Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފެލިދޫގެ ތަރައްގީ

ފިކުރު ތަފާތުވިޔަސް ތަރައްގީ ގެނެސްދޭނެކަން ފެލިދޫން ސާފުވާނެ: ރައީސް

ރައީސް ވަނީ ފެލިދޫގައި ހިންގާފައިވާ މަޝްރޫއުތައް ފާހަގަކުރައްވާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 17 ޖުލައި 2023 | ހޯމަ 09:40
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ސިޔާސީ ގޮތުން ރައްޔިތުންގެ ފިކުރު ތަފާތުވިޔަސް ތަރައްގީ ގެނެސްދޭނެކަން ވ. ފެލިދޫއަށް ބަލާލުމުން ސާފުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ވ. ފެލިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ 2018 ވަނަ އަހަރު އެމަނިކުފާނު ނުކުމެވަޑައިގެންނެވީ ފިކުރު ތަފާތުވިޔަސް ތަފާތުކުރުމެއްނެތި އަސާސީ ޚިދުމަތްތަކާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގެވުމަށް ކަމަށެވެ. އަދި އެކަން މިއަދު ފެލިދޫއިން ފެންނަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

މި 5 އަހަރުގެ ތެރޭގައި ފެލިދޫގައި ހިންގާފައިވާ މަޝްރޫއުތަކަށް އަލިއަޅުވާލައްވައި އެންމެ މުހިންމު މަޝްރޫއެއްގެ ގޮތުގައި ރައީސް ފާހަގަކުރައްވާފައިވަނީ ބަނދަރުގެ މަސައްކަތެވެ. އަދި ފެނާއި ނަރުދަމާގެ މަސައްކަތްވެސް ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި މަސައްކަތްވެސް ދައުރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ފެލިދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަކީ ކުރަންޖެހޭ މަސައްކަތެއް ކަމަށެވެ. މި މަސައްކަތްވެސް ކޮންޓްރެކްޓުކޮށް ބަޔަކާ ހަވާލުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހޮސްޕިޓަލެއް ތަރައްގީކުރުމަށްވެސް ވައުދުވެވަޑައިގެންފައިވާކަމަށާއި، ކުވެއިތު ފަންޑުން އަޅާ ހޮސްޕިޓަލުތަކުގެ ތެރެެއިން ހޮސްޕިޓަލެއް އެރަށުގައި ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. މިއީ 30 އެނދުގެ ހޮސްޕިޓަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ވ. އަތޮޅުގައި ޕިކްނިކް އައިލެންޑެއް ހަދާނެ ރަށެއް ކަނޑައެޅުމުގައިވެސް އަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު ތަފާތު ކަމަށެވެ. މި މަސައްކަތްވެސް ކުރިއަށްގެންދާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދެވޭނީ މި ސަރުކާރު ދެމިއޮވެގެންކަން ފާހަގަކުރައްވާފައެވެ. އަދި 9 ސެޕްޓެމްބަރުގެ ނިންމުމަކީ މުހިންމު ނިންމުމެއްކަން ރައީސް ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

ވ. ފެލިދޫރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު