Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވ. ފެލިދޫ ކައުންސިލުގެ މައްސަލަ

ފެލިދޫ ކައުންސިލުގެ މައްސަލަ:އެލްޖީއޭގެ އެދުމަކީ ހައްގަކުން އެއްވެސް މީހަކު މަހްރޫމު ނުކުރުން

އެހެން ނަމަވެސް އެލްޖީއޭ އިން ވަނީ އެއްވެސް މީހެއްގެ ހައްގަކަށް އުނިކަން ނާންނާނެ ފަދައިން ނިންމެވުންތައް ނިންމުމަށް އެދިފައި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2023 | އާދީއްތަ 12:42
ވ.ފެލިދޫ

ވ.ފެލިދޫ

ވ. ފެލިދޫ ކައުންސިލަށް އާންމު ރައްޔިތުންގެ އަތުން ލިބެން ޖެހޭ ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އެ ފައިސާ ނުލިބިފައިވާ ކަމަށް ބުނެ، ކައުންސިލަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ ދައްކާ ނިމެންދެން ކައުންސިލުން ދޭ އެއްވެސް ހިދުމަތެއް ނުދޭން އެ ކައުންސިލުން ނިންމި ނިންމުމާ ގުޅިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެލްޖީއޭ އިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެކިއެކި ފަރާތްތަކުން ކައުންސިލްތަކުން ލިބިގަންނަ ހިދުމަތްތަކާއި މަދަނީ މުއާމަލާތްތަކާއި ގުޅިގެން ދައްކަން ޖެހޭ ފައިސާ ޤަވާޢިދުން ނުދެއްކުމަކީ އެ އޮތޯރިޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، އޭގެ ސަބަބުން ކައުންސިލްތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މާލީގޮތުން ނުހަނު ގޮންޖެހުން ކުރިމަތިވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް، އެލްޖީއޭ އިން ބުނީ ކައުންސިލުތައް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެނީ އެންމެ އަސާސީ އަދި އާންމު ހިދުމަތްތަކެއް ކަމުގައިވާއިރު، ކައުންސިލު އިދާރާއަކުން ފޯރުކޮށްދޭ ޚިދުމަތްތަކުން އެއްވެސް ރައްޔިތަކުން މަހުރޫމްކުރެވޭނީ ޤާނޫނީއަސާސީއާއި ޚިލާފުނުވާނޭހެން ފާސްކޮށްފައިވާ ޤާނޫނަކުން ނުވަތަ ޤަވާއިދަކުން އެކަންކުރުމުގެ ބާރުލިބިގެން ކަމަށެވެ.

އެހެން ކަމުން ކައުންސިލާއި އާންމު ފަރާތްތަކާ މެދު ކުރެވޭ މަދަނީ މުއާމަލާތެއްގެ ސަބަބުން، ރައްޔިތުންނާ މެދު ފިޔަވަޅު އަޅެންވާނީ އެފަދަ މުއާމަލާތަކާއި ގުޅިގެން ހެދިފައިވާ އެއްބަސްވުމެއްގައި ބަޔާންކުރާ ނުވަތަ ޤާނޫނާއި ޤަވާއިދުގައި ބަޔާންކުރާގޮތެއްގެ މަތިން ކަމަށް އެލްޖީއޭ އިން ބުންޏެވެ.

އެހެން ކަމުން އެލްޖީއޭ އިން ވަނީ ލޯކަލް ކައުންސިލްތަކުން ނިންމާ ނިންމުންތައް ނިންމުގައި އެއްވެސް ރައްޔިތެއްގެ މަދަނީ ޙައްޤަކަށް އުނިކަން ނާންނާނޭހެން، ހުރިހާ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުވާނޭހެން ނިންމުންތައް ނިންމުމަށް ލޯކަލް ކައުންސިލްތަކަށް އިލްތިމާސްކޮށްފަ އެވެ.

އަދި އެއްވެސް ރައްޔިތަކު އެމައްޗަށް ޢަމަލުކުރަން ލާޒިމުވާ ނިންމުމެއް ކައުންސިލަކުން ނިންމުމުގެ ކުރިން އެކަންކަމަށް ބޭނުންވާ މުނިސިޕަލް ޤަވާޢިދުތައް ކައުންސިލްތަކުން ފާސްކޮށް ގެޒެޓްކުރުމަށް ވެސް އެލްޖީއޭ އިން ވަނީ އެދިފަ އެވެ.

ވ. ފެލިދޫލޯކަލް ގަވަމަންޓް އޮތޯރިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

ކައުންސިލްގެ ހުއްދައާ ނުލާ ސަރުކާރުން، ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭނެ ގޮތައް ހަދައިފި

02 ޑިސެމްބަރު 2025
ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

ފަސޭހަކަމާ އެކު ވަގުތުން ކައުންސިލަރުން ސަސްޕެންޑް ކުރެވޭ ގޮތަށް އެލްޖީއެ އަށް ބާރު ދީފި

02 ޑިސެމްބަރު 2025
އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

އަތޮޅު ކައުންސިލް އުވާލާ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު