުންތެރިން ވަނީ ފަރިތަކުރުމުގައި ބައިވެރިވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2023 | ބުރާސްފަތި 00:32
އާޖެންޓީނާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި މެސީ

އާޖެންޓީނާ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުމުގައި މެސީ

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އުރުގުއޭއާ ދެކޮޅަށް ކުޅޭ މެޗަށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން ތައްޔާރުވާން ފަށައިފި އެވެ.

އާޖެންޓީނާގެ ލާ ބޮމްބިނެރާ ސްޓޭޑިއަމްގައި އުރުގުއޭއާ ދެކޮޅަށް ނިކުންނަ މެޗަށް، އެ ޓީމުގެ މުހިންމު ކުޅުންތެރިން ވަނީ ފަރިތަކުރުމުގައި ބައިވެރިވެފަ އެވެ. އެގޮތުން އާޖެންޓީނާ ޓީމުން ފަރިތަކުރަމުން އަންނަނީ އެޒެއިޒާގަ އެވެ. އާޖެންޓީނާ އިން އުރުގުއޭ މެޗަށް ކުރިމަތިލާއިރު، މިވަގުތު ޓީމުގައި މާ ބޮޑު އަނިޔާގެ މައްސަލައެއް ފެންނަން ނެތް ކަމަށް، ކޯޗު ލިއޮނަލް ސްކަލޯނީ ވަނީ ބުނެފަ އެވެ. މީގެ އިތުރުން، އުރުގުއޭ މެޗަށް މެސީ ފުރިހަމަ އަށް ތައްޔާރު ކަމަށް ސްކަލޯނީ އަދި ކުޅުންތެރިން ވެސް ޤަބޫލު ކުރެ އެވެ. ދާދި ފަހުން މެސީ އަށް ވަނީ އަނިޔާ ވެސް ވެފަ އެވެ. އެކަމުގެ ސަބަބުން އޭނާ އަށް ވަނީ އިންޓަ މިއާމީގެ މެޗުތަކެއް ވެސް ގެއްލިފަ އެވެ. އަނިޔާ އިން ރަނގަޅުވެ މެސީ ޕެރަގުއޭ އަދި ޕެރޫ މެޗަށް ޤައުމީ ޓީމާ ގުޅުނު ނަމަވެސް، ޕެރަގުއޭ މެޗަށް މެސީ އަށް ފުރުސަތު ދިނީ ބެންޗުންނެވެ. ޖެހިގެން އައި ޕެރޫ މެޗުގައި މެސީ ވަނީ ފުލްކޮށް ކުޅެފަ އެވެ.

އާޖެންޓީނާގެ ޕައުލޯ ޑިބާލާ ބުނީ، ޤައުމީ ޓީމާއެކު މެސީ ހުރުމަކީ އަބަދު ވެސް އެ ކުޅުންތެރިންނަށް ލިބޭ ހިތްހަމަ ޖެހުމެއް ކަމަށެވެ. ޚާއްސަކޮށް، މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމަށްފަހު، މުޅި ޓީމު އޮތީ ތަފާތު ރޫޙެއްގައި ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މީގެ އިތުރުން އަންނަ އަހަރު އޮންނަ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތާ ކުރިމަތިލާއިރު، އާޖެންޓީނާ އިން އޮންނާނީ ވަރަށް ވަރުގަދަކޮށް ކަމަށް ވެސް އޭނާ ދެކެ އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ދެކުނު އެމެރިކާ ސަރަހައްދުގެ އެއް ވަނައިގައި އޮތީ ވެސް އާޖެންޓީނާ އެވެ. އެއީ މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، 12 ޕޮއިންޓު ހޯދައިގެންނެވެ. ކޮންމެ ޓީމެއް ވެސް ހަތަރު މެޗު ކުޅެފައިވާއިރު، އާޖެންޓީނާއާ ދެކޮޅަށް ނިކުންނަ އުރުގުއޭ އޮތީ ހަތް ޕޮއިންޓާއެކު ދެ ވަނައިގަ އެވެ. ތިން ވަނައިގައި އޮތް ބްރެޒިލް އާއި ހަތަރު ވަނައިގައި އޮތް ވެނަޒެއެލާ އަށް ވެސް ލިބެނީ ހަތް ޕޮއިންޓެވެ. ފަސް ވަނައިގައި ކޮލަމްބިއާ އޮތީ ފަސް ޕޮއިންޓާއެކު އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން 2026އާޖެންޓީނާލިއޮނެލް މެސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

ފަހު ވަގުތު ހަންގޭރީއާ އެއްވަރުވެ ޕޯޗުގަލް އަށް އިތުރު އިންތިޒާރެއް

15 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު