Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކްރިކެޓް ވޯލްޑްކަޕް

ޕާކިސްތާނުން ބަލިކުރިޔަސް، އަފްޣާނިސްތާނުން، ރެފިއުޖީން ފޮނުވާލަން ކެމްޕޭން ނުކުރާނަން: ބޮޑުވަޒީރު

އިންޑިޔާއިން ދަނީ މިކަމަށް ކެމްޕޭން ކުރަމުން

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2023 | ބުރާސްފަތި 05:44
ޕާކިސްތާނުގެ ދެ ބެޓްސްމަނުން

ޕާކިސްތާނުގެ ދެ ބެޓްސްމަނުން

ކްރިކެޓް ވޯލްޑްކަޕުގައި އަފްޣާނިސްތާން އަތުން ޕާކިސްތާން ވަނީ ބަލިވެފަ އެވެ. މި ދެރާއެކު ޕާކިސްތާނަށް ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ ބާރު ނެތިފަ އެވެ. ސެމީގެ ފަހު ޖާގަ އަށް ވާދަކުރަނީ އެންމެ ފަހުގެ ރަނައަޕް ނިއުޒީލޭންޑާއި އަފްޣާނިސްތާން އަދި ޕާކިސްތާނެވެ. ކޮންމެ ގައުމަކަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ. ކޮންމެ ބަޔަކަށް ވެސް ބާކީ އޮތީ އެންމެ މެޗެކެވެ.

އަފްޣާނިސްތާނުގެ ކްރިކެޓް ޓީމުގެ ކުޅުންތެރިންނަކީ ޕާކިސްތާނުގައި އުޅޭ ބައެކެވެ. އެމީހުން މެޗު ކުޅެ ޕްރެކްޓިސް ކުރަނީ ވެސް ޕާކިސްތާނުގަ އެވެ. ސަބަބަކީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވުމުން އަމިއްލަ ގައުމުގައި މެޗުތައް ކުޅޭނެ ދަނޑުތަކެއް ނެތުމެވެ.

އަފްޣާނިސްތާން އަތުން ޕާކިސްތާން ބަލިވުމުން އިންޑިޔާއިން މިހާރު ވަނީ ކެމްޕޭނެއް ފަށައިފަ އެވެ. އެއީ މި ބައްޔާއެކު ޕާކިސްތާނުގައި ތިބި އަފްޣާނިސްތާން މީހުން ގައުމަށް ފޮނުވާލުމަށް ގޮވާލާ ކެމްޕޭނެކެވެ. ހާއްސަކޮށް ގަވާއިދާ ހިލާފަށް އުޅޭ މީހުންނެވެ. ޕާކިސްތާނުގައި އަފްޣާނިސްތާނުގެ ދެ މިލިއަނެއްހާ ރެފިއުޖީން އުޅޭ ކަމަށްވެ އެވެ.

މިކަމާ ގުޅިގެން ސުވާލުކުރުމުން ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އަންވާރުލް ހައްގު ކަކަރް ވިދާޅުވީ ކުޅިވަރުގައި އޮންނާނީ މޮޅާއި ބަލިވުން ކަމަށެވެ.

ޕާކިސްތާން އަތުން އަފްޣާނިސްތާން މޮޅުވި މެޗަށް ފަހު ވާހަކަ ދައްކަމުން އެގައުމުގެ ކެޕްޓަން ހަޝްމަތުﷲ ޝާހިދީ ބުނީ އެ މޮޅު ހާއްސަކުރަނީ ރެފިއުޖީންނަށް ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޚުދުމުޚުތާރު ކަމަށް ދުނިޔެއިން ސިފަ ކުރި ޖެނެރަލް މުޝައްރަފަށް ޕާކިސްތާނުން ތަފާތު ސިފަ ކުރުމެއް

ޚުދުމުޚުތާރު ކަމަށް ދުނިޔެއިން ސިފަ ކުރި ޖެނެރަލް މުޝައްރަފަށް ޕާކިސްތާނުން ތަފާތު ސިފަ ކުރުމެއް

07 ފެބުރުއަރީ 2023
މޯދީ ސަރުކާރުގެ "ތަރައްޤީ" ކޭމްޕޭނާއެކު ރައްޔިތުން ރެފިއުޖީންނަށް!

މޯދީ ސަރުކާރުގެ "ތަރައްޤީ" ކޭމްޕޭނާއެކު ރައްޔިތުން ރެފިއުޖީންނަށް!

31 ޖެނުއަރީ 2023
އިންޑިޔާއާއި ޕާކިސްތާނުން ނިއުކްލިއަރ ހަނގުރާމައެއް ކުރުމާ ވަރަށް ގާތަށް ދިޔަ - ޕޮމްޕެއޯ

އިންޑިޔާއާއި ޕާކިސްތާނުން ނިއުކްލިއަރ ހަނގުރާމައެއް ކުރުމާ ވަރަށް ގާތަށް ދިޔަ - ޕޮމްޕެއޯ

25 ޖެނުއަރީ 2023
އިންޑޮނޭޝިއާއަށް ދަތުރުކުރާ ރޯހިންޏާ ރެފިއުޖީންނަށް ހަދަނީ ކިހިނެއް؟

އިންޑޮނޭޝިއާއަށް ދަތުރުކުރާ ރޯހިންޏާ ރެފިއުޖީންނަށް ހަދަނީ ކިހިނެއް؟

11 ޖެނުއަރީ 2023
އުމުރުން 6 އަހަރުގެ ކުއްޖެއްގެ މަރާއެކު ޕާކިސްތާނުން ވަރުގަދަ އިންޒާރެއްގެ ރަނގަބީލު އަޅައިފި

އުމުރުން 6 އަހަރުގެ ކުއްޖެއްގެ މަރާއެކު ޕާކިސްތާނުން ވަރުގަދަ އިންޒާރެއްގެ ރަނގަބީލު އަޅައިފި

12 ސެޕްޓެމްބަރު 2022

އަހަރުތަކުން މިއަދު

26 މެއި
ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

ނައިބްރައީސް ހުސައިން އިންނެވި ފުލައިޓެއްގައި ބޮމެއް އޮތްކަމުގެ އިންޒާރެއް

 ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް
20242 އަހަރު ކުރިން
ކުޅިވަރު

ޔޮނެކްސް ޕޮލިޝް އިންޓަނޭޝަނަލް ފެސްޓިވަލްގައި ލައިބާ އަށް ލޯ މެޑަލް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް
20224 އަހަރު ކުރިން
ރާއްޖެ

އިމާރާތުގެ މަތިން ވެއްޓުނު ކުއްޖާ ގެއަށް އައީ އަމިއްލައަށް

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!
20197 އަހަރު ކުރިން
ރާއްޖެ

މިރޭ ވޯޓް ނަގާނީ އަތްނަގައިގެން!

ބީފް ސަބްމެރިން
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ބީފް ސަބްމެރިން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު