Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްޓާލިންކްގެ ޚިދުމަތް ރާއްޖެއަށް

"ސްޓާލިންކް" ގެ ޚިދުމަތް ރާއްޖެއަށް

މި ޚިދުމަތަށް ރާއްޖޭގައި ދައްކަން ޖެހޭނީ މަހަކު 1000 ރުފިޔާ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 10 ނޮވެމްބަރު 2023 | ހުކުރު 04:09
ސްޓާލިންކްގެ މައުންޓެއް ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށުގައި ބަހައްޓާފައި

ސްޓާލިންކްގެ މައުންޓެއް ރާއްޖޭގެ ރަށެއްގެ ގޮނޑުދޮށުގައި ބަހައްޓާފައި

ހައި ސްޕީޑް އިންޓަނެޓްގެ ހިދުމަތް ދިނުމަށް ސްޕޭސް އެކްސް އިން ހިންގާ "ސްޓާލިންކް" ގެ ޚިދުމަތް ރާއްޖެއަށް ފަށައިފިއެވެ.

ރާއްޖެއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ސްޓާލިންކަށް ލައިސަންސް ދޫކުރި ފުރަތަމަ ޤައުމެވެ. މި ލައިސެންސް ދޫކޮށްފައިވަނީ މިއަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.

Advertisement - newsAdvertisement

ސްޓާލިންކުން ރާއްޖެއަށް މި ޚިދުމަތް ދޭން ފަށާފައިވާކަން އިއުލާންކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ކުރި ޓްވީޓެއްގައެވެ. އެ ކުންފުނީގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މި ޚިދުމަތަށް ރާއްޖޭގައި ދައްކަން ޖެހޭނީ މަހަކު 1000 ރުފިޔާއެވެ.

މި ޚިދުމަތް ހޯދުމަށް ޑިޝް އެންޓަނާއަކާއި މައުންޓެއްގެ އިތުރުން ވައިފައި ރައުޓަރ ޔުނިޓެއް ބޭނުންވާނެއެވެ. މި ޕެކޭޖު ޝިޕިންގއާއެކު 10،350 ރުފިޔާއަށް ލިބޭއިރު ދެ ހަފުތާގެ ތެރޭގައި ލިބޭނެ ކަމަށް ސްޓާލިންކުގެ ވެބްސައިޓުގައި ވަނީ ބުނެފައެވެ.

ސްޓާލިންކުގެ ޚިދުމަތް ރާއްޖެއަށް ފެށިކަން އިއުލާންކުރުމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓްޗޭންޖް އެންޑް ޓެކްނޮލޮޖީ އައިޝަތު ޝައުނާ ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ޚިދުމަތް ތައާރަފު ކުރުމަށް މަސައްކަތް ކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ރާއްޖެ ކަހަލަ ޖަޒީރާ ޤައުމަކަށް ސްޓާލިންކްގެ ޚިދުމަތަކީ ތަފާތު ޚިދުމަތަކަށްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ސެޓެލައިޓް ޓެކްނޮލޮޖީން ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެއަށް ގިނަ ފައިދާތަކެއް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި ހާއްސަކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމުގެ ގޮތުން ކުރާ މަސައްކަތުގައި އެހީއަކަށްވާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު