Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއާޖެންޓީނާގެ 'ފޮށިގަނޑު' ރޭސް

ފާޚާނާ ތައްޓެއްހެން އޮތަސް، ކާރު ވާނީ ކާރަކަށެވެ!

ފޮށިގަނޑު ކާރު ރޭހުގެ ޓްރެކް ތައްޔާރު ކޮށްފައި އޮތީ އެކި ކަހަލަ ހުރަސްތަކާއި، ލެނބުންތަކާއި، ބަނޑިބަނޑިތައް ގިރާ ކޮށްގެން ނޫނީ ފުރިހަމަ ނުކުރެވޭ ސަރކިޓެއްގެ ގޮތުގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 13 ނޮވެމްބަރު 2023 | ހޯމަ 07:32
އާޖެންޓީނާގެ ވެރިރަށް ބޮއެނަސް އައެރިސްގައި ނޮވެމްބަރު 12 ވަނަ ދުވަހު ކުރރިއަށް ގެންދިޔަ ފޮށިގަނޑު ކާރު ރޭސް ބަލާލުމަށް އެކަނިވެސް 30000 އެއްހާ މީހުން ޖަމާވި

އާޖެންޓީނާގެ ވެރިރަށް ބޮއެނަސް އައެރިސްގައި ނޮވެމްބަރު 12 ވަނަ ދުވަހު ކުރރިއަށް ގެންދިޔަ ފޮށިގަނޑު ކާރު ރޭސް ބަލާލުމަށް އެކަނިވެސް 30000 އެއްހާ މީހުން ޖަމާވި

ފަންނުވެރިކަމާއި ހުނަރުވެރިކަމަކީ ތާ އަބަދުމެ 'ސީރިއަސް' މަސައްކަތްތަކަށް ޚާއްޞަ ވެފައި އޮންނަ ކަމެއް ނޫނެވެ. މަޖަލާއި ސަކަރާތުގެ ތެރޭގައިވެސް ފަންނުވެރިކަމާއި ހުނަރުވެރިކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފި ދާނެއެވެ. އެކަމުގެ އެންމެ ރީތި މިސާލެއް ދާދި މިދާކަށް ދުވަހު ފެނުނީ އާޖެންޓީނާއިންނެވެ. އާޖެންޓީނާގެ 'ފޮށިގަނޑު' ރޭހުގެ މައިދާނަކީ މި ދެންނެވި ފަދައިން، ފަންނުވެރި، ހުނަރުވެރިންގެ އާދަޔާ ޚިލާފު އީޖާދުތައް ފެނުނު މައިދާނެކެވެ.

އާޖެންޓީނާގެ ވެރިރަށް ބޮއެނަސް އައެރިސްގައި ނޮވެމްބަރު 12 ވަނަ ދުވަހު ކުރރިއަށް ގެންދިޔަ ފޮށިގަނޑު ކާރު ރޭސް ބަލާލުމަށް އެކަނިވެސް 30000 އެއްހާ މީހުން ޖަމާވިއެވެ.

ހުސް ފޮށިގަނޑުތައް ބޭނުންކޮށްގެން ތައްޔާރު ކޮށްފައި ވާ، ތަފާތު 30 ކާރެއް، ރޭސް ޓްރެކުން ފެނިގެން ދިޔައެވެ. އޭގެ ތެރޭގައި، ތާނގި ބުރިބުރިއާއި، ފާޚާނާ ތަށީގެ ބައްޓަމަށް ހަދާފައިވާ ފޮށިގަނޑު ކާރުތަކުގައި މީހުން ދުއްވާތީ ފެނުނެވެ.

ފޮށިގަނޑު ކާރު ރޭހުގެ ޓްރެކް ތައްޔާރު ކޮށްފައި އޮތީ އެކި ކަހަލަ ހުރަސްތަކާއި، ލެނބުންތަކާއި، ބަނޑިބަނޑިތައް ގިރާ ކޮށްގެން ނޫނީ ފުރިހަމަ ނުކުރެވޭ ސަރކިޓެއްގެ ގޮތުގައެވެ. މުބާރާތެއްގެ އުސޫލުން ކުރިއަށް ގެންދިޔަ ރޭހުގައި ބައިވެރި ކުރި ކާރުތަކަށް ވަނަ ދިނުމުގައި ބަލާފައި ވަނީ، އުފެއްދުމުގެ އަސްލު ވަންތަ ނުވަތަ އަމިއްލަ ވަންތަކަމަށާއި، ކާރުގެ ޕަރފޯމަންސްގެ އިތުރުން މުޅި ސަރކިޓް ފުރިހަމަ ކުރުމަށް ހޭދަވި ވަގުތަށެވެ.

'ރެޑް ބުލް ކްރޭޒީ ކަރޒް ރޭސް'، އާޖެންޓީގައި ކުރިއަށް ގެންގޮސްފައި މި ވަނީ 10 އަހަރު ދުވަހުގެ މެދުކެނޑުކަމަށް ފަހުގައެވެ. 10 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔާ ކާރު ރޭހުގައި 30 ޓީމަކުން ވާދަ ކުރި ކަމަށް، ރޭސް އިންތިޒާމު ކުރުމުގައި އުޅުނު ފަރާތްތަކުން ދިން ބަޔާނުގައި ވަނީ ބުނެފައެވެ.

މުބާރާތުގެ ފަޚްރުވެރި 1 ވަނަ މަޤާމު ގެންދިޔައީ އިހުގެ އެމްބިއުލާންސް އަސްލަކަށް ބަލައިގެން ފަރުމާކޮށްފައި އޮތް ކާރެކެވެ. އެ ކާރު، ރޭސް ނިންމާލީ، ރޭސް ފެށިތާ މިނެޓެއްވެސް ނުވަނީހެވެ.

އާޖެންޓީނާފޮށިގަނޑު ރޭސް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
27 އޮކްޓޯބަރު 2025

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
14 އެޕްރީލު 2025

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި
20 މާރިޗު 2025

މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް

20 މާރިޗު 2025
މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް
19 މާރިޗު 2025

ޤައުމީ ޓީމުން ފުރުސަތު ނުލިބުމަކީ މެސީ އަށް އޮތް ހިތާމައެއް!

19 މާރިޗު 2025
ޤައުމީ ޓީމުން ފުރުސަތު ނުލިބުމަކީ މެސީ އަށް އޮތް ހިތާމައެއް!
18 މާރިޗު 2025

މެސީ ނުހިމަނައި، އާޖެންޓީނާގެ ސްކޮޑު އިއުލާން ކޮށްފި

18 މާރިޗު 2025
މެސީ ނުހިމަނައި، އާޖެންޓީނާގެ ސްކޮޑު އިއުލާން ކޮށްފި
18 ފެބުރުއަރީ 2025

އެކްސް ގައި ކުރެއްވުނު ޕޯސްޓަކާ ގުޅިގެން އާޖެންޓިނާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި

18 ފެބުރުއަރީ 2025
އެކްސް ގައި ކުރެއްވުނު ޕޯސްޓަކާ ގުޅިގެން އާޖެންޓިނާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފި
25 ނޮވެމްބަރު 2024

އާޖެންޓީނާ އިން އިންޑިއާގައި މެޗެއް ކުޅެނީ

25 ނޮވެމްބަރު 2024
އާޖެންޓީނާ އިން އިންޑިއާގައި މެޗެއް ކުޅެނީ
20 ނޮވެމްބަރު 2024

ޕެރޫ ބަލިކޮށް އާޖެންޓީނާ އެއް ވަނައިގައި

20 ނޮވެމްބަރު 2024
ޕެރޫ ބަލިކޮށް އާޖެންޓީނާ އެއް ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު