Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާ ތަންތަން

މަރާމާތަށް ޓޫރިސްޓް ފެސިލިޓީތައް ބަންދުކުރެވޭ މުއްދަތު އިތުރުކޮށްފި

މުއްދަތު ހަމަވާއިރު ޓޫރިސްޓް ފެސިލިޓީ ހިންގަން ފެށިފައިނުވާނަމަ، މިނިސްޓްރީން މުއްދަތު އިތުރުކޮށްދެވޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2023 | ހޮނިހިރު 07:33
ރާއްޖޭގެ ރިސޯޓެއް

ރާއްޖޭގެ ރިސޯޓެއް

މަރާމާތައް ޓޫރިސްޓް ފެސިލިޓީތައް ބަންދު ކުރެވޭނެ މުއްދަތު އިތުރުކޮށް، "ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްގީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު" އިސްލާހުކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެ ގަވާއިދަށް ގެނައި އިސްލާހުގައި މިހާރު ބުނެފައިވާ ގޮތުގައި، ރީ ޑިވެލޮޕްމަންޓަށް ނުވަތަ މަރާމާތަށް ތަނެއް ބަންދުކުރެވޭނީ ގިނަވެގެން ދެ އަހަރުދުވަހަށެވެ. މި ގަވާއިދުގެ ދަށުން ކުރިން ޓޫރިސްޓް ފެސިލިޓީތައް މަރާމާތައް ބަންދު ކުރެވެނީ 18 މަސް ދުވަހަށެވެ.

Advertisement - newsAdvertisement

މި އިސްލާހުގެ ދަށުން، ގަވާއިދަށް އަމަލުކުރަން ފަށާއިރު ރީޑިވެލޮޕްމަންޓަށް ބަންދުކޮށްފައިވާ ތަންތަނުން، ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން މުއްދަތު އިތުރުކޮށްދޭން އެދި ހުށަހަޅައިފިނަމަ އިތުރު އެއް އަހަރުދުވަހުގެ މުއްދަތެއް ޓޫރިޒަމް މިނިސްޓްރީއަށް ދެވޭނެއެވެ. ކުރިން ރީޑިވެލޮޕްމަންޓަށް ބަންދުކުރާ ތަންތަނުން ހުށަހަޅާ ވަރކް ޕްލޭނުގައި ވާ މަސައްކަތުގެ 50 އިންސައްތަ ފުރިހަމަވެފައިވާނަމަ، 12 މަސްދުވަހަށް މުއްދަތު އިތުރުކުރުމުގެ ހުއްދަ މިނިސްޓްރީއަށް ދެވޭއިރު، އަލަށް ގެނައި އިސްލާހާއެކު މަސައްކަތް ނިމިފައިވާ މިންވަރަށް ބެލުމެއްނެތި، މަސައްކަތް ނިންމަން މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރުވެސް ޓޫރިޒަމް މިނިސްޓްރީއަށް ލިބެއެވެ.

މި ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުން، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާ ރަށެއް ނުވަތަ ބިމެއްގެ ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ ތިން އަހަރުދުވަހެވެ. އަދި ފަޅެއްގެ ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ 4 އަހަރެވެ. ނަމަވެސް އައު އިސްލާހާއެކު، މުއްދަތު ހަމަވާއިރު އެ ތަނެއް ހިންގަން ފެށިފައިނުވާނަމަ މުއްދަތު އިތުރުކޮށްދިނުމުގެ އިޚްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބޭނެއެވެ.

މުއްދަތު އިތުރުކޮށްދޭއިރު، ޓޫރިޒަމް މިނިސްޓްރީން އެ ތަނެއް ބަލައި ފާސްކޮށް، މަސައްކަތްކުރުމަށް ބޭނުންވާ ތަކެއްޗާއި މަސައްކަތްތެރިން ތަނުގައި ތިބިކަން ކަށަވަރުކުރަން ޖެހޭނެއެވެ. އަދި މަސައްކަތް ނިމިފައިވާ ގޮތް ބަޔާންކޮށްދޭ ރިޕޯޓެއް، ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިފައިވާ ކުއަންޓިޓީ ސަރވެޔަރެއްގެ ނުވަތަ އިންޖިނިއަރެއްގެ ސަރޓިފިކޭޝަނާއެކު ހުށަހަޅަން ޖެހޭނެ ކަމަށާއި، ވަރކްޕްލޭންގައި ބަޔާންކޮށްފައިވާ މުއްދަތާއި މަސައްކަތް ނިމިފައިވާގޮތް ބަޔާންކޮށްދޭ ރިޕޯޓަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށްވެސް ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

މި ގަވާއިދަށް ގެނައި އިސްލާހުގައި، ކޯޓު ހުކުމަކާ ނުވަތަ ކޯޓު އަމުރަކާ ގުޅިގެން "ހެޑްލީޒް ރައިޓްސް" އެހެން ފަރާތަކަށް ބަދަލުވާ ހާލަތުގައި އެ ތަނެއްގެ ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދޭނެ އެންމެ ދިގު މުއްދަތު ގުނަން ފަށާނީ "ހެޑްލީޒް ރައިޓްސް" ބަދަލުކޮށްފައިވާ ތާރީޚުން ފެށިގެން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި

ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މަންދޫބަކަށް ވުމުގެ މުއްދަތު އިތުރުކޮށްފި

21 މާރިޗު 2017
ޑައިވިނަށް ދިޔަ ޓޫރިސްޓް މީހާ އަދިވެސް ނުފެނޭ: އެމްއެންޑީއެފް

ޑައިވިނަށް ދިޔަ ޓޫރިސްޓް މީހާ އަދިވެސް ނުފެނޭ: އެމްއެންޑީއެފް

06 މާރިޗު 2017
ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

ވޯޓު ލުމަށް ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

03 މާރިޗު 2017
ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި

ފޮޓޯ ނަގައިގެން ހައްޔަރު ކުރި ޓޫރިސްޓް އިމިގްރޭޝަނާ ހަވާލު ކޮށްފި

02 މާރިޗު 2017
ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

ލޯކަލް ކައުންސިލްތަކުގެ މުއްދަތު ހަމަވެއްޖެ

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު