Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާއަށް ތާއީދުކުރުމުގެ ގޮތުން ބާއްވާ މުޒާހަރާ

ކެލިފޯނިއާގައި، ޔަހޫދީންގެ ޖަމާއަތްތަކުން ޣައްޒާއަށް ތާއީދުކޮށް މުޒާހަރާ ކުރަނީ

ޣައްޒާއަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކަށް އެމެރިކާގެ ހުރިހާ ޔަހޫދީން ތާއީދެއްނުކުރޭ

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 14 ނޮވެމްބަރު 2023 | އަންގާރަ 14:57
ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި، އެމެރިކާގެ ކެލިފޯނިއާގައި ކުރަމުންދާ މުޒާހަރާ

ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި، އެމެރިކާގެ ކެލިފޯނިއާގައި ކުރަމުންދާ މުޒާހަރާ

އިސްރާއީލު ހަނގުރާމަވެރިން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި، ކެލިފޯނިއާގެ އޯކްލޭންޑްގައި ހުންނަ ފެޑެރަލް ބިލްޑިންގު ކައިރިއަށް ޔަހޫދީންގެ ޖަމާއަތްތަކުގެ އެތައް ސަތޭކަ ބަޔަކު އެއްވެއްޖެއެވެ. މި މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން ތިބީ އިސްރާއީލުގެ އަސްކަރީ ކެމްޕޭނާ ދެކޮޅަށް ޝުއޫރުތައް ލިޔެފައިވާ ޓީޝާޓްތަކާއި، "ނޮޓް އިން އަވަރ ނޭމް" ފަދަ އިބާރާތްތައް ލިޔެފައިވާ ބެނާތައް ހިފައިގެންނެވެ. މުޒާހަރާ އިންތިޒާމްކުރާ ޔަހޫދީ "ވޮއިސް ފޯރ ޕީސް"އިން ބުނީ، އެ އިމާރާތުގެ ތެރޭގައި އެތައް ބަޔަކު ހިފަހައްޓާފައި ވާކަމަށެވެ.

މުޒާހަރާގެ ބައިވެރިން ބުނީ އެމީހުންގެ އެ މުޒާހަރާއަކީ، ޣައްޒާގައި ހިންގަމުންދާ ލޭއޮހޮރުވުން ހުއްޓުވުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ މަދަނީ ބަސްނޭހުމެއް ކަމަށެވެ. "ހަނގުރާމަ ހުއްޓާލާނީ ކިތައް މީހުން މަރާލެވުނީމަ ތޯ" މުޒާހަރާގެ ބައިވެރިން ވަނީ ސުވާލުކޮށްފައެވެ. މި މުޒާހަރާގައި އެމެރިކާގެ އިތުރު އެހެން ޖަމާއަތްތަކުންވެސް މިހާރު ދަނީ ބައިވެރިވަމުންކަމަށް އަލްޖަޒީރާއިން ބުނެއެވެ.

އޯކްލޭންޑްގެ މުޒާހަރާއަކީ އެމެރިކާގެ ދިރިއުޅޭ އެންމެހައި ޔަހޫދީން އިސްނަގައިގެން، އެމެރިކާގެ އެހެނިހެން ސިޓީތަކުގައިވެސް ކުރިއަށްގެންދިއުމަށް ރާވާފައިވާ މުޒާހަރާއެކެވެ. މިދިޔަ ހޯމަ ދުވަހު ޗިކާގޯގެ އެކްޓިވިސްޓުންވެސް ވަނީ، އެ ސިޓީގައި ހުންނަ އިސްރާއީލު ކޮންސިއުލޭޓަށް ވަންނަން މަސައްކަތްކޮށްފައެވެ.

ޔަހޫދީން އިސްނަގައިގެން ކުރިއަށް ގެންދާ މި މުޒާހަރާތަކުގެ ބޭނުމަކީ، ފަލަސްތީނުގެ 11،200އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ހަނގުރާމައަށް ނިމުމެއް ގެނައުމެވެ. އަދި ޣައްޒާއަށް އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކަށް އެމެރިކާގެ ހުރިހާ ޔަހޫދީން ތާއީދުކުރާކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދިނުމެވެ.

އަދިވެސް އިތުރު އެއްވުންތައް ބޭއްވުމަށް ރާވާފައިވާއިރު، އެމެރިކާގެ ޔަހޫދީ ޖަމާއަތްތަކުން ދަނީ އާންމުންގެ ފުރާނައަށް ގެއްލުންދިނުން ހުއްޓުވުމަށް އެމެރިކާ ސަރުކާރަށް ޕްރެޝަރުކުރަމުންނެވެ.

އެމެރިކާޣައްޒާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު