Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނެލިވަރު އަދި ހުރާފަރު ސަރަހައްދު

ބ އަތޮޅު ނެލިވަރު އަދި ހުރާފަރު ސަރަހައްދު ހިމާޔަތްކޮށްފި

މި ދެ ސަރަހައްދަކީ ވެސް އެންމަޑި ކާނާ ހޯދުމަށާއި، ވިހާ އާލާވުމަށް ހާއްސަ ސަރަހައްދެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2023 | ހުކުރު 05:31
ބ އަތޮޅުން ހިމާޔަތްކުރި ދެ ސަރަހައްދު

ބ އަތޮޅުން ހިމާޔަތްކުރި ދެ ސަރަހައްދު

ބ އަތޮޅު ނެލިވަރު އަދި ހުރާފަރު ސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ދެ ސަރަހައްދުގެ ގޮތުގައި ކަނޑައަޅައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ބުނީޤާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން މާޅޮސްމަޑުލު ދެކުނުބުރި (ބ. އަތޮޅު) ނެލިވަރު ސަރަހައްދާއި ހުރާފަރު ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައިހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ނެލިވަރު ސަރަހައްދު ބެލެހެއްޓުމުގައި އަމަލުކުރާނީ ގުދުރަތީ ނުވަތަ ތަބީއީގޮތުގައި ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާ ބެހޭ ގަވާއިދުގެ މަތިން ކަމަށް ވަނީ ބުނެފައެވެ. ހިމާޔަތްކޮށްފައިވަނީ 665.28 ހެކްޓަރުގެ ސަރަހައްދެކެވެ. ކޯ އޭރިއާގެ ގޮތުގައި 206.46 ހެކްޓަރު ކަނޑައަޅާފައިވާ އިރު ބަފަރ ޒޯންގެ ގޮތުގައި 458.82 ހެކްޓަރު ވަނީ ހަމަޖައްސާފައެވެ.

އަދި ހުރާފަރު ސަރަހައްދުން ހިމާޔަތްކޮށްފައިވަނީ 694.36 ހެކްޓަރުގެ ސަރަހައްދެކެވެ. ކޯ އޭރިއާގެ ގޮތުގައި 353.02 ހެކްޓަރު ކަނޑައަޅާފައިވާ އިރު ބަފަރ ޒޯންގެ ގޮތުގައި 123.09 ހެކްޓަރު ވަނީ ހަމަޖައްސާފައެވެ.

އެންވަޔަރމަންޓް މިނިސްޓްރީން ބުނީ ނެލިވަރު ސަރަހައްދަކީ ބ. ކުންފުނަދޫގެ އިރުއުތުރަށް އޮންނަ އެންމަޑި އެއްވާ ސަރަހައްދު ކަމަށާއި، ހުރާފަރު ސަރަހައްދަކީ ހަނިފަރު ސަރަހައްދުގެ އުތުރަށް އޮންނަ ހަނިފަރާއި އެއްގޮތް ސިފަތަކެއް ހުންނަ ސަރަހައްދެއް ކަމަށެވެ. އަދި 2020ގެ ނިޔަލަށް ނެލިވަރު ސަރަހައްދުން 105 އެންމަޑި 119 ފަހަރު ފެނިފައިވާ ކަމަށާއި، ހުރާފަރު ސަރަހައްދުން 2020ގެ ނިޔަލަށް 436 އެންމަޑި 1239 ފަހަރު ފެނިފައިވާ ކަމަށެވެ. މި ސަރަހައްދަކީ އެންމަޑި ކާނާ ހޯދުމަށާއި، ވިހާ އާލާވުމަށް ހާއްސަ ސަރަހައްދެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ސަރަހައްދުގައި ހިމެނޭ ހުރިހާ ޒޯނެއްގައި ކުރުން މަނާ ކަންކަން:

ނެލިވަރު ސަރަހައްދުގައި ހިމެނޭ ފިނޮޅުގައި 4 ކަމެއް ކުރުން ވަނީ މަނާކޮށްފައެވެ. އެގޮތުން ރަށުން ބޭރުން ގެނެސްގެން އެއްވެސް ބާވަތެއްގެ ގަހެއް/ އޮށެއް އިންދުމާއި، ކަޅުފަސް ނުވަތަ ދޮންފަސް ނެގުމާއި، ދަނޑުވެރިކަން ކުރުމުގެ އިތުރުން އެއްވެސް ދިރުމެއްގެ ބިސް ނެގުން ނުވަތަ/އަދި ހާއްޔަކަށް ގެއްލުން ދިނުން ހިމެނެއެވެ. އަދި މިކަންތައްތަކުގެ އިތުރުން ހުރާފަރުގައި އަލިފާން ރޯކުރުން / ގެންގުޅުމާއި ރޭގަނޑު 6:00ން ފަތިހު 6:00ށް ހުރާފަރު ސަރަހައްދަށް އެރުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ހާއްސަ ހުއްދައާއެކު ކުރުން ހުއްދަ ކަންކަމުގެ ތެރޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދަށް އާންމުންނާއި ފަތުރުވެރިން ޒިޔާރަތްކުރުމާއި، އިކޯ ޓޫރިޒަމްގެ މަސައްކަތެއް ކުރުމާއި ދިރާސާކުރުން އަދި ރިސްޓޮރޭޝަން ނުވަތަ ރިހިބިލިޓޭޝަންގެ ބޭނުމަށް މަސައްކަތްކުރުން ހިމެނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު