Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަޝީދުގެ އިތުބާރުގެ މައްސަލަ

ޑިމޮކްރެޓްސް އިން ބޭނުންވަނީ އެ ޕާޓީގެ ރިޔާސަތެއްގައި މުއިއްޒު ހުވާކުރައްވަން، އެހެންވެ މައްސަލަ ދިގުދަންމަނީ: އަލީ ނިޔާޒު

7 ނޮވެމްބަރު 2023 | އަންގާރަ 00:39

މަޖިލިސް ހުއްޓުވާފައި ބޭއްވުމުގެ ބާރު އެއްވެސް ބޭފުޅަކަށް ލިބިގެން ނުވޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 ނޮވެމްބަރު 2023 | އަންގާރަ 00:39
މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު

މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު

ދަ ޑިމޮކްރެޓްސް އިން ބޭނުންވަނީ އެ ޕާޓީގެ ރިޔާސަތެއްގައި އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުއިއްޒު ހުވާކުރައްވަން ކަމަށާއި އެހެންވެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ދިގުދެންމުމުގެ ވިސްނުން އެ ޕާޓީގެ މެމްބަރުން ގެންގުޅުއްވާ ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރީގައި ވާހަކަދައްކަވަމުން ނިޔާޒު ވިދާޅުވީ ބޭނުންފުޅުވަނީ އެމްޑީޕީ ޕީޖީ ގްރޫޕުން މަޖިލީހަށް ވައްދާފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެގޮތަށް ވީހާވެސް އަވަހަކަށް ނިމިގެންދިއުމަށް ކަމަށެވެ. މަޖިލިސް ހުއްޓުވާފައި ބޭއްވުމުގެ ބާރު އެއްވެސް ބޭފުޅަކަށް ލިބިގެން ނުވާ ކަމަށާއި އެކަމާ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ވެސް އެއްބަސްވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނިޔާޒު ވިދާޅުވީ ޑރ. މުއިއްޒުގެ ސަރުކާރު ގެނައުމުގައި މަސައްކަތް ކުރެއްވި ކަމަށް ޑިމޮކްރެޓްސްގެ މެމްބަރުން ވިދާޅުވާ ކަމަށެވެ. އެހެންވެ އެ ޕާޓީގެ ރިޔާސަތެއްގައި އެމަނިކުފާނު ހުވާކުރައްވަން އެ ބޭފުޅުން ބޭނުންފުޅުވާ ކަމަށާއި އެކަމުގައި ޕީޕީއެމް/ޕީއެންސީއާއެކު "އަންޑަސްޓޭންޑިން" އެއް އޮތް ކަމަށް ވިދާޅުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާރު ކަންކަން ވަމުންދާ ގޮތުން ނޮވެމްބަރު 17 އާ ހަމައަށް މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ދިގު ދެންމުމުގެ ވިސްނުން ޑިމޮކްރެޓްސްގެ މެމްބަރުން ގެންގުޅުއްވާކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ ސަރުކާރު ބަދަލުވި ނަމަވެސް މި ސަރުކާރުން ކުރަން ނިންމި ކަންކަމަށް އެއްބާރުލުން ދޭން ޖެހޭ ކަމަށާއި މަޖިލީހުގެ ރައީސް، ނަޝީދު ބޭނުންފުޅުވާ ގޮތަކަށް މަޖިލިސް ހިންގާތީ ގިނަ މެމްބަރުން އެކަމާ ނުރުހޭ ކަމަށެވެ. އަދި މިހާރުވެސް އެކި މަރުހަލާތަކުގައި މަސައްކަތްތައް ހުރި އިރު މެޖޯރިޓީ ޕާޓީގެ ހައިސިއްޔަތުން އެކަންކަން ނިންމަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާއިރު އެންމެ ރަނގަޅު ގޮތަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުން ނުވަތަ އެ މައްސަލަ ކުރިއަށްގެންދިއުމަށް ފުރުސަތު ދެއްވުން ކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުން ހުށަހެޅި މައްސަލަ އެކި ފަހަރުމަތިން އެޖެންޑާ ކުރިނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމް ފޮނުއްވުމާ ގުޅިގެން ޖަލްސާތައް ނުބޭއްވެއެވެ. މި މައްސަލަ ކުރިއަށްގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު ހޯމަ ދުވަހު މައްސަލައިގެ އަޑުއެހުންތައް ވަނީ ފަށައިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

06 މާރިޗު 2017

ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

06 މާރިޗު 2017
ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު
05 މާރިޗު 2017

ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު

05 މާރިޗު 2017
ބޭނުންވަނީ ތަރައްޤީ، ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުންތަކެއް ނޫން: ޠާރިޤު
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
12 ޖެނުއަރީ 2017

އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު

12 ޖެނުއަރީ 2017
އީސީ އިން ބޭނުންވަނީ އިންތިހާބުތައް ލަސްކުރާކަށް ނޫން، އިންތިހާބުތައް ނުބޭއްވަން:އަމީރު
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް