Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުޑް އެންޑް ޑްރަގް އޮތޯރިޓީ

ޖަރާސީމުން ތަޣައްޔަރުވެދާނެ ކަމަށް ބެލެވޭ ޗީޒެއް ވިއްކުން މަނާކޮށްފި

"ފްރޮމެޖަރީ ޓުރެޓް- ސްޓްރެސްބާގް" ބްރޭންޑުގެ ޗީޒަކީ ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް ޗީޒެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 1 ނޮވެމްބަރު 2023 | ބުދަ 12:00
ޗީޒްގެ ބާވަތެއް

ޗީޒްގެ ބާވަތެއް

''އީކޮލައި'' ޖަރާސީމުން ތަޣަޔަރުވުމުގެ ފުރުސަތު އޮތުމާ ގުޅިގެން ފްރާންސްގެ ޗީޒެއް ރާއްޖޭގައި ވިއްކުން، ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ "ފްރޮމެޖަރީ ޓުރެޓް- ސްޓްރެސްބާގް" ބްރޭންޑުގެ އެ ޗީޒް ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާގެ އިންޓާނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީ ނެޓް ވޯކް އަދި ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑްއިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

މި އެލާޓާ ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެފްޑީއޭއީން ބުނެފައިވާ ގޮތުގައި ފައިން ފުޑްސް ޖީއެމްބީއެޗް އިން ޑިސްޓްރިބިއުޓް ކުރާ މި ޗީޒް މި މަހުގެ 3 ވަނަ ދުވަހަށް މުއްދަތު ހަމަވާނެއެވެ.

މި ޗީޒް ރާއްޖޭގައި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ)

އިތުރަށް ކިޔާލަން

29 އޮކްޓޯބަރު 2024

މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

29 އޮކްޓޯބަރު 2024
މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
10 އޮކްޓޯބަރު 2024

ދަފުތަރުގައި ރަޖިސްޓްނުވެ އެކި ބާވަތްތައް ވިއްކަމުންދާނަމަ ސަމާލުވުމަށް އިލްތިމާސްކޮށް، ފިޔަވަޅު އަޅާނަން: ހެލްތް މިނިސްޓްރީ

10 އޮކްޓޯބަރު 2024
ދަފުތަރުގައި ރަޖިސްޓްނުވެ އެކި ބާވަތްތައް ވިއްކަމުންދާނަމަ ސަމާލުވުމަށް އިލްތިމާސްކޮށް، ފިޔަވަޅު އަޅާނަން: ހެލްތް މިނިސްޓްރީ
26 އޯގަސްޓު 2024

"ވަންގަވް"ގެ ދަށުން ދެމުން ދިޔަ ފުޑް އެސްޓަބްލިޝްމަންޓް ރެޖިސްޓްރޭޝަން ޚިދުމަތް އެމްއެފްޑީއޭގެ ދަށަށް ބަދަލުކޮށްފި

26 އޯގަސްޓު 2024
"ވަންގަވް"ގެ ދަށުން ދެމުން ދިޔަ ފުޑް އެސްޓަބްލިޝްމަންޓް ރެޖިސްޓްރޭޝަން ޚިދުމަތް އެމްއެފްޑީއޭގެ ދަށަށް ބަދަލުކޮށްފި
27 އެޕްރީލު 2024

ދެ ބްރޭންޑެއްގެ ހަވާދުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފި

27 އެޕްރީލު 2024
ދެ ބްރޭންޑެއްގެ ހަވާދުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފި
14 މާރިޗު 2024

ކުކުޅު ބިސް ވިއްކުމާއި ރައްކާކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

14 މާރިޗު 2024
ކުކުޅު ބިސް ވިއްކުމާއި ރައްކާކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު