Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ރެކޯޑަކާއެކު ޗެމްޕިއަން މެންޗެސްޓަރ ސިޓީ ދެވަނަ ބުރު ޔަޤީންކޮށްފި

8 ނޮވެމްބަރު 2023 | ބުދަ 00:48

ސިޓީ ވަނީ ފުރަތަމަ ހަތަރު މެޗު ކާމިޔާބުކޮށްފަ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 8 ނޮވެމްބަރު 2023 | ބުދަ 00:48
ހާލަންޑް ސިޓީގެ ތިންވަނަ ގޯލް ޖެހުމަށްފަހު: ފޮޓޯ-ރޮއިޓަރސް

ހާލަންޑް ސިޓީގެ ތިންވަނަ ގޯލް ޖެހުމަށްފަހު: ފޮޓޯ-ރޮއިޓަރސް

ރެކޯޑަކާއެކު ޗެމްޕިއަން މެންޗެސްޓަރ ސިޓީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގަ ޔަޤީންކޮށްފިއެވެ.

ސިޓީ ދެވަނަ ބުރު ޔަޤީންކުރީ ސްވިސަރލެންޑްގެ ޔަންގް ބޯއީސް ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކު, ހަތަރު މެޗުންވެސް މޮޅުވެ 12 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ބުރު ޔަޤީންކުރިއިރު ސިޓީއަށް އަދި ގްރޫޕް ސްޓޭޖްގައި ދެ މެޗު އެބައޮތެވެ.

ޔަންގް ބޯއީސްގެ މައްޗަށް ސިޓީގެ ދަނޑުގައި ކުރިހޯދީ 3-0 ނެވެ. މެޗުގައި ހާލަންޑް ދެ ލަނޑު ޖެހިއެވެ. ފުރަތަމަ ލަނޑު ހާލަންޑް ޖެހީ ޕެނަލްޓީ އަކުންނެވެ. ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފް ފަށައިގެން ހަވަނަ މިނިޓްގައެވެ. މެޗުގެ ކުރިން ހާލަންޑަށް ކުޅެވޭނެކަމާ މެދުވެސް އޮތީ ސުވާލު އުފެދިފައެވެ. އެއީ އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުންނެވެ. ސިޓީގެ ދެވަނަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖެހީ ފިލް ފޮޑެން އެވެ. މެޗުގައި ޖެހި ދެ ގޯލާއެކު ހާލަންޑް ޗެމްޕިއަންސް ލީގުގައި ޖެހި ގޯލްގެ އަދަދު 39 އަށް އެރީއެވެ. އެއީ 34 މެޗުންނެވެ.

މިމޮޅު ސިޓީއަށް ޚާއްޞަވާ ދެވަނަ ސަބަބެއްވެސް އެބައޮތެވެ. އެއީ ޔޫރަޕްގައި ބަލިނުވެ 18 މެޗު ފުރިހަމަކޮށް, ރެކޯޑެއް ހެދުމެވެ. މިއީ އިނގިރޭސި ކްލަބެއް ޔޫރަޕްގައި ބަލިނުވެ މެޗު ފުރިހަމަކުރި އެންމެ ގިނަ އަދަދެވެ. ސިޓީ ހިމެނޭ ގްރޫޕްގެ ދެވަނާގައި އޮތީ ނުވަ ޕޮއިންޓާއެކު ޖަރމަނީގެ އާރުބީ ލައިޕްޒިގެވެ. އެޓީމް ވަނީ 2-1 ން ރެޑް ސްޓާ ބެލްގްރޭޑް ބަލިކޮށްފައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
15 ޖެނުއަރީ 2017

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ

04 ޖެނުއަރީ 2017
ސިޓީ އޮތީ ޔުނައިޓެޑަށްވުރެ 10 އަހަރު ފަހަތުގައި: ގާޑިއޯލާ
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް