Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނަޕޯލީ

ނަޕޯލީގެ ކޯޗުކަމުން ގާސިއާ ވަކިކޮށްފި

ގާސިއާގެ އިރުޝާދުގެ ދަށުން ނަޕޯލީ ކުޅެފައި ވަނީ 16 މެޗު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ނޮވެމްބަރު 2023 | އަންގާރަ 23:06
ނަޕޯލީގެ ކޯޗު ރޫޑީ ގާސިއާ

ނަޕޯލީގެ ކޯޗު ރޫޑީ ގާސިއާ

އިޓާލިއަން ލީގުގެ ނަޕޯލީގެ ކޯޗުކަމުން ފްރާންސްގެ ރޫޑީ ގާސިއާ ވަކިކޮށްފި އެވެ.

ނަޕޯލީން އެ ޓީމުގެ ކޯޗުކަމުން ގާސިއާ ވަކިކޮށްފައި ވަނީ އެ ޓީމުގެ ނަތީޖާތައް ދަށްވުމުންނެވެ. އެންމެ ފަހުން އިޓާލިއަން ލީގުގައި އަމިއްލަ ދަނޑުގައި އެމްޕޮލީއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ނަޕޯލީ ވަނީ ބަލިވެފަ އެވެ. މީގެ ކުރިން ވެސް ޕްރެޝަރު ބޮޑުވެފައިވާ ގާސިއާ ހޫނު ފެނަށް ވެއްޓުނީ އެ މެޗަށްފަހު އެވެ. އެމްޕޮލީ އަތުން ނަޕޯލީ ބަލިވި މެޗުގެ ފަހު ކަށިގަނޑު ރެފްރީ ފުމުމުގެ ކުރިން އެ ކުލަބުގެ ރައީސް އައުރެލިއޯ ޑީ ލައުރެންޓިސް ވަނީ ދަނޑު ދޫކޮށް ވަޑައިގެންފަ އެވެ.

އެ މެޗަށްފަހު ނަޕޯލީގެ އިސްވެރިން ވަނީ ކުއްލި ބައްދަލުވުންތަކެއް ވެސް ބާއްވައިފަ އެވެ. އަދި އެއަށްފަހު ކުލަބުގެ އިސްވެރިން ވަނީ ގާސިއާއާ ވަކި ބައްދަލުކޮށްފަ އެވެ. އެއާއެކު ނަޕޯލީން ގާސިއާ ވަކި ކުރާނެ ކަމުގެ އަޑުތައް މީގެ ކުރިން ވެސް ވަނީ ފެތުރިފަ އެވެ. ގާސިއާގެ އިރުޝާދުގެ ދަށުން ނަޕޯލީ ކުޅެފައި ވަނީ 16 މެޗެވެ. އޭގެ ތެރެއިން އެ ޓީމު މޮޅުވެފައި ވަނީ އަށް މެޗުންނެވެ. ހަތަރު މެޗުން ބަލިވެފައިވާއިރު، ހަތަރު މެޗުންް ވަނީ އެއްވަރުވެފަ އެވެ. ލީގުގައި މިހާތަނަށް ކުޅުނު 12 މެޗުން ލިބުނު 21 ޕޮއިންޓާއެކު ނަޕޯލީ އޮތީ ވެސް ހަތަރު ވަނައިގަ އެވެ.

ނަޕޯލީގެ ކޯޗުކަމާ ގާސިއާ ހަވާލުވީ ވެސް މިއަހަރުގެ ޖޫން މަހު އެވެ. އޭގެ ކުރިން އޭނާ ހުރީ ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުގެ ކޯޗުކަމުގެ މަގާމުގަ އެވެ. އެ ކުލަބު ދޫކޮށް، ގާސިއާ ނަޕޯލީއާ ހަވާލުވީ ނަޕޯލީގެ ކޯޗު އެ ޓީމު ދޫކޮށްލުމުންނެވެ.

ނަޕޯލީރޫޑީ ގާސިއާ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
16 ފެބުރުއަރީ 2025

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

16 ފެބުރުއަރީ 2025
ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ
03 ފެބުރުއަރީ 2025

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި
09 ޑިސެމްބަރު 2024

ލާޒިއޯ އަތުން ބަލިވެ، ނަޕޯލީން ފުރުސަތު ނަގާލައިފި

09 ޑިސެމްބަރު 2024
ލާޒިއޯ އަތުން ބަލިވެ، ނަޕޯލީން ފުރުސަތު ނަގާލައިފި
01 ސެޕްޓެމްބަރު 2024

ނަޕޯލީ މޮޅުވީއިރު، ލުކާކޫ ލަނޑު ޖެހި

01 ސެޕްޓެމްބަރު 2024
ނަޕޯލީ މޮޅުވީއިރު، ލުކާކޫ ލަނޑު ޖެހި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު