Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ އެއްވެސް ހާލަތެއް ނެތް - އުޝާމް

މަޖިލީހުގެ ޤަވާއިދުގައި ބުނާ ޤަރާރާއި ޤާނޫނު އަސާސީގައި ބުނާ ޤަރާރު ތަފާތުކަމަށް އުޝާމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2023 | އާދީއްތަ 05:05
ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް

ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް

މަޖިލީހުގެ ޤަވާއިދަށް ބަލާލުމުން މަޖިލީހުގެ ޤަވާއިދުގައި ބުނާ ޤަރާރާއި ޤާނޫނު އަސާސީގައި ބުނާ ޤަރާރު ތަފާތުކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ އެއްވެސް ހާލަތެއް ނެތް ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މި ފަދައިން ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ބ)ގެ ދަށުން ހުށަހަޅާފައިވާއިރު އެ މައްސަލައިގައި ޤަރާރެއްގެ ސިފަ ފުރިހަމަ ނުވާ ކަމަށް ބުނެ ޑިމޮކްރެޓްސް އިން އެ މައްސަލަ ކުރިއަށް ގެންދިއުމަށް ދެކޮޅު ހަދަން ފެށުމުންނެވެ. ޑިމޮކްރެޓްސްގެ މެންބަރުން ވިދާޅުވަމުން ގެންދަވަނީ ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ބ)ގައި އޮތީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ 14 ދުވަސް ކުރިން އެކަން މަޖިލީހަށް އަންގަންވާނެ ކަމަށެެވެ. އަދި ގަރާރުގައި ދީބާޖާ އެއް ނެތް ކަމަށް ވެސް ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. މީގެއިތުރުން މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގައި ބުނާ ގަރާރުގެ ސިފަ ނެތުމުން އެ މައްސަލަ ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަަމަށް ޑިމޮކްރެޓްސްގެ މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅިގެން މެންބަރު އުޝާމް ވިދާޅުވީ މަޖިލީހުގެ ޤަވާއިދާއި އެއްގޮތަށް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވިދާނެތޯ ނޫންތޯ ބަހުސްކުރަމުން ދާކަަމަށެވެ. އެ މައްސަލަ ކުރިއަށް ގެންދިއުމާއި މެދުގައި ސުވާލު އުފައްދާ ނިޒާމީ މައްސަލަތައް ނަންގަވަމުންދާ އިރު މަޖިލީހަށް ހުށަހަޅާ ޤަރާރުތަކުގެ ވާހަކަ ޤާނޫނު އަސާސީގައި ދެ ހާލަތެއްގައި ބަޔާންކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ބ)ގައި ބުނާ މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ޤަރާރު ހިމެނޭކަން އުޝާމް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ޤާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ޤަރާރުގެ ވާހަކަ ބަޔާންކޮށްފައިވާ ކަމަށް މެންބަރު އުޝާމް ވިދާޅުވިއެވެ.

އެހެންކަމަށް ވާއިރު ޤާނޫނު އަސާސީގެ އެ ބުނާ ޤަރާރާއި މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގައި ބުނާ ގަރާރާއި އެއީ އެއް ބާއްވަތެއްގެ ގަރާރުތޯ ކުރަމުންދާ ބަހުސްގައި އޭނާ ދެކިވަޑައިގަންނަވާ ގޮތް ހާމަކުރެއްވިއެވެ. އުޝާމް ވިދާޅުވީ 167 ވަނަ މާއްދާގައި ބުނާ ގަރާރަކީ މަޖިލީހުން ކަމެއްގައި ދެކޭ ގޮތް ހާމަކުރުމަށް ހުށަހަޅާ ގަރާރެއް ކަމަށެވެ. 167 ވަނަ މާއްދާގައި ހުށަހަޅާ ގަރާރަށް ހިނގާނީ ބިލުގެ މައްޗަށް ހިނގާ އުސޫލު ކަމަށް އުޝާމް ވިދާޅުވިއެވެ. މަޖިލީހުގެ ރައީސްގެ މައްޗަށް ހުށަހަޅާ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު އެގޮތަށް ޢަމަލުކުރާ ނަމަ، ފުރަތަމަ ކިޔުން އިއްވަން ޖެހޭނެ ކަަމަށް އުޝާމް ވިދާޅުވިއެވެ. އެއަށް ފަހު ބަހުސްކޮށް، ކޮމިޓީ މަރުހަލާ ނިންމާ، ކޮމިޓީގެ ރިޕޯޓް ހުށަހަޅައިގެން ނޫނީ އެފަދަ މައްސަލަތައް ކުރިއަށް ނުގެންދެވޭނެކަމަށް ވެސް އުޝާމް ވިދާޅުވިއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމު

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024

އަހަރުތަކުން މިއަދު

5 ޖޫން
ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް
20251 އަހަރު ކުރިން
ރާއްޖެ

ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް އުއްޗު ކަމަދޫއަށް

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ދިވެހި ސަރުކާރުން އެންމެ ހަރުކަށިއިބާރާތުން ކުށްވެރިކުރާކަމެއް

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި
20215 އަހަރު ކުރިން
ދުނިޔެ

މައްސަރު ދުވަސްވަރު ބައިތިއްބަނީ ވަކި ޖިފުޓިތަކެއްގައި

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުމުރު ތަފާތު މައްސަލަ އަށް ރައްދުވާ ފާޑުކިޔުންތަކަށް ޕްރިޔަންކާ ޖަވާބު ދީފި

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ
20188 އަހަރު ކުރިން
ރާއްޖެ

ޓެރަރިސްޓަކާއި ބައްދަލު ނުކުރާނަން: އެމެރިކާ އެމްބެސެޑަރ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު