Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެނަކައިގެ އެމްޑީ އިސްތިުފާދެއްވުން

ފެނަކަ ކޯޕަރޭޝަންގެ އެމްޑީ، މަގާމުން އިސްތިއުފާ ދެއްވަނީ

15 ނޮވެމްބަރު 2023 | ބުދަ 10:46

އިސްތިއުފާ ދެއްވާނީ 17 ނޮވެމްބަރުން ފެށިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 ނޮވެމްބަރު 2023 | ބުދަ 10:46
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު، އަހްމަދު ސައީދު މުހައްމަދު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު، އަހްމަދު ސައީދު މުހައްމަދު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު، މަގާމުން އިސްތިއުފާދެއްވަން ނިންމަވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސަށް ފޮނުއްވި ސިޓީފުޅުގައި ސައީދު ވިދާޅުވީ، ފެނަކަ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި ބޯޑު ޑިރެކްޓަރުގެ މަގާމުގައި އިތުރަށް ހުންނަވަން ބޭނުންފުޅުނުވާތީ، 17 ނޮވެމްބަރުން ފެށިގެން އިސްތިއުފާދެއްވަން ބޭނުންފުޅުވާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމަށް ގދ. ވާދޫ، މައިފޫނާ، އަހްމަދު ސައީދު މުހައްމަދު ހަމަޖެއްސެވީ 16 ޑިސެންބަރ 2018ގައެވެ.

ސައީދު މަގާމުން އިސްތިއުފާދެއްވަން ނިންމަވާފައިވާއިރު، ފެނަކަ ކޯޕަރޭޝަނުން ކޮރަޕްޝަނަށް މަގުފައިވާގޮތަށް އަމަލުކުރާކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތައް އެ ކުންފުނިން ވަނީ ދޮގުކޮށްފައެވެ.

ފެނަކައިން 100 މިލިއަން ރުފިޔާއާ ގާތްކުރާ ކޮރަޕްޝަނެއް ހިންގާކަމަށް ދިޔަރެސް ނޫހުން އާންމުކޮށްފައިވާ ޚަބަރާ ގުޅިގެން ނެރުނު ބަޔާނެއްގައި އެ ކުންފުނިން ބުނީ، އެއީ އެއްވެސް އަސާސެއް ނެތް، ދޮގު ވާހަކަތަކެއް ކަމަށެވެ. އެ ވާހަކަތައް ފަތުރަނީ ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދީފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކަށް ހަސަދަވެރި ނިޔަތެއް އޮވެގެން ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އެއީ ކުންފުނީގެ ނަން ކިލަނބުކޮށް، ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް، އެއްވެސް ޒިންމާދާރުކަމެއްނެތި ރޭވުމެއްގެ ތެރެއިން ފަތުރާ ވާހަކަތައް ކަމަށްވެސް ފެނަކައިން ބުންޏެވެ.

ރާއްޖޭގެ އެންމެ ގިނަ ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމުތައް ހިންގައި ބަލަހައްޓަމުންދާ ކުންފުންޏަކީ ފެނަކަ ކަމަށްވާއިރު، އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެކި ރަށްތަކުގެ އިންޖީނުގެތައް ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

ފެނަކައިން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ ގިނަ އެވޯޑުތަކެއްވެސް ވަނީ ލިބިފައެވެ. މީގެތެރޭގައި އެ ކުންފުނީގެ ޕްރޮޖެކްޓުތަކަށް ލިބުނު އެވޯޑުތަކާއި، އެ ކުންފުނީގެ އެމްޑީ އަހުމަދު ސައީދުއަށް ލިބިވަޑައިގަތް އެވޯޑުވެސް ހިމެނެއެވެ.

ފެނަކަ ކޯޕަރޭޝަންއަހުމަދު ސައީދު މުހައްމަދު

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި

01 ޑިސެމްބަރު 2025
ފެނަކަ ބްރާންޗު ތަކުގައި ސެކިއުރިޓީ ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާ ކުރަން ހުށަހަޅައިފި
28 ނޮވެމްބަރު 2025

‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟

28 ނޮވެމްބަރު 2025
‎ސަޢީދު އަށް ހުކުމް އިއްވިތާ ދެ މަސް، ދައުވާ ސާބިތުވި އަނެއް ފަރާތަށް ދިފާޢުވާން އިތުރު ފުރުޞަތެއް: އިންސާފުވެރިތަ؟
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
11 ނޮވެމްބަރު 2025

ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި

11 ނޮވެމްބަރު 2025
ފުވައްމުލަކު ރައްޔިތުންނަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު މިހާރުން މިހާރަށް ހަމަޖެއްސުމަށް ޝާހިދު ސަރުކާރަށް ގޮވާލައްވައިފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
07 ނޮވެމްބަރު 2025

ޕީއެންސީ ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން ފެނަކަ މުވައްޒަފުން މާލެ ގެނައުމަށް އަންގައިފި

07 ނޮވެމްބަރު 2025
ޕީއެންސީ ޖަލްސާއަށް ރާއްޖޭގެ ހުރިހާ ރަށަކުން ފެނަކަ މުވައްޒަފުން މާލެ ގެނައުމަށް އަންގައިފި
29 އޮކްޓޯބަރު 2025

ފެނަކާއިގެ ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލު ހިންގި މުވައްޒަފުންގެ ތެރޭގައި، އެކުންފުނީގެ 13 އެޗްއޯޑީން

29 އޮކްޓޯބަރު 2025
ފެނަކާއިގެ ، ކޮރަޕްޝަނާއި ފަސާދައިގެ އަމަލު ހިންގި މުވައްޒަފުންގެ ތެރޭގައި، އެކުންފުނީގެ 13 އެޗްއޯޑީން
07 އޮކްޓޯބަރު 2025

ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓު ސިފަވަނީ އަދީބް ފައިލް ކިޔާ ފައިލްއާއި އެފްއައިޔޫ ރިޕޯޓު ނިވާކުރަން އަޅާ ސަތަރިގަނޑެއްގެ ގޮތުގައި: ޒިޔާދު

07 އޮކްޓޯބަރު 2025
ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓު ސިފަވަނީ އަދީބް ފައިލް ކިޔާ ފައިލްއާއި އެފްއައިޔޫ ރިޕޯޓު ނިވާކުރަން އަޅާ ސަތަރިގަނޑެއްގެ ގޮތުގައި: ޒިޔާދު
06 އޮކްޓޯބަރު 2025

އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން

06 އޮކްޓޯބަރު 2025
އަންގާރަ ދުވަހުގެ މަޖިލިސް ގައިވެސް ފެނަކަ އޮޑިޓް ރިޕޯޓުގައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ބަހުސްކުރުން
03 އޮކްޓޯބަރު 2025

މުއިއްޒު ސަރުކާރުން 24 ބައު އިންޖީނު ގަނެ 46.9 މިލިއަން ރުފިޔާގެ ޚިޔާނަތް ހިންގި ގޮތުގެ ރިޕޯޓު ލީކު ކޮށްލައިފި

03 އޮކްޓޯބަރު 2025
މުއިއްޒު ސަރުކާރުން 24 ބައު އިންޖީނު ގަނެ 46.9 މިލިއަން ރުފިޔާގެ ޚިޔާނަތް ހިންގި ގޮތުގެ ރިޕޯޓު ލީކު ކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް