Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފެލިދޫ ކައުންސިލުގެ މައްސަލަ

ފެލިދޫ ކައުންސިލުގެ މައްސަލަ: ނިންމުން ބާތިލުކުރަން އެޗްއާރްސީއެމުން އަންގައިފި

އެފަދަ ބާރެއް ކައުންސިލަށް ނެތް ކަމަށް އެޗްއާރްސީއެމުން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2023 | ހޯމަ 09:23
ބާތިލް ވޯޓު ވަރަށް ގިނަ، ސަބަބުތައް ދެނެގަނެ މި މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަންޖެހޭ: އެޗްއާރްސީއެމް

ބާތިލް ވޯޓު ވަރަށް ގިނަ، ސަބަބުތައް ދެނެގަނެ މި މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަންޖެހޭ: އެޗްއާރްސީއެމް

ވ.ފެލިދޫ ކައުންސިލަށް ފައިސާ ނުދައްކާ ފަރާތްތަކާއި، އެފަރާތްތަކުގެ އަނބިން، ފިރިން އަދި ދަރިންނަށް ކައުންސިލުގެ އެއްވެސް ޚިދުމަތެއް ފޯރުކޮށް ނުދިނުމަށް ނިންމަވާފައިވާ ނިންމުން ބާތިލް ކުރަން ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރްސީއެމުން އަންގައިފިއެވެ.

އެޗްއާރްސީއެމުން މީޑިއާތަކަށް މައުލޫމާތުދެމުން ބުނީ ފެލިދެއަތޮޅު ފެލިދޫ ކައުންސިލުގެ އިޢުލާންގައި ބަޔާންކޮށްފައިވާ ކައުންސިލުގެ ނިންމުން ބާޠިލު ކުރުމަށް ޤާނޫނު ނަންބަރު 2006/6 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 26 ވަނަ މާއްދާގެ (ހ) ގެ ދަށުން އެ ކައުންސިލަށް 2023 ނޮވެމްބަރު 5 ވަނަ ދުވަހު އަންގާފަވާނެ ކަމަށެވެ. އަދި އެ ނިންމުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެއްކަމަށާއި އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ފެލިދެއަތޮޅު ފެލިދޫ ކައުންސިލުގެ އިއުލާނެއްގައި ފެލިދޫ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާވާތީ އެ ފަރާތްތަކުން އެ ފައިސާ ހޯދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރިނަމަވެސް، އެކަށީގެންވާ ކުރިއެރުމެއް ލިބިފައިނުވާތީ އެ ދަރަނި އަދާކޮށް ނިންމުމަށް އިތުރު 5 (ފަހެއް) ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، މުއްދަތުގެ ފަހުންވެސް ފައިސާ ނުދައްކާ ފަރާތްތަކާއި، އެ ފަރާތްތަކުގެ އަނބިން، ފިރިން އަދި ދަރިންނަށް ކައުންސިލުގެ އެއްވެސް ޚިދުމަތެއް ފޯރުކޮށްނުދިނުމަށް 2023 ނޮވެންބަރު 01 ވަނަ ދުވަހު ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ 29 ވަނަ ޢާންމު ޖަލްސާއިން ވަނީ ނިންމާފައެވެ.

އެޗްއާރްސީއެމުން އެކަމާއި ގުޅިގެން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކުރާ އެއްވެސް އަސާސީ ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ޤާނޫނުއަސާސީއާ ތަޢާރުޟްނުވާ ގޮތުގެމަތީން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ދީމިޤްރާތީ މުޖްތަމަޢުއެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަށް ކަމަށް ބަޔާންކޮށްފައިވާ ކަން ވަނީ ބުނެފައެވެ. ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތެއް އެއްވެސް ފަރާތަކަށް ފޯރުކޮށްނުދީ ހިފެހެއްޓިދާނެ އެއްވެސް ޙާލަތެއް ބަޔާންކޮށްފައިނުވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި އެހެން އެއްވެސް ޤާނޫނެއްގެ ދަށުން ވެސް ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތެއް ފޯރުކޮށްނުދީ ހިފެހެއްޓިދާނެ ޙާލަތެއް ވެސް ބަޔާންކޮށްފައިނުވާ ކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

އެހެންކަމުން، ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ 29 ވަނަ ޢާންމު ޖަލްސާއިން ފާސްކޮށްފައިވާކަމަށް އެ ކައުންސިލުގެ އިއުލާނުގައި ބަޔާންކޮށްފައިވާ ކަންކަމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ފެލިދެއަތޮޅު ފެލިދޫ ކައުންސިލަށް ޤާނޫނީ ހަމަތަކުގެމަތިން ލިބިފައިވާ ބާރެއް ނޫންކަމުގައި އެ ކޮމިޝަނުން ބުނެފައިވެއެވެ.

އަދި ފެލިދެއަތޮޅު ފެލިދޫގެ ރައްޔިތުންގެ އާމްދަނީއަށް ލިބެންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ފައިސާ ހޯދުމުގެ މައްސަލައަށް ހައްލު ހޯދަންވާނީ ޤާނޫނީ އިމުގެ ތެރެއިން ކަމުގައި އެ ކޮމިޝަނުން ބުނެއެވެ. އަދި ކައުންސިލްތަކަކީ ރައްޔިތުންގެ ހެވާއި، ލާބައާއި މަންފާއަށްޓަކައި މަސައްކަތްކުރާ، ރައްޔިތުންނަށް އަސާސީ އަދި އާންމު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އުފައްދާފައިވާ އިދާރާތަކަށް ވާއިރު، ކައުންސިލްތަކުގެ ނިންމުންތައް ވާންނާނީ މި މަޤްސަދު ޙާސިލްވާނެ ގޮތަށް ނިންމަވާ ނިންމުންތަކަށް ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން، ހުރިހާ ކައުންސިލަކުން ވެސް އިންސާނީ ހައްޤުތަކަށް އިޙްތިރާމްކޮށް އިންސާނީ ހައްޤުތައް ރައްކާތެރިކޮށް ކުރިއަރުވާ އަދި ކައުންސިލްތަކުން ނިންމާ ކަންކަމަކީ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ރައްޔިތުންނަށް ލިބިދެވޭ ޙައްޤުތަކަށް އުނިކަން ނާންނާނެ ގޮތަށް ނިންމާ ނިންމުންތަކެއްކަން ކަށަވަރުކުރުމަށް އެޗްއާރްސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު