Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިޓްރިޒީން ދިޔާ ބޭސް އެތެރެކުރުން މަނާކުރުން

ސިޓްރިޒީން ދިޔާ ބޭސް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކޮށްފި

ސާމްޕަލް ސްކްރީންކުރިއިރު، ޕާކިސްތާނުން އުފައްދާ ސިޓްރިޒީންގެ ބާވަތެއް ކަމަށްވާ ބީ220ގައި ކެމިކަލެއް ހުރިކަން ވަނީ ކަށަވަރުވެފައި

ޝަބާ ޔޫސުފް
ޝަބާ ޔޫސުފް | 12 ނޮވެމްބަރު 2023 | އާދީއްތަ 15:54
ސިޓްރިޒީން

ސިޓްރިޒީން

ސިޓްރިޒީން ދިޔާ ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުން މަނާކޮށްފިއެވެ.

އާދިއްތަ ދުވަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު އިންޒާރެއްގައި ބުނެފައިވަނީ، ކެއްސުމާއި ހުމާއި ރޯގާއަށް ބޭނުންކުރާ ސިޓްރިޒީން ބޭހުގައި، ކެމިކަލް މާއްދާއެއްކަމަށްވާ ޑައިއީތައިލިން ގްލައިކޯލްއާއި އިތައިލިން ގްލައިކޯލް ހިމެނޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެންގުމާގުޅިގެން، ގުޅިގެން އެކަން ކަށަވަރު ކުރުމަށްޓަކައި މާކެޓުން ސާމްޕަލް ނަގައި ސްކްރީން ކުރިއިރު، ޕާކިސްތާނުން އުފައްދާ ސިޓްރިޒީންގެ ބާވަތެއް ކަމަށްވާ ބީ220ގައި ކެމިކަލެއް ހުރިކަން ކަށަވަރުކުރެވިފައި ވާކަމަށެވެ.

މީގެ އިތުރުން، މި ބޭހުގެ އިތުރު ބެޗުތައްވެސް ސްކްރީން ކުރުމުން، ހުރިހާ ބެޗެއްގައިވެސް ޑައިއީތައިލިން ގްލައިކޯލްއާއި އިތައިލިން ގްލައިކޯލް ހުރިހަކަން ކަށަވަރުވެފައި ވާކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

އެހެންކަމުން، 12 ނޮވެމްބަރު 2023ން ފެށިގެން އެ ބްރޭންޑްގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ ވަނީ މަނާކޮށްފައެވެ.

މީގެއިތުރުން، މި ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ ފަރާތްތަކުން، ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ބޭސްތައް ނައްތާލުމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ)

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2024

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޮކްޓޯބަރު 2024
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
10 އޮކްޓޯބަރު 2024

ދަފުތަރުގައި ރަޖިސްޓްނުވެ އެކި ބާވަތްތައް ވިއްކަމުންދާނަމަ ސަމާލުވުމަށް އިލްތިމާސްކޮށް، ފިޔަވަޅު އަޅާނަން: ހެލްތް މިނިސްޓްރީ

10 އޮކްޓޯބަރު 2024
ދަފުތަރުގައި ރަޖިސްޓްނުވެ އެކި ބާވަތްތައް ވިއްކަމުންދާނަމަ ސަމާލުވުމަށް އިލްތިމާސްކޮށް، ފިޔަވަޅު އަޅާނަން: ހެލްތް މިނިސްޓްރީ
26 އޯގަސްޓު 2024

"ވަންގަވް"ގެ ދަށުން ދެމުން ދިޔަ ފުޑް އެސްޓަބްލިޝްމަންޓް ރެޖިސްޓްރޭޝަން ޚިދުމަތް އެމްއެފްޑީއޭގެ ދަށަށް ބަދަލުކޮށްފި

26 އޯގަސްޓު 2024
"ވަންގަވް"ގެ ދަށުން ދެމުން ދިޔަ ފުޑް އެސްޓަބްލިޝްމަންޓް ރެޖިސްޓްރޭޝަން ޚިދުމަތް އެމްއެފްޑީއޭގެ ދަށަށް ބަދަލުކޮށްފި
27 އެޕްރީލު 2024

ދެ ބްރޭންޑެއްގެ ހަވާދުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފި

27 އެޕްރީލު 2024
ދެ ބްރޭންޑެއްގެ ހަވާދުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފި
14 މާރިޗު 2024

ކުކުޅު ބިސް ވިއްކުމާއި ރައްކާކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

14 މާރިޗު 2024
ކުކުޅު ބިސް ވިއްކުމާއި ރައްކާކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު