Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެތުލެޓިކޯ މެޑްރިޑް

އެތުލެޓިކޯގެ އެއްބަސްވުން އަލްވާރޯ މޮރާޓާ އައު ކޮށްފި

އެހެންކަމުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މިހާރު އޭނާ އެ ކުލަބުގައި ހުންނާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2023 | ބުރާސްފަތި 00:31
އެތުލެޓިކޯ އަށް ކުޅެމުން އަންނަ އަލްވާރޯ މޮރާޓާ

އެތުލެޓިކޯ އަށް ކުޅެމުން އަންނަ އަލްވާރޯ މޮރާޓާ

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ސްޓްރައިކަރ އަލްވާރޯ މޮރާޓާ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން އައުކުރުމަށް ނިންމައިފިއެވެ.

އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މި ސީޒަނުގެ ނިޔަލަށެވެ. ނަމަވެސް އެތުލެޓިކޯއާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު، މިދިޔަ ޖޫން މަހު އޭނާ ވަނީ އެއްބަސްވުން އައު ކުރަން ނިންމައިފަ އެވެ. އެތުލެޓިކޯގެ އެއްބަސްވުން މޮރާޓާ އައު ކޮށްފައި ވަނީ ތިން އަހަރު ދުވަހަށެވެ. އެހެންކަމުން 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް މިހާރު އޭނާ އެ ކުލަބުގައި ހުންނާނެ އެވެ. މޮރާޓާ އެތުލެޓިކޯގެ އެއްބަސްވުން އައު ކުރީ، ސައުދީ ޕްރޯ ލީގު އަދި މޭޖާ ލީގު ސޮކާ (އެމެރިކާ ލީގު) އިން ލިބުނު ހުށަހެޅުންތައް ދޫކޮށްލުމަށްފަހު އެވެ.

އެތުލެޓިކޯއަށް ދެ ފަހަރެއްގެ މަތިން މޮރާޓާ ވަނީ 120 މެޗު ކުޅެދީ، 49 ލަނޑު ޖަހާފައެވެ. މިހާރު ކުރިއަށްދާ ސީޒަންގައި ވެސް އޭނާ އަންނަނީ މޮޅަށް ކުޅެމުންނެވެ. މި ސީޒަންގެ ސްޕެނިޝް ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން އޭނާ ވަނީ ހަތް ލަނޑު ޖަހައި، ދެ ލަނޑު ޖެހުމަށް އެހީތެރިވެދީފަ އެވެ. ޔުއެފާ ޗެމްޕިއަންސް ލީގުގައި އޭނާ ވަނީ ހަތަރު މެޗުން ފަސް ލަނޑު ޖަހައިފަ އެވެ. މޮރާޓާ އޭނާގެ ސީނިއަރ ކެރިއަރު ފެށީ ރެއާލް މެޑްރިޑުންނެވެ. އޭގެ ފަހުން އޭނާ ވަނީ އިޓާލިއަން ލީގުގެ ޔުވެންޓަސްއާއި އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެލްސީއަށް ވެސް ކުޅެފައެވެ. އެތުލެޓިކޯގައި ހުރުމަށްފަހު އެންމެ ފަހުން އޭނާ ޔުވެންޓަސްއަށް ކުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮރާޓާ ހޯދުމަށް ޔުނައިޓެޑުން ހުށައެޅި ބިޑް ރެއާލްއިން ރިޖެކްޓް ކޮށްފި

މޮރާޓާ ހޯދުމަށް ޔުނައިޓެޑުން ހުށައެޅި ބިޑް ރެއާލްއިން ރިޖެކްޓް ކޮށްފި

07 ޖޫން 2017
މޮރާޓާ ވިއްކާލުމަށް ރެއާލް އާއި އޭސީ މިލާން އެއްބަސްވުމަކަށް އަތުވެއްޖެ: ރިޕޯޓް

މޮރާޓާ ވިއްކާލުމަށް ރެއާލް އާއި އޭސީ މިލާން އެއްބަސްވުމަކަށް އަތުވެއްޖެ: ރިޕޯޓް

04 ޖޫން 2017
މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި

މޮރާޓާ ހޯދުމަށް އޭސީ މިލާނުން 60 މިލިއަން ޔޫރޯގެ ބިޑެއް ހުށަހަޅައިފި

30 މެއި 2017
މޮރާޓާ ހޯދުމަށް އާސެނަލް އިން 50 މިލިއަންގެ ބިޑެއް ހުށަހަޅަނީ!

މޮރާޓާ ހޯދުމަށް އާސެނަލް އިން 50 މިލިއަންގެ ބިޑެއް ހުށަހަޅަނީ!

12 މެއި 2017
އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

އަޔަން މޭން މާލެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފި

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

28 އެޕްރީލު
އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އުރީދޫ މޯލްޑިވްސްއިން އެޕަލް ވޮޗަށް އީސިމްގެ ހިދުމަތް ދޭން ފަށައިފި!

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އުލާއި ސަމުސަލުން ގަސް ފަޅާ ވާހަކަ އަޑުއެހިންތަ؟

ކާވެންޏަށް ލޯބިކުރާށެވެ.
20233 އަހަރު ކުރިން
އިސްލާމް

ކާވެންޏަށް ލޯބިކުރާށެވެ.

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް: ޝަރަފް އެލިމިނޭޓްވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސުލްޖުމްހޫރިއްޔާގެ ކައިވެނިފުޅަށް މަޑުއްވަރީ ދާއިރާގެ މެމްބަރު ހަޖޫޖަހައިފި

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އައިސިސްގެ އަމާޒު އޭޝިއާ އަށް!؟

ސްޓްރޯކް ޖެހެނީ ކިހިނެއް؟
20188 އަހަރު ކުރިން
ސިއްހަތު

ސްޓްރޯކް ޖެހެނީ ކިހިނެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު