Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

އަމިއްލަ ދަނޑުގައިވީ ބައްޔާއެކު، ގާސިއާ ހޫނު ފެނަށް!

އެމްޕޮލީ އަތުން ނަޕޯލީ ބަލިވި މެޗުގެ ފަހު ކަށިގަނޑު ރެފްރީ ފުމުމުގެ ކުރިން އެ ކުލަބުގެ ރައީސް އައުރެލިއޯ ޑީ ލައުރެންޓިސް ވަނީ ދަނޑު ދޫކޮށް ވަޑައިގެންފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ނޮވެމްބަރު 2023 | ހޯމަ 00:30
ނަޕޯލީގެ ކޯޗު ރޫޑީ ގާސިއާ

ނަޕޯލީގެ ކޯޗު ރޫޑީ ގާސިއާ

އަމިއްލަ ދަނޑުގައި އެމްޕޮލީ އަތުންވީ ބައްޔާއެކު، ނަޕޯލީގެ ކޯޗު ރޫޑީ ގާސިއާ ހޫނު ފެނަށް ވެއްޓިއްޖެ އެވެ.

އިޓާލިއަން ލީގުގައި އަމިއްލަ ދަނޑުގައި އެމްޕޮލީ އަތުން އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީ ބަލިވީ 1-0 އިންނެވެ. އެއާއެކު، މި ސީޒަންގައި އެ ޓީމުގެ ނަތީޖާތައް ދަށްވަމުންދާތީ، ފްރާންސްގެ ގާސިއާ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެމްޕޮލީ އަތުން ނަޕޯލީ ބަލިވި މެޗުގެ ފަހު ކަށިގަނޑު ރެފްރީ ފުމުމުގެ ކުރިން އެ ކުލަބުގެ ރައީސް އައުރެލިއޯ ޑީ ލައުރެންޓިސް ވަނީ ދަނޑު ދޫކޮށް ވަޑައިގެންފަ އެވެ.

އެމެޗަށްފަހު ނަޕޯލީގެ އިސްވެރިން ވަނީ، ގާސިއާގެ ކުރިމަގާ ގުޅޭ ގޮތުން މަޝްވަރާކޮށްފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެ ބައްދަލުވުމަށްފަހު، ނަޕޯލީގެ އިސްވެރިން ވަނީ ގާސިއާއާ ބައްދައްލުކޮށްފައި ކަމަށް ވެސް މީޑިއާ ތަކުން ބުނެ އެވެ. އެއަށްފަހު އެ ކުލަބުން ބޭނުންވަނީ އޭނާ މަގާމުން ވަކި ކުރަން ކަމަށް ބުނެފައިވާއިރު، ގާސިއާ ވަކި ކުރުމަށްފަހު ގެންނާނެ މީހަކު ވެސް ނަޕޯލީން ހޯދަމުން އަންނަ ކަމަށް އިޓަލީގެ މީޑިއާ ތަކުން ބުނެ އެވެ.

ނަޕޯލީގެ ކޯޗުކަމާ ގާސިއާ ހަވާލުވީ ވެސް މިއަހަރުގެ ޖޫން މަހު އެވެ. އޭގެ ކުރިން އޭނާ ހުރީ ސައުދީ ޕްރޯ ލީގުގެ އަލް ނަސްރުގެ ކޯޗުކަމުގެ މަގާމުގަ އެވެ. އެ ކުލަބު ދޫކޮށް، ގާސިއާ ނަޕޯލީއާ ހަވާލުވީ ނަޕޯލީގެ ކޯޗު އެ ޓީމު ދޫކޮށްލުމުންނެވެ.

ނަޕޯލީރޫޑީ ގާސިއާ

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
16 ފެބުރުއަރީ 2025

ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ

16 ފެބުރުއަރީ 2025
ފަހު ވަގުތު ލާޒިއޯއާ އެއްވަރުވެ، ނަޕޯލީ އަށް ފުރުސަތު ގެއްލިއްޖެ
03 ފެބުރުއަރީ 2025

ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި

03 ފެބުރުއަރީ 2025
ފަހު ވަގުތު ރޯމާ އިން ނަޕޯލީއާ އެއްވަރު ކޮށްފި
09 ޑިސެމްބަރު 2024

ލާޒިއޯ އަތުން ބަލިވެ، ނަޕޯލީން ފުރުސަތު ނަގާލައިފި

09 ޑިސެމްބަރު 2024
ލާޒިއޯ އަތުން ބަލިވެ، ނަޕޯލީން ފުރުސަތު ނަގާލައިފި
01 ސެޕްޓެމްބަރު 2024

ނަޕޯލީ މޮޅުވީއިރު، ލުކާކޫ ލަނޑު ޖެހި

01 ސެޕްޓެމްބަރު 2024
ނަޕޯލީ މޮޅުވީއިރު، ލުކާކޫ ލަނޑު ޖެހި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު