Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓް

ސަރުކާރުން ކްރިކެޓް ބޯޑު އުވާލުމުން، އައިސީސީން ލަންކާ ސަސްޕެންޑްކޮށްފި

އައިސީސީން ލަންކާ ކްރިކެޓް ރައީސްގެ ގޮތުގައި ބަލާނީ ސަރުކާރުން އުވާލި ބޯޑުގެ ރައީސް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން | 11 ނޮވެމްބަރު 2023 | ހޮނިހިރު 09:45
ސްރީލަންކާ ކްރިކެޓް ޓީމް: އެ ގައުމު ވަނީ ސަސްޕެންޑްކޮށްފައި

ސްރީލަންކާ ކްރިކެޓް ޓީމް: އެ ގައުމު ވަނީ ސަސްޕެންޑްކޮށްފައި

ސަރުކާރުން ލަންކާގެ ކްރިކެޓް ބޯޑު އުވާލައި އިންޓަރިމް ކޮމިޓީއެއް ނެގުމާއެކު އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ސްރީލަންކާ ސަސްޕެންޑްކޮށްފި އެވެ.

އައިސީސީގެ ބޯޑު އިއްޔެ އޮންލައިންކޮށް ބައްދަލުވުމަށްފަހު މި ނިންމުމުން ނިންމިއިރު ސަސްޕެންޑްކޮށްދިނުމަށް ސްރީލަންކާގެ ކްރިކެޓް ބޯޑުގެ ފަރާތުން ރައީސް ޝައްމި ސިލްވާ ވަނީ އެދިވަޑައިގެންފަ އެވެ. އެއީ ކްރިކެޓް ބޯޑު އުވާލި ނަމަވެސް ލަންކާ ސަސްޕެންޑް ނުކުރުމަށް ސްޕޯޓްސް މިނިސްޓަރު ރޯޝަން ރަނަސިންހާ ސިޓީއަކުން ވަނީ އެދިވަޑައިގެންފައިވާތީ އެވެ.  

ލަންކާގެ ސަސްޕެންޝަނާއެކު އެ ގައުމަށް އޭސީސީގެ އެއްވެސް މާލީ އެހީތެރިކަމެއް ނުލިބޭނެ އެވެ. އަދި ކްރިކެޓްގެ އެއްވެސް ހަރަކާތެއް ވެސް ކުރިއަށް ނުގެންދެވޭނެ އެވެ. ނަމަވެސް މި މަހު ފަހުކޮޅު އިންޑިޔާގައި ބާއްވާ އައިސީސީގެ ބައްދަލުވުމުގައި ލަންކާ ސަރުކާރުން އުވާލި ބޯޑުގެ ރައީސް ޝައްމި ސިވްލާ ބައިވެރިކުރާނެ އެވެ. އަދި އައިސީސީން ލަންކާގެ ކްރިކެޓް ރައީސްގެ ގޮތުގައި ބަލާނީ ވެސް އޭނާ އެވެ. އެކަމަކު ސަސްޕެންޝަނު އޮތުމުން ލަންކާގެ އެހެން އޮފިޝަލުން އައިސީސީގެ ބައްދަލުވުމުގައި ބައިވެރިވާނީ އޮބްޒާވަރުންގެ ގޮތުގަ އެވެ. ސަބަބަކީ  

ލަންކާ ސަރުކާރުން އޮތީ މިކަމުގައި މިހާތަނަށް ގޮތް ދޫކުރާ ގޮތަކަށްނޫނެވެ. ބުރާސްފަތި ދުވަހު އެ ގައުމުގެ ޕާލަމެންޓުން ވަނީ ސަރުކާރާއި އިދިކޮޅު ޕާޓީތަކުން ބައިވެރިވެގެން ލަންކާ ކްރިކެޓް ބޯޑުގެ އެންމެހާ މެމްބަރުން ވަކިކުރަން ހާއްސަ ގަރާރެއް ފާސްކޮށްފަ އެވެ. އެއީ ކޮރަޕްޝަން އިންތިހާ އަށް އޮތް ކަމަށް ބުނެ އެވެ.

ލަންކާގެ ކްރިކެޓްގެ މައްސަލަ ބޮޑުވީ ވޯލްޑްކަޕުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން ހަތް މެޗުން ބަލިވެ، ފަހަތުން ދެ ވަނަ އަށް ދިއުމުންނެވެ. މިއާއެކު އެންމެ މަތީ ފަންތީގެ ގައުމުތަކާއެކު ކުޅުމަށް ލަންކާއަށް ހުރަސްތަކެއް ކުރިމަތިވާނެ އެވެ.

ލަންކާ ސަރުކާރުން ބުނަމުންދަނީ ކްރިކެޓް ބޯޑު އޮތީ ކޮރަޕްޓްވެފައި ކަމަށާއި އިންޓަރިމް ކޮމިޓީއެއް ނެގީ ކަންކަން ރަނގަޅު ކުރުމަށް ކަމަށެވެ. ލަންކާގެ ނާކާމިޔާބީއެކު އެ ގައުމުގެ ރައްޔިތުން ވަނީ ލަންކާ ކްރިކެޓް އިދާރާ ދޮށުގައި މުޒާހަރާ ވެސް ކޮށްފަ އެވެ.

ލަންކާ އަކީ އައިސީސީން ސަސްޕެންޑްކުރި ދެ ވަނަ ގައުމެވެ. މީގެ ކުރިން 2019 ވަނަ އަހަރު ސަސްޕެންޑްކުރީ ޒިމްބާބުވޭ އެވެ.

ކްރިކެޓް ވޯލްޑްކަޕް 2023ސްރީލަންކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު