Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވ. ފެލިދޫ ކައުންސިލް

ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ވ. ފެލިދޫ ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށްފި

ފެލިދޫ ކައުންސިލަށް އާންމު ރައްޔިތުންގެ އަތުން ލިބެންޖެހޭ ފައިސާ ނުލިބުމުން، ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2023 | ބުރާސްފަތި 14:22
ވ. ފެލިދޫ

ވ. ފެލިދޫ

ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ދައްކަންޖެހޭ ފައިސާ ނުދެއްކުމުން ޚިދުމަތް ނުދޭގޮތަށް ވ. ފެލިދޫ ކައުންސިލުން ނިންމި ނިންމުން ބާތިލުކޮށްފިއެވެ.

ވ. ފެލިދޫ ކައުންސިލަށް ފައިސާ ނުދައްކާ ފަރާތްތަކާއި، އެފަރާތްތަކުގެ އަނބިންނާއި ފިރިން އަދި ދަރިންނަށް ކައުންސިލުގެ އެއްވެސް ޚިދުމަތެއް ފޯރުކޮށްނުދިނުމަށް ނިންމާފައިވާ ނިންމުން ބާތިލްކުރަން، ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން ވަނީ އަންގާފައެވެ.

ފެލިދެއަތޮޅު ފެލިދޫ ކައުންސިލުގެ އިއުލާނެއްގައި ވަނީ، ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކައި އޮތުމުން، އެ ފަރާތްތަކުން އެ ފައިސާ ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރިނަމަވެސް، އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާތީ އެ ދަރަނި އަދާކޮށް ނިންމުމަށް އިތުރު 5 (ފަހެއް) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، މުއްދަތުގެ ފަހުންވެސް ފައިސާ ނުދައްކާ ފަރާތްތަކާއި، އެ ފަރާތްތަކުގެ އަނބިންނާއި ފިރިން އަދި ދަރިންނަށް ކައުންސިލުގެ އެއްވެސް ޚިދުމަތެއް ފޯރުކޮށްނުދިނުމަށް، 2023 ނޮވެންބަރު 01 ވަނަ ދުވަހު ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ 29 ވަނަ އާންމު ޖަލްސާއިން ނިންމާފައިވާކަމަށެވެ.

އެޗްއާރްސީއެމުން ބުނީ، ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ 29 ވަނަ އާންމު ޖަލްސާއިން ފާސްކޮށްފައި ވާކަމަށް އެ ކައުންސިލުގެ އިއުލާނުގައި ބަޔާންކޮށްފައިވާ ކަންކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ފެލިދެއަތޮޅު ފެލިދޫ ކައުންސިލަށް ގާނޫނީ ހަމަތަކުގެމަތިން ލިބިފައިވާ ބާރެއް ނޫންކަމަށެވެ.

އަދި ފެލިދެއަތޮޅު ފެލިދޫގެ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މައްސަލައަށް ހައްލު ހޯދަންވާނީ ގާނޫނީ އިމުގެ ތެރެއިން ކަމުގައި އެ ކޮމިޝަނުން ބުނެއެވެ. އަދި ކައުންސިލްތަކަކީ ރައްޔިތުންގެ ހެވާއި ލާބައާއި މަންފާއަށްޓަކައި މަސައްކަތްކުރާ، ރައްޔިތުންނަށް އަސާސީ އަދި އާންމު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އުފައްދާފައިވާ އިދާރާތަކަކަށް ވާއިރު، ކައުންސިލްތަކުގެ ނިންމުންތައް ވާންނާނީ މި މަގުސަދު ޙާސިލްވާނެ ގޮތަށް ނިންމާ ނިންމުންތަކަށް ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން، ހުރިހާ ކައުންސިލަކުންވެސް އިންސާނީ ހައްގުތަކަށް އިހުތިރާމްކޮށް، އިންސާނީ ހައްގުތައް ރައްކާތެރިކޮށް ކުރިއަރުވައި، އަދި ކައުންސިލްތަކުން ނިންމާ ކަންކަމަކީ ގާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން ރައްޔިތުންނަށް ލިބިދެވޭ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް ނިންމާ ނިންމުންތަކެއްކަން ކަށަވަރުކުރުމަށް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.

ވ. ފެލިދޫ ކައުންސިލަށް އާންމު ރައްޔިތުންގެ އަތުން ލިބެންޖެހޭ ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއްކޮށް، އެ ފައިސާ ނުލިބިފައިވާކަމަށް ބުނެ، ކައުންސިލަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ދައްކައި ނިމެންދެން، ކައުންސިލުން ދޭ އެއްވެސް ޚިދުމަތެއް ނުދޭން އެ ކައުންސިލުން ނިންމި ނިންމުމާ ގުޅިގެން، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެލްޖީއޭއިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، އެކިއެކި ފަރާތްތަކުން ކައުންސިލްތަކުން ލިބިގަންނަ ޚިދުމަތްތަކާއި މަދަނީ މުއާމަލާތްތަކާ ގުޅިގެން ދައްކަންޖެހޭ ފައިސާ ގަވާއިދުން ނުދެއްކުމަކީ އެ އޮތޯރިޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، އޭގެ ސަބަބުން ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މާލީގޮތުން ނުހަނު ގޮންޖެހުން ކުރިމަތިވާނެ ކަމަށެވެ.

އެހެން ނަމަވެސް، އެލްޖީއޭއިން ބުނީ ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެނީ އެންމެ އަސާސީ އަދި އާންމު ޚިދުމަތްތަކެއް ކަމުގައި ވާއިރު، ކައުންސިލު އިދާރާއަކުން ފޯރުކޮށްދޭ ޚިދުމަތްތަކުން އެއްވެސް ރައްޔިތަކު މަހުރޫމްކުރެވޭނީ ގާނޫނީއަސާސީއާ ޚިލާފުނުވާނެހެން ފާސްކޮށްފައިވާ ގާނޫނަކުން ނުވަތަ ގަވާއިދަކުން، އެކަންކުރުމުގެ ބާރުލިބިގެން ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް ޖޭއެސްސީގެ ބައްދަލުވުމުގައި މަސީހް!

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް ޖޭއެސްސީގެ ބައްދަލުވުމުގައި މަސީހް!

10 ޖުލައި 2017
މެމްބަރު އިސްމާއިލް ދެއްވި ފައިސާ އުލިގަމު ކައުންސިލުން މިއަދު ބަހަނީ

މެމްބަރު އިސްމާއިލް ދެއްވި ފައިސާ އުލިގަމު ކައުންސިލުން މިއަދު ބަހަނީ

18 ޖޫން 2017
ސުލޫކީ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވާފައި ވަނިކޮށް އަމީތު ޕީޕީއެމުން ވަކިކޮށްފި

ސުލޫކީ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވާފައި ވަނިކޮށް އަމީތު ޕީޕީއެމުން ވަކިކޮށްފި

28 މާރިޗު 2017
ރާއްޖެޓީވީގެ އަޒުމޫނަށް ނިހާން އިންޒާރުދިން މައްސަލާގައި ބަޔާނެއް ނެރެން މީޑިއާ ކައުންސިލުން ފާހެއް ނުވި!

ރާއްޖެޓީވީގެ އަޒުމޫނަށް ނިހާން އިންޒާރުދިން މައްސަލާގައި ބަޔާނެއް ނެރެން މީޑިއާ ކައުންސިލުން ފާހެއް ނުވި!

26 މާރިޗު 2017
މަސީހުގެ ބޭރުކުރުމުގެ މަސައްކަތް ހުއްޓާލަން ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފި

މަސީހުގެ ބޭރުކުރުމުގެ މަސައްކަތް ހުއްޓާލަން ދިއްގަރު ކައުންސިލުން ފާރިސްއަށް ގޮވާލައިފި

19 މާރިޗު 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު