Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މިފްކޯ

މިފްކޯގެ ފްލީޓަށް މި މަހުގެ 19ގައި އިތުރު ބޯޓެއް!

ޖަޒީރާ 106 ގައި ދުވާލަކު 60 ޓަނު ބްރައިން ފްރީޒް ކުރެވޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2023 | ބުދަ 03:16
މިފްކޯގެ ފްލީޓާ އަލަށް ގުޅޭ ޖަޒީރާ 106

މިފްކޯގެ ފްލީޓާ އަލަށް ގުޅޭ ޖަޒީރާ 106

މިފްކޯގެ ފްލީޓަށް އިތުރު ކުރުމަށް އެ ކުންފުނިން އިތުރަށް ގެންނަ 3 ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ރާއްޖެއަށް އައުމަށް ތައިލެންޑުން ދަތުރު ފަށާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އަންގާރަ ދުވަހު މިފްކޯއިން ބުނީ "ޖަޒީރާ 106" ގެ ނަމުން ނަން ދީފައިވާ އެ ބޯޓު ތައިލެންޑުން ރާއްޖެ އައުމަށް ދަތުރު ފެށީ މި މަހުގެ 4ގައި ކަމަށެވެ. އަދި 19 ނޮވެމްބަރު ވާ އާދީއްތަ ދުވަހު ދުވަހު އެ ބޯޓު ރާއްޖެއަށް އަންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

Advertisement - newsAdvertisement

މިފްކޯއިން އެ ކުންފުނީގެ ފްލީޓަށް އިތުރު ކުރާ އިތުރު ދެ ބޯޓަށް ދީފައިވަނީ "ޖަޒީރާ 104" އަދި "ޖަޒީރާ 105" އެވެ. މި ދެ ބޯޓު ވެސް މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް އަންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޖަޒީރާ ސީރީޒްގެ މި ބޯޓުތަކުގެ ކޮންމެ ބޯޓަކުން ދުވާލަކު 60 ޓަނު ބްރައިން ފްރީޒް ކުރެވޭނެ ކަމަށާއި 200 ޓަނު މަސް ރައްކާ ކުރުމުގެ ގާބިލުކަން ލިބިގެންދާ ކަމަށް މިފްކޯއިން ބުނެއެވެ. އެހެންކަމުން، އެ ތިން ބޯޓާއެކު މިފްކޯއަށް ދުވާލަކު އިތުރަށް 180 ޓަނުގެ މަސް ގަތުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އަލަށް ގެންނަ ޖަޒީރާ ސީރީޒްގެ ތިން ބޯޓު މިފްކޯގެ ފްލީޓާ ގުޅުމުން ރާއްޖޭގެ ދެކުނާއި މެދުރާއްޖެތެރޭގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިފްކޯއިން ވަނީ އެ ކުންފުނީގެ ފްލީޓު ބޮޑުކޮށް ކެޕޭސިޓީ އިތުރުކުރުމަށް މިއަހަރު 4 ބޯޓު ގަނެފައެވެ. މީގެ ތެރެއިން ފުރަތަމަ ބޯޓު "ޖަޒީރާ 103" ވަނީ މިއަހަރުގެ މާޗު މަހު ރާއްޖެ ގެނެސް އޮޕަރޭޝަން ފަށައިފައެވެ. އެ ބޯޓުން ދަނީ ރާއްޖޭގެ ދެކުނުގައި މަސްކިރުމުގެ މަސައްކަތް ކުރަމުންނެވެ.

ޖަޒީރާ 103 އަކީ ދުވާލަކު 120 މެޓްރިކްޓަނުގެ މަސްގަނެ ފިނިކުރުމާއި ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓެކެވެ. މި ސީރީޒްގެ ހަމަ އެއް ކެޕޭސިޓީގެ ބޯޓެއް ގެނެސް 2021 ވަނަ އަހަރު ވެސް މިފްކޯގެ ފްލީޓަށް ވަނީ އިތުރު ކޮށްފައެވެ.

މިފްކޯއިން ބުނި ގޮތުގައި މި ހިނގަމުންދާ ފަސް އަހަރު ދުވަހުގެ ތެރޭގައި ކެރިއަރ ބޯޓުތަކާއެކު ޖުމްލަ ހަ ބޯޓު އެ ކުންފުނީގެ ފްލިޓަށް ވަނީ އިތުރު ކޮށްފައެވެ. އަދި ކޫއްޑޫގެ މަސްގަތުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ޝިފްޓަކަށް 120 ޓަނުގެ ފްރީޒިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތާއި އަލަށް ގާއިމު ކުރާ ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ ވެސް ޝިފްޓަކަށް 120 ޓަނުގެ މަސް ގަނޑުކުރެވޭ 1000 ޓަނުގެ ކޯލްޑް ސްޓޯރެއް ހިމެނޭގޮތަށް ތަރައްގީ ކުރާ ސެންޓަރެކެވެ. ދެ ސައިޓަށް ވެސް ބޭނުންވާ ބިލްޑިންގ ސްޓްރަކްޗަރާއި މެޝިނަރީޒްތައް ގެންގޮސް، އަމަލީ މަސައްކަތް ފަށާފައިވާ ކަމަށް މިފްކޯއިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު