Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއުއްތަރަޚާންދުގެ މަގު ގަނބަން ފެށުން

މޯދީ ސަރުކާރުގެ "ތަރައްޤީ" ކޭމްޕޭނާއެކު ރައްޔިތުން ރެފިއުޖީންނަށް!

ފާއިތުވެދިޔަ ހަފުތާގައި މަރޯޑާގެ 100 ކިލޯމީޓަރު އުތުރުން އޮންނަ ޖޯޝީމާތު ސަރަހައްދުގެ 850 އެއްހާ އިމާރާތުގައި ވަނީ ރެނދުލާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 31 ޖެނުއަރީ 2023 | އަންގާރަ 07:00
ޖެނުއަރީ މަހަށް ފެށުނު ފަހުން އެކަނިވެސް ބައެއް ތަންތަން ފުނޑުފުނޑުވެގެން ފައިބަފައިވާއިރު، 900 އެއްހާ މީހުންނަށް ވަނީ ގެދޮރު ދޫކޮށްދާން މަޖުބޫރުވެފައި

ޖެނުއަރީ މަހަށް ފެށުނު ފަހުން އެކަނިވެސް ބައެއް ތަންތަން ފުނޑުފުނޑުވެގެން ފައިބަފައިވާއިރު، 900 އެއްހާ މީހުންނަށް ވަނީ ގެދޮރު ދޫކޮށްދާން މަޖުބޫރުވެފައި

ތަރައްޤީގެ ނަމުގައި ހިންގާ މަޝްރޫޢުތަކުން ޙަޤީޤަތުގައިވެސް ލިބެނީ ކުރިއެރުމާއި މަންފާތޯ ނުވަތަ ނުތަނަވަސްކަމާއި ހާސްކަންތޯ، މިއީ ހޫނު ބަހުސެއް ކުރެވިދާނެ މައުލޫއެކެވެ. އަދުގެ ދުނިޔޭގައި ކަން ހިނގަމުންދާ ގޮތަށް ބަލާއިރު، ވަކި ކޮޅަކަށް ބަހުސް ބުރަވެދާނެ ފަދަ މިސާލުތައްވެސް ދަނީ ފެންނަމުންނެވެ. ކަމެއްގައި އިޚްލާޞްތެރިކަމެއް ނެތި، ބަލަންޖެހޭ މިންވަރަށް ނުބަލާ، ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް ނޭޅުން ފަދަ ކޮންމެވެސް އިހުމާލެއްގެ ސަބަބުން، ތަރައްޤީގެ މަޝްރޫޢުތަކަކީ، ބައެއް ފަހަރު، އެ ބައެއްގެ ދިރިއުޅުން، ނާމާން އަނދަވަޅަކަށްވެސް ވައްޓާލާ ފަދަ ކަމަކަށް އޮންނަނީ ވެފައެވެ.

އަވަށްޓެރި އިންޑިއާގައިވެސް ހިނގައިގެން މިއުޅެނީ އެފަދަ ހާދިޘާއެކެވެ. މަރޯޑާ އަވަށުގެ ހާލަތު ފެނި، ޖަސްވަންތު ސިންހް ބަޓޫލާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. މިއީ ހިމާލަޔާސް ފަރުބަދަމަތީ އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރަޚާންދުގެ އެތައް ސަތޭކަ ބައެއްގެ އަދުގެ ހާލަތެވެ. ބަޓޫލާއާއި އެފަދަ އިތުރު އެތައް ސަތޭކަ ބަޔަކު، ޢާއިލާގެ އެތައް ޖީލެއް އެ ގެތަކުގެ ހޭދަ ކުރި ގެތަށް ދޫކޮށް ނުކުތުމަށް މިއަދު ވަނީ މަޖުބޫރުވެފައެވެ.

އަވަށުގެ ވަށައިގެން އޮތް މަގު ގަނބަން ފެށީ މީގެ 18 ވަރަކަށް މަސްދުވަސް ކުރިން ކަމަށް ބަޓޫލާ ބުނެއެވެ. އެއީ ހިމާލަޔާސް ފަރުބަދަތަކުގެ ތެރެއިން ދަތުރު ކުރެވޭ ގޮތަށް، އިންޑިއާގެ ސަރުކާރުން ރޭލްވޭ ނެޓްވޯކް އަޅަން ފެށި ހިސާބުންނެވެ.

ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުން މެކުހަޖަށް ޖަހާފައި ވަނީ ހިމާލަޔާސް ފަރުބަދައިގެ ސަރަޙައްދަށް އިންތިހާ ޢުމްރާނީ ތަރައްޤީ ގެނައުމަށެވެ. ފެނުން ހަކަތަ އުފައްދާ ޕްލާންޓްތަކާއި، ރޭލު ނެޓްވޯކްތަކާއި ހައިވޭތައް އެޅުން ހިމެނެއެވެ. ބައިނަލްއަޤުވާމީ މައިދާނުގައި އިންޑިއާގެ އެންމެ ބޮޑު ވާދަވެރިޔާ ކަމުގައި ވާ ޗައިނާއާ ހިއްސާ ކުރާ ބޯޑަރު ސަރަޙައްދަށް، އަސްކަރިއްޔާގެ ފައުޖުތައް އެންމެ ފަސޭހައިން ރުކުރުވާލެވޭ ގޮތަށް ހައިވޭތައްވެސް އަޅަމުން ދަނީ ހަމަ ތަރައްޤީގެ ނަމުގައެވެ.

ކަން މިހެން އޮތް އިރު، މިފަދަ ބައެއް މަޝްރޫޢުތައް ހިންގަނީ އަޑި ގުޑަން ފަރުބަދަތަކުގެ އަރިއަރި މަތީގައެވެ. އިރެއްގައި ގަނޑުފެނުގެ ކޯރުތައް ދެމެމުން ދިޔަ، ޖިއޮގްރަފީ ގޮތުން ހައްސާށް ސަރަޙައްދުތަކެއްގައެވެ. ނަތީޖާއެއްގެ ގޮތުން، ބިންގަނޑުކަނޑައިގެން ދިއުމުގެ ހާދިޘާތަކާ، ކުއްލި ކުއްލިއަށް ފެންބޮޑުވުމުގެ ހާދިޘާތައް ހިނގައެވެ. މިއަދު އެކަމުގެ އަސަރު ސީދާ ގޮތުން ފޯރަމުންދަނީ، އެ ސަރަޙައްދުގައި އެތައް އަހަރެން ވަންދެން ވަޒަންވެރިވެފައި ވާ އާބާދުތަކަށެވެ.

މި ފާއިތުވެދިޔަ ހަފުތާތަކަށް ބަލާއިރު ސަމާލުކަން ހުއްޓިފައި ވަނީ މަރޯޑާގެ 100 ކިލޯމީޓަރު އުތުރުން އޮންނަ ޖޯޝީމާތުއަށެވެ. އެ ސަރަޙައްދުގެ 850 އެއްހާ އިމާރާތުގައި ވަނީ ރެނދުލާފައެވެ. ޖެނުއަރީ މަހަށް ފެށުނު ފަހުން އެކަނިވެސް ބައެއް ތަންތަން ފުނޑުފުނޑުވެގެން ފައިބައިފިއެވެ. 900 އެއްހާ މީހުންނަށް ވަނީ ގެދޮރު ދޫކޮށްދާން މަޖުބޫރުވެފައެވެ.  

އެ އަވަށުގެ ވަށައިގެން ތަރައްޤީގެ މަޝްރޫޢު ހިންގަމުންދަނީ އިންޑިއާ ސަރުކާރުން އެންމެ ފުޅާ ދާއިރާއެއްގައި ހަކަތަ އުފައްދާ ކުންފުނި، އެންޓީޕީސީއިންނެވެ. 520 މެގަވޮޓްގެ ހައިޑްރޯ ޕަވަރޕްލާންޓް ތަރައްޤީ ކުރުމުގެ މަޝްރޫޢޫ ފެށީ، ބަލަން ޖެހޭ ކަންކަން ނުބަލައެވެ. ނަރުދަމާގެ ނިޒާމުވެސް އޮތީ އިންތިހާ ދޯދިޔާ ކޮށެވެ. ވާރޭފެނާއި ނަޖިސްފެން އެކުވުމުގެ މައްސަލަ ކުރިމަތިވެފައި ވާ އިރު، ވެލި ނެގުމުގެ ސަބަބުން ބޮޑެތި ހޮހަޅަތައްވެސް ވަނީ ހެދިފައެވެ.

ޖޯޝީމާތުގެ އާބާދުތަކަށް ކުރިމަތިވި ނުރައްކަލުގެ ސަބަބުން، 220 ޢާއިލާއަކަށް މަޖުބޫރުވެފައި ވަނީ ވަގުތީ ހިޔާތަކަށް ދިރިއުޅުން ބަދަލު ކުރާށެވެ.

ކުރިއަށް އޮތީ އިންތިޚާބީ އަހަރަކަށް ވާ އިރު، މޯދީގެ ސަރުކާރުގެ މައި މަޝްރޫޢެއްގެ ގޮތުގައި ސިފަ ކުރާ 1.48 ބިލިއަން ޑޮލަރުގެ ޗާރް ދާމް ޕްރޮޖެކްޓަށް އިންޑިއާގެ ސުޕްރީމް ކޯޓުން ފެހި ސިގުނަލް ދިނީ ޑިސެމްބަރު 2021 ގައެވެ. އަސްކަރިއްޔާއަށް ވާނެ ފައިދާތަކަށް ބެލުމަށް ފަހުގައެވެ. ތިމާވެށީގެ ޙައްޤުގައި ވަކާލާތު ކުރާ ފަރާތްތަކުން، އެކަމާ ދެކޮޅަށް ހިފަނީ 2018 ވަނަ އަހަރުން ފަށައިގެންނެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!

18 މާރިޗު 2017
ފުވައްމުލައްކު ގިނަ ރައްޔިތުންގެ ވެސް ބޭނުންވަނީ "ހަކުރާފިޔާގެ ސޭޓް" ބޭރުކުރަން!
17 މާރިޗު 2017

ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!

17 މާރިޗު 2017
ހެލްތު މިނިސްޓަރު "ކޮސްގޮވުމަކީ" ރައްޔިތުންގެ ކުށެއް ނޫން!
11 މާރިޗު 2017

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!
08 މާރިޗު 2017

މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!

08 މާރިޗު 2017
މަސީހު އަޒުލުކުރުން، ރައްޔިތުންނަށް ބާރު ލިބިމުގެ ފުރަތަމަ ނިޝާން!
07 މާރިޗު 2017

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް
02 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟
14 ފެބުރުއަރީ 2017

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!
29 ޖެނުއަރީ 2017

ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟

29 ޖެނުއަރީ 2017
ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނަށް ޖަގާ އެބައޮތް ހެއްޔެވެ؟
20 ޖެނުއަރީ 2017

ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!

20 ޖެނުއަރީ 2017
ގާނޫނާ ހިލާފަށް ސަރުކާރުގެ ކުންފުނިތަކުން ޑޮލަރުގެ ވިޔަފާރި ކުރުމާއި ވައްކަން ކުރުން!
17 ޖެނުއަރީ 2017

ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.

17 ޖެނުއަރީ 2017
ރައްޔިތުން ހަނާވާއިރު، މުޅި މާލެ "މުއިއްޒުވެފައި" އެވެ. ހައްލެއް ބޭނުމެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު